Islamic MixIslamic Mix
‹ الفتاوى المالديفية
🇲🇻اللباس والزينة

އަންހެނުން މޫނު ނިވާކުރުން

ދިވެހިރާއްޖެ ނަންބަރ: SCIF/2017/01

ފަތުވާ 1

އަންހެނުން މޫނު ނިވާކުރުން

الحمد لله، نحمده ونستعينه ونستغفره، ونشهد أن لا إله إلا الله وحده لا شريك له ونشهد أنّ محمَّدا عبده ورسوله، ونصلي ونسلم على سيدنا محمد وعلى آله وصحبه ومن والاهز وبعد:

އިސްލާމީޫ ޝަރީޢަތުގައި، އަންހެނާ ހެދުން އަޅަން ޖެހެނީ، މޫނާއި ދެއަތްތިލަ ފިޔަވައި، ްހަށިގަނޑުގެ ހުރިހައި ތަނެއް ނިވައިވާވަރުގެ ތުނި ނޫން ދ ހެދުމަކުންނެވެ. މިއީ ޝަރުޢީ މަޞްދަރުތަކުނ މިކަން ޘާބިތުވާ ގޮތެވެ.

ހެދުން އަޅައި އުޅުމުގައި، ގަޔަށް މާ ބާރު ހެދުން އަޅައި، ހަށިގަނޑުގެ ވަނާތައް ދައްކައިގެން އުޅުމަކީ، ދެ ޖިންސުގެ މީހުންނަށް ވެސް ހުއްދަ ކަމެއް ނޫނެވެ.

ުމޫނާއި ދެއަތްތިލަ ފެންނަން ހުއްޓަސްެ އެންމެ ރަނގަޅު ކަމަށް ވިދާޅުވާ ޢިލްމުވެރިން ދަލީލ ނެންގެވީ، އައްނޫރު ސޫރަތުގ 31 ވަނަ އާޔަތުގައިވާ "وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا" މާނަިއީ:ެ"އަދ އެކަނބަލުންގ ޒީނަތް ފާޅު ނުކުރާ ހުށިކަމެވެ!" މިބަސްފުޅުންނެވެ.

ް އިސްވެ ބަޔާންވެ ދިޔަ އާޔަތުގެ ތަފްސީރުގައި، މާތުاللهި ރއްސުން ލެއްވ عبد الله بن عباسގެފާނާއި، މާތްި الله ރުއްސުންލެއްވ أنسެގެފާނު ވިދާޅުވަނީ، އިސްވެ ދިޔަ އާޔަތުގައި، އިސްތިސްނާ ެގެންނަވާފައި އެވަނީ، މޫނާއި ދް އަތްތިލަ ފެންނަން ހުއްޓަސް އެންމ ރަނގަޅު ކަމުގައި އެންގެވުމަށޓަކައެވެ. އަދި މިއީ ޞަޙާބީންނާއި ޠާބިޢީންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުންނާއި،سعد بن جبير އާއި عطاء އާއި الأوزاعي ގެ ބަސްފުޅުވެސް މެއެވެ. އަދި މިއީ މުފައްސިރުންގެ ތެރެއިން،الإمام الطبري އާއި الإمام القرطبي އާއި الإمام الزمخشري އާއި الإمام الرازي އާއި އަދި މިނޫނަސް ތަފްސީރު ޢިލްމުވެރިންގެ ތެރެއިން، ގިނަ ބޭކަލުން ބުރަވެ ވަޑައިގަންނަވާ ގޮތެވެ.

ުމީގެ އިތުރުން މިމައްސަލަ ސުންނަތް ޖަމާޢަތުގެ ހަތަރު މަޛުހަބާއި އެނޫން މަޛުހަބު ތަކުގެ ފިޤުހ ެ ޢިލްމުވެރިންއި މުސްތަޤިއްލު ޢިލްމުވެރިންގިބަސްފުޅުތައް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުނ ްދިރާސާ ކުރުމަށްފަހުމިމަޖިލީހުގެ މެންބަރުން ޢިއްތިފާޤުވެފައި ވަނީ، އަންހެނުން އިޖުތިމާޢީ ދާއިރާތަކުގައ ުމަސައްކަތް ކުރާ ހިނދުގައޔާއި، ބޭސްފަރިވާގެ ޚިދުމަތްދޭ ހިނދުގައްޔާއި، ހެކިބަސް އަދާކުރާ ހިނދުގައްޔާއި، ވިޔަފާރީގެ މުޢާމަލާތް ކުރާ ހިނދުގައި މޫނާއި ދެއަތްތިލަ ފެންނަން ހުރުމަކީ ހުއްދަ ކަމެއް ކަމުގައެވެ. އަދ މޫނާއި ދެއަތްތިލަ ނިވާ ކުރުމަކީ ވާޖިބު ކަމެއް ނޫން ކަމުގައެވެ.

މުނާއި ދެއަތްތިލަ ނިވާކުރަން ޖެހޭ ފަދަ ފިތުނަވެރި ޙާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން ކުރެވިދާނެ ކަމަށް ޝަރްޢީ ދަލީލުތަކުން އެނގެން އެބަހުއްޓެވެ.

هَذَا وَاللهُ أَعْلَمُ بِِلصَّوَابِ

23 جمادى الأولى 1438ه

20 ފެބުރުއަރީ 2017މ

المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 20328