އިންސާނާ މަރުވުމަށްފަހު މައްޔިތާ އެމްބާމް (ތަޙްނީޠު) ކުރުމާ ބެހޭ
ނަންބަރު : 466/2018/02
ފަތުވާ 6
އިންސާނާ މަރުވުމަށްފަހު މައްޔިތާ އެމްބާމް (ތަޙްނީޠު) ކުރުމާ ބެހ
اَلْحَمحدَُُّّلِل الَذّيُ أَرحسَلَُ رَسولَهُ بِّلْحدَى وَدّينُّ ا لْحَقُّ لّيظحهّرَهُ عَلَىُ الدّينُّ كلّهُّ وَلَوحُ كرّهَُ الحكَافّرونَ،ُ وَالصَلاَةُ وَالسَلاَمُ عَلَىُ نَبّيّنَاُّمَُمَُدُّبحن عَبحدُّ اللُّ وَعَلىُ آلّهُّ وَأَصححَابّهُّ أَجْحَعّينَ،ُ وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُُّالدّينّ، أَمَابَعحدُُ :
ޭސުރުޚީގައި އެވާ މައްސަލައާ ބެހު ގޮތުން، އިސްލެމީ ފަތުވާދޭ އެންމެ މަތީ މަޖިލީހގ މެންބަރުން އިއްތިފާޤުވި ގޮތް ތިރީގައި މިބަޔާން ކުރަނީ އެވެ.
މީހަކު މަރުވުމަށްފަހު،ް އެމީހެއްގެ ހަށިގަނޑު ވަކިމުއްދަތަކަށް،ްފަސާދަނުވާގޮތަށ ީ ބއްވުމަށްޓަކައި، އެމްބާމް (ތަޙްނީޠު) ކުރުމާ ބެހގޮތުން، އިސްލާމީފަތުވާދ އެންމެމަތ މަޖިލީހުނ،ި ގިނަދިރާސާތަކެއް ކޮށްފައިވެއެވެ. އގެތެރގައި، ކަމުގެ މާހިރުންނާއ،ްޑޮކްޓަރުން ުމަޖިލީހަށް ޙާޟިރުކޮށްގެނ މަޢުލޫމާތު ހޯދުމާއި، ފިޤްހ ޢިލްމުވެރިންގެ ބަސްފުޅުތަކާއި، ފަތުވާދ މަޖިލިސްތަކުގެ ފަތުވާތައް ދިރާސާކުރުން ހިމެނެއެވެ.
ަކުރެވުނު ދިރާސާތަކާއި، ޚަބީރުން ދެއްވި މަޢުލޫމާތުގެ އަލީގައި، އިސްލާމީފަތުވާދ އެންމެމަތީ މަޖިލީހުގެ މެންބަރުން އިއްތިފާޤުވީ، ޟަރޫރަތްތެރި ޙާލަތެއް މެދުވެރިވެއްޖެނަމ، ްމައްޔިތާއަށް އަނިޔާއެއްކަމުގައި ބެލެވ އެއްވެސ ކަމެއް ކުރުމަކާ ނުލައި، ބ ނުންވާ މުއްދަތަކަށް،
މައްޔިތާ އެމްބާމު (ތަޙްނީޠު) ކޮށްފައި ބއްވުމަކީ، ހުއްދަ ކަމެއްް ކަމުގައެވެ.ެ އަދި އެމްބާމ ް ކުރުމުގައި މައްޔިތާގ ހަށިގަނޑުންއެއްވެސް ގުނަވަނެއް ވަކިކުރުމާއި، އެތެރެހަށީގެ އެއްވެސ ބައެއް ނެގުމަކީ ހުއްދަ ކަމެއް ނޫނެވެ.
ޟަރޫރަތްތެރި ޙާލަތު ތަކުގެ ތެރގައި، މައްޔިތާ ދުރުތަނަކަށް ގެންދަން ޖެހުމާއި، މައްޔިތާގެ ޢާއިލާގެ މެންބަރަކު ދުރު ރަށަކުން އަންނަންދެން ބއްވުން ހިމެނެއެވެ.
ު ހަމަ އެފަދައިން ޟަރޫރަތްތެރި ޙާލަތެއް މެުދުވެރިވެއްޖެނަމަ، މައްޔިތާގެ ހަށިގަނޑ ފަސާދަ ނުވާ ވަރަށް ފިނިކޮށްފައިހުރި ތަނެއްގައި، ނުވަތަ އެއްޗެއްގައި، ބާއްވާފައި އޮތމަކީ، ހުއްދަ ކަމެއްކަމުގައެވެ.
އެންމެ މޮޅަށް ދެނެވޮޑިގެންވަނީ، މާތް الله އެވެ.
وَُاللَّه وَلِيُُالتَوْفِيْقُِ ، وَصَلَىُُ اللَّه وَسَلَمَُ عَلَى نَبِيِنَا مهحَمَدُ وَآلِهُِ وَصَحْبِهُِ أَجْمَعِيْنَُ. 27 ޖުމާދަލްއޫލ 1439
13 ފެބުރުވަރީ 2018
المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 20333
