ނަމާދަށް ހުންނަމީހާގެ ކުރިމަތީގައި ސުތުރާއެއް ބެހެއްޓުމާއި ބެހޭ
ފަތުވާ 8
ނަމާދަށް ހުންނަމީހާގެ ކުރިމަތީގައި ސުތުރާއެއް ބެހެއްޓުމާބެހ
اَلْحَمحدَُُّّلِل الَذّي أَرحسَلَُ رَسولَهُ بِّلْحدَى وَدّينُّ ا لْحَقُّ لّيظحهّرَهُ عَلَى الدّينُّ كلّهُّ وَلَوحُ كرّهَُ الحكَافّرونَ، وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُّمَُمَُدُّبنح عَبحدُّ اللُّ وَعَلى آلّهُّ وَأَصححَابّهُّ أَجْحَعّينَ، وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ،َُ مَابُأَعحد:
ްނަމާދަށް ހުންނަމީހާގެ ކުރިމަތީގައި ސުތުރާއެއް ބެހެއްޓުމާ ބެހ ގޮތުން އައިސްފައި ހުރި ކީރިތި ު ރަސޫލާގެ ޙަދީޘުފުޅުތަކާއި، އެކަލގެފާނުގެ ޢަމަލުފުޅުތަކާއި، ފިޤުހު ޢިލްމުވެރިންގެ ބަސްފުޅުތައ ދިރާސާކުރުމުން، ހާމަވަނީ، މި މައްސަލާގައި މައިގަނޑު ދެ ޤައުލެއް ވާ ކަމގައެވެ.
ުފުރަތަމަ ޤައުލަކީ، ޙަނަފީ މަޛްހަބާއި، މާލިކީ މަޛްހަބުގެ ޢިލްމުވެރިންގެ ޤައުލެވެ. މިދެ މަޛްހަބުގެ ް ޢިލްމުވެރިން ވިދާޅުވެފައިވަނީ، ނަމާދަށް ހުންނަމީހާގެ ކުރިމަތީގައި، ސުތުރާއެއް ބެހެއްޓުން މުސްތަޙައްބ ްކަމަކަށްވާނީ، ނަމާދަށް ހުންނަމީހާގެ ކުރިމަތިނެ މީހަކު ހިނގައިދާނެކަމުގެ ބިރު އޮތްނަމައެވެ. އެނޫނ ޙާލަތުތަކުގައި، ސުތުރާއެއް ބެހެއްޓުމަކީ، މުސްތަޙައްބު ކަމެއްނޫން ކަމުގައެވެ. އެއީ ކީރިތިރަސޫލާގ ސުންނަތުން، އެކަން އެގޮތަށް ސާބިތުވާތީއެވެ.
ެދެވަނަ ޤައުލަކީ، ޝާފިޢީ މަޛްހަބާއި، ޙަންބަލީ މަޛްހަބުގެ ޢިލްމުވެެރިންގެ ޤައުލެވެ. މިދެ މަޛްހަބުގ ްޢިލްމުވެރިން ވިދާޅުވެފައިވަނީ، ކޮންމެ ތަނެއްގައި ނަމާދު ކުރިކަމުގައިވިޔަސް، ނަމާދަށް ހުންނަމީހާގ ީކުރިމަތީގައި ސުތުރާއެއް ބެހެއްޓުމަކީ، މުސްތަޙައްބު ކަމެއްކަމުގައެވެ. އެއީ ކީރިތިރަސޫލާގެ ސުންނަތުން އެކަނ އެގޮތަށް ސާބިތުވާތއެވެ.
ްޢިލްމުވެރިންގެ ޖުމްހޫރުން ވިދާޅުވެފައިވަނީ، ނަމާދު ކުރާމީހާގެ ކުރިމަތީގައި ސުތުރާއެއް ބެހެއްޓުމަކީ، ވާޖިބުކަމެއް ނޫންކަމުގައެވެ. އެއީ ކީރިތިރަސޫލާގެ މިސްކިތުގައާއި، އެޒަމާނުގައި ހުރި އެހެނިހެނ މިސްކިތްތަކުގައި ސުތުރާ ބަހައްޓާފައިނުވާތީއެވެ.
ُّهَذَاُوَُاللُأَعحلَمُبِّلصَوَابُ
وَالِلَُ وَلّيُ التَوحفّيحقّ،ُوَصَلَىُ اَُلِل وَسَلَمَُ عَلَى نَبّيّنَا مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأحَُُ .ُ
08 ޝަޢުބާން 1439
24 އޕްރީލް 2018
المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 20337
