Islamic MixIslamic Mix
‹ الفتاوى المالديفية
🇲🇻الصلاة

އަންހެނާ ޙައިޟުގެ ދުވަސްވަރު ނުވަތަ ނިފާސްކަމުގެ ދުވަސްވަރު މިސްކިތަށްވަނުމާއި މިސްކިތުގެތެރެއިން ލާފައި ތަނަކަށް ދިޔުމާއި ކޮންމެވެސް ބޭނުމަކު މިސްކިތުގައި މަޑުކޮށްލައިގެން ހުރުމުގެ ޙުކުމް

ފަތުވާ 18

އަންހެނާ ޙައިޟުގެ ދުވަސްވަރު ނުވަތަ ނިފާސް ކަމުގެ ދުވަސްވަރު މިސްކިތަށް ވަނުމާއި ްމިސްކިތުތެރެއިން ލާފައި ތަނަކަށްދިޔުމާއި ކޮންމެވެސް ބޭނުމަކު މިސްކިތުގައި މަޑުކޮށްލައިގެނ ހުރުމުގެ ޙުކުމް

اَلْحَمحدَُُّّلِل الَذّي أَرحسَلَُ رَسولَهُ بِّلْحدَى وَدّينُّ ا لْحَقُّ لّيظحهّرَهُ عَلَى الدّينُّ كلّهُّ وَلَوحُ كرّهَُ الحكَافّرونَ، وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُّمَُمَُدُّبنح عَبحدُّ اللُّ وَعَلى آلّهُّ وَأَصححَابّهُّ أَجْحَعّينَ، وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ، أَمَابَعحدُ: ސުރުޚީގައިއެވާ މައްސަލައިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން، ކީރިތި ޤުރްއާނާއި، ކީރިތިރަސޫލާގެ ސުންނަތާއި،ފިޤްހު ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ދިރާސާކުރުމުން ތިރީގައި އެވާ ކަންތައްތައް ހާމަވެފައި ވެއެވެ.

1- ހުރިހާ މަޛްހަބެއްގެ ފިޤްހު ޢިލްމުވެރިން އިއްތިފާޤުވެ ވަޑައި ގަންނަވާ ގޮތުގައި،ެޟަރޫރަތްތެރި ޙާލަތެއް މެދުވެރިވއްޖެނަމަ، ނުވަތަ ޢުޛުރެއް މެދުވެރިވެއްޖެނަމަ، ނުވަތަ މިނިކާ ސޫތްޕެއްގެ ބިރުވެރިކަން، ނުވަތަ ވަގެއްގެ ބިރުވެރިކަން، ނުވަތަ ގަދަފިންޏެއްގެ ބިރުވެރިކަން، ނުވަތަ ކެތްނުކުރެވޭވަރަށް ފެންބޮވައިގަތުމުގެ

ބިރުވެރިކަން، ނުވަތަ އަދި މިނޫނަސް މިފަދަ ޢުޛުރެއް މެދުވެރިވެއްޖެނަމަ، އަންހެނާއަށް، ޙައިޟުގެ ދުވަސްވަރު ނުވަތަ ނިފާސްކަމުގެ ދުވަސްވަރު މިސްކިތުތެރެއިންލާފައި، އެހެންތަނަކަށް ދިޔުން ހުއްދަވާނެއެވެ. ެ މިޤައުލުގެ ޢިލްމުވެރިންގ ދަލީލަކީ، އައްނިސާއު ސޫރަތުގެ 43 ވަނަ އާޔަތުގައި، ޖުނުބުވެރިޔާއަށް،ބޭނުމެއް ޖެހިގެން، މިސްކިތު ތެރެއިން ލާފައި ދިޔުމުގެ ހުއްދަ ދެއްވާފައި އޮތުމާއި،ްމިސްކިތުގައި އޮތްްނަމާދު ކުނަލެއ ނަންގަވައިގެނާ، ކީރިތި ރަސޫލ ަގެ އަރިހަށް ގެންގޮސް ދެއްވުމުގެ ހުއްދ ރަސޫލާ ެ، އެކަލޭގެފާނުގ އަނބިކަނބަލުން، މާތް الل ރުއްސުންލެއްވި ޢާއިޝަތުގެފާނަށް، ދެއްވާފައި ވުމެވެ."1

2- ހުރިހާ މަޛްހަބެއްގެ ފިޤްހު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައި ވަނީ، ބަޔާންވެ ދިޔަ ދެޙާލަތުގައި، މިސްކިތް ހަޑިވާފަދަ ކަމެއް މެދުވެރިވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ޙާލަތުގައި،ިނުވަތަ އެކަން ޔަޤީންވާ ޙާލަތުގައ، އަންހެނާ މިސްކިތަށް ވަނުމާއި، މިސްކިތު ތެރެއިން ލާފައި ދިޔުމަކީ،ްހުއްދަނޫން ޙަރާމް ކަމެއ ކަމުގައެވެ.

3- އެއްވެސް ޢުޛުރެއް، ޟަރޫރަތެއް، ބިރުވެރިކަމެއްނެތި،ެއަދި މިސްކިތް ހަޑިވާފަދަ ކަމެއް މެދުވެރި ނުވާނެކަމުގ ޔަޤިންކަން އޮތުމުން، އަންހެނާއަށް ބަޔާންވެދިޔަ ދެ ޙާލަތުގައި، މިސްކިތުތެރެއިންލާފައި އެހެންތަނަކަށް ދިޔުމުގެ ޙުކުމް:

ި މިު މައްސަލައިގައެ ފިޤްހު ޢިލްމުވެރިންގް މަޝްހޫރެ ދެޤައުލެއ އޮވެއެވ.

ަ (ހ) ފުރަތަމ ޤައުލަކީ، ބޭނުމަކާނުލައި، އަންހެނާ ޙައިޟުގެ ދުވަސްވަރުގައްޔާއި،ްނިފާސްކަމުގެ ދުވަސްވަރު މިސްކިތުތެރެއިންލާފައި ދިޔުމަކީ،ހުއްދަކަމެއ ނޫނެވެ.

މިއީ ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންނާއި، މާލިކީ މަޛްހަބުގެ ޢިލްމުވެރިންނާއި، ޝާފިޢީ މަޛްހަބުގެ ބައެއް ޢިލްމުވެރިންނާއި، ޙަންބަލީ މަޛްހަބުގެ ބައެއް ޢިލްމުވެރިންގެ ބަސްފުޅެވެ.

(ށ) ދެވަނަ ޤައުލަކީ، ބަޔާންވެދިޔަ ޙާލަތުގައި، އަންހެނާއަށް މިސްކިތުތެރެއިން ލާފައި ދިޔުމަކީ، ހުއްދަކަމެއް ކަމުގައި ބުނާ ޤައުލެވެ.

4- އަންހެނާ ޙައިޟުގެ ދުވަސްވަރު، ނުވަތަ ނިފާސްކަމުގެ ދުވަސްވަރު، މިސްކިތް ހަޑިވާފަދަކަމެއް،ެ އޭނާ ގ ކިބައިން ނުފެންނާނެ ކަމުގެ ޔަޤީންކަން އޮންނަމީހާ މިސްކިތަށްވަދެ، ފައިދާހުރި ދަރްސެއް، ނުވަތަ ވަޢުޡު އިރްޝާދުގެ އަޑު އެހުމަށްޓަކައި އިނުމަކީ ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ހުއްދަކަމެކެވެ. ވަޢުޡު އިރްޝާދުގެ އަޑުއެހުމަށް މިސްކިތުގައި މަޑުކުރެވޭނަމަ، މިސްކިތު މަސައްކަތު މީހުންނަށްވެސް، އެމީހުންކުރާ 1 شرح النووي لصحيح مسلم ( 596/1 )

މަސައްކަތް ކުރުމަށްޓަކައި މިސްކިތުގައި ތިބެވިދާނެކަމަށް ބައެއްޢިލްމުވެރިން ވިދާޅުވެފައިވެއެވެ.ް އަދިް ބައެއ ުޢިލްމުވެރިންތަރްޖީހެކުރައްވަނީވެސ މިޤައުލެވ.ެމިޤައުލުގެ ޢިލްމުވެރިންގ ދަލީލަކީ، މިޙާލަތުގައި، އަންހެނާ މިސްކިތުގައި، ފައިދާހުރިކަންކަމުގައި ހޭދަކުރާ ކުރުން މަނާކުރާ ޝަރްޢީ ދަލީލެއް، ނުވަތަ ނައްޞެއް ނެތުމެވެ.

މިމައްސަލައިގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ، އަންހެނާ، ޙައިޟުގެ ދުވަސްވަރުގައްޔާއި، ނިފާސްކަމުގެ ދުވަސްވަރު، މިސްކިތް ހަޑިވާފަދަ ކަމެއް މެދުވެރިނުވާނޭކަމުގެ ޔަޤީންކަން އޮތަސް މިސްކިތުގައި މަޑުކޮށްލުމީ، ހުއްދަކަމެއް ނޫންކަމުގައެވެ. ސަބަބަކީ،ުމިކަން ހުއްދަ ކުރެއްވި މަދ ޢިލްމުވެރިން ހުއްދަ ކުރައްވާފައި ވަނީ އަލްބަރާއަތުލް އަޞްލިއްޔ"2 ގެ އުޞޫލުގެ މައްޗަށް ބިނާ ކުރައްވައިގެން ކަމަށްވާތީއެވެ. މަޖިލީހުގެ މެންބަރުން ދެކޭގޮތުގައި، މިފަދަ މުހިއްމު މައްސަލައެއްގައި، ިޝަރްޢީ ދަލީލެއްނެތި ހަމައެކަނި އަލްބަރާއަތުލްއަޞްލިއްޔާްގެ އުޞޫލުގެ މައްޗަށް ބނާކޮށްގެނ ޢަމަލު ކުރުމަކީ،ްރަނގަޅުކަ މެއ ނޫނެވެ.

هَذَاُوَاللُأَعحلَمُبِّلصَوَابُُّ

وَالِلَُ وَلّيُ التَوحفّيحقّ،ُوَصَلَىُ اَُلِل وَسَلَمَُ عَلَى نَبّيّنَا مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأحَُ

22 ރަބީޢުލްއައްވަލު 1441

19 ނޮވެންބަރު 2019

2 އަލްބަރާއަތުލްއަޞްލިއްޔާއަކީ: "ް ކަމެއްގެ ޙަރާމްކަން ނައްޞަކުން ސާބިތުވާން ނެތް ކޮންމެ ކަމަކީ ޝަރުޢީެގޮތުން ޙަރާމް ކަމެއްކަން ސާބިތުވަންދެނ ހުއްދަ ކަމެކޭ ބުނުމެވ."

المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 20351