Islamic MixIslamic Mix
‹ الفتاوى المالديفية
🇲🇻المعاملات المالية

ރިބާއާއި ބެހޭ

ފަތުވާ 16

ރިބާއާއި ބެހ

اَلْحَمحدَُُّّلِل الَذّي أَرحسَلَُ رَسولَهُ بِّلْحدَى وَدّينُّ ا لْحَقُّ لّيظحهّرَهُ عَلَى الدّينُّ كلّهُّ وَلَوحُ كرّهَُ الحكَافّرونَ، وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُّمَُمَُدُّبنح عَبحدُّ اللُّ وَعَلى آلّهُّ وَأَصححَابّهُّ أَجْحَعّينَ، وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ، أَمَابَعحدُ:

ކޮންމެ މުސްލިމަކުވެސް މިދުނިޔގެ ދިރިއުޅުމުގައި ހިފަހައްޓަން ޖެހ މިންގަނޑަކާއި،ްއުޅެންވީ ގޮތެއް، މާތالله ވަނީ، ރަސޫލުންނާއި،ިނަބިއްޔުން މެދުވެރި ކުރައްވައި، އަންގަވާފައެވެ. ދުނިޔގެ ދިރިއުޅުން ހެޔޮގޮތުގައ ވ ތިކުރުމަށްޓަކައި، ކުރަންވީ ހުއްދަޙަލާލު މަސައްކަތާއި،ިކންބޯންވީ ހުއްދަ ޙަލާލު ތަކެތި ބަޔާންކުރައްވާފައ ވެއެވެ. އަޅަންވީ ހެދުމާއި، ހެދުން އަޅަންވީ ގޮތާއި،ުދިރިއުޅ ންގޯތިގެދޮރ ހުއްދަ ޙަލާލު ގޮތުގައި ބިނާކުރާނ ގޮތ ބަޔާންކުރައްވާފައިވެއެވެ.

ަމިހުރިހާކަމެއް މިގޮތަށް މިހާ ފުރިހަމައަށް ހަމަ ޖައްސަވާފައިވަނީ،ް ދުވަހކު މަރުވުމެއާ، ފަނާވުމެއް ނުވ އާޚިރަތް ދުވަސް ބާއްޖަވެރި ކުރުމަށްޓަކައެވެ.ެالله ގެ ރުހިވޮޑިގަތުން ޙާޞިލު ކުރުމަށްޓަކައެވެ. ބާއްޖަވެރިކަމުގ ގޮވަތިކަމުގައިވާ ސުވަރުގގެ ނިޢުމަތް ލިބިގަތުމަށްޓަކައެވެ.

ި އިސްވެ ދެންނެވި އަމާޒަށް ވާޞިލު ވުމަށްޓަކައި،ްކޮންމެ މުސްލމަކުވެސް ތަޤްވާގެ މާތް ސިފައިނ ޒީނަތްތެރި ވާންޖެހެއެވެ. اللهްގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންގަނެ، ނަހީކުރައްވާފައިވާ ކަންތައްތަކުނ ދުރުހެލިވާންޖެހެއެވެ.

ނަހީ ކުރައްވާފައިވާ ކަންތައް ތަކުގެ ތެރެއިން ބައެއް ކަންކަމަކީ، اللهުއަށް ޝިރުކު ކުރުމާއި، ސިޙުރ ހެދުމާއި، ރިބާ ކެއުމާއި، ޖުވާކުޅުމާއި، މަސްތުވާ ތަކެތި ބނުންކުރުމާއި، މީހުން މެރުމާއި،ުޒިނކުރުމާއި، ޤަޛްފ ކުރުމާއި، ޔަތީމުންގެ މުދާބާޠިލް ގޮތުގައި ކެއުމާއި، ވައްކަން ކުރުމާއި، މަގު ފ ރުންފަދަ ކަން ކަމެވެ. މިފަތުވާގައި،ީއިސްލާމީ ފަތުވާދ އެންމެމަތީ މަޖިލީހުގެ މެންބަރުން ދިރާސާ ކުރ ،ރިބާއާ ބެހ ގޮތުންނެވެ. ްއެއީ، ސަރުކާރުގެ ރަސްމީފަރާތަކުނ، މަޖިލީހަށް ހުށަހެޅި ސުވާލަކާ ގުޅިގެންނެވެ. އެސުވާލުގައިވަނީ، އެ ފަރާތުން ެއުފައްދާފައިވާ އެކުވެރިކަމުގެ ޖަމްޢިއްޔާ އަކުން، އެ ޖަމްޢިއްޔާގެ މެންބަރުންގިއެކިއެކި ބ ނުންތަކަށް،ިދަރަނ ދީފައ، ދަރަނީގެ ފައިސާ އަނބުރާ ދައްކާއިރު، މުޅިދަރަނީގެ 5ްޕަރސެންޓު އިތުރަށް، ދަރަނި ދިންފަރާތަށ ދެއްކުމަށް ޝަރްޠު ކުރާ ކަމަށެވެ.

މި މައްސަލަ ކީރިތި ޤުރްއާނާއި،ެކީރިތި ރަސޫލާގެ ސުންނަތާއި، އިސްލާމީ ބޮޑިތި ޤައުމުތަކު އ، ފަތވާދ ބައެއް މުއައްސަސާތަކުގެފަތުވާއާއި، ބައިނަލްއަޤްވާމީ ފިޤްހު އެކަޑަމީއާއި، ރާބިޠަތުލްޢާލަމިލްއިސްލާމީގެ ދަށުގައިވ ފިޤްހުއެކަޑަމީއާއި،ެއިހުގެ ޢިލްމުވެރިންނާއި، މިހާރުގެ ޢިލްމުވެރިންގެ ފަތުވާތަކުގެ އަލީގައި ދިރާސާކުރުމުން ހާމަވ ައެނގުނީ، ސުވާލުގައިވާގޮތށް،ްދަރަނިދީފައި، އެއަށ 5ްޕަރސެންޓު އިތުރުކޮށްފައި، ދަރަނިދިން ފަރާތުނ ނެގުމަކީ، ކަނޑައެޅިގެން ހުރި ރިބާކަމެވެ. ދަރަނީގެ އިތުރަށް ނަގާ އެއްޗަކީ،ަމަދު އެއްޗަކަށްވިޔަސް، ނުވަތ ެގިނަ އެއްޗަކަށްވިޔަސް އެއެއްޗެއް ހިމެނެނީ،ިހުއްދަނޫން ޙަރާމް ތަކެތީގ ތެރގައެވެ. އެއީ ކަނޑައެޅިގެން ހުރ ރިބާއެވެ. މިއީ ފަތުވާދ ހުރިހާ ފަރާތަކުން އިއްތިފާޤުވާ ގޮތެވެ.

ރިބާ ކާމީހުންނާ ބެހގޮތުން،ެކީރިތިޤުރްއާނާއި،ިކީރިތިރަސޫލާގެ ސުންނަތުގައި ވާރިދުވެފައިވާ ވަޢީދުގ ބަސްފުޅުތައް ވަރަށް ގިނައެވެ. އގެތެރެއިން ބައެއް އާޔަތާއ،ުބައެއް ޙަދީޘު ފުޅުތައް،ްދަލީލުގެ ގޮތުގައިނަކަލ ކޮށްލަމުއެވެ. މާތالله ވަޙީކުރައްވާފައިވެއެވެ. " وَأَحَلََّّ اللّ ه الْبَيْعََّ وَحَرمََّ الرِّبَا ( " سورة البقرة : 275 ) މާނައީ: " މާތް الله ވަނީ،ެވިޔަފާރި ކުރުން، ހުއްދަ ކުރައްވާފައެވެ. އަދި އެކަލާނގްވަނީ، ރިބާ ޙަރާމ ކުރައްވާފައެވެ. "

މާތް الله ރުއްސުންލެއްވި ޖާބިރުގެ ފާނު އަރިހުން ރިވާ ވެގެންވާ ކީރިތިރަސޫލާގެ ޙަދީޘު ފުޅެއްގައި ވެއެވެ. " قَالََّ رَسهوْلهَّ اللَِّّّ صَلىَّ اللّ ه عَلَيْهَِّّ وَسَلمََّ : لَعَنَََّّ اللّ ه آكِّلََّ الرِّبَا وَمهؤَكِّلَهَّه وَشَاهِّدَيْهََِّّّوََّكَاتِّبَهه ( " رواهَّ البخاريَّ ومسلم وأحمدَّ وأبوداودَّ والترمذيَّ وابنَّ ماجة ) މާނައީ: " ރިބާ ކާ މީހާއަށާއި، ރިބާ ކާންދ މީހާއަށާއި،ްރިބާގެ މުޢާމަލާ ކުރެވ ހިނދު ހެކިވާ ދެމީހުންނަށާއި، ރިބާގެ މުޢާމަލާ ލިޔާ މީހާއަށް މާތްالله ލަޢުނަތ ލެއްވިއެވެ. "

ޖަމްޢިއްޔާއަކުން،ެނުވަތަ ކުލަބަކުން، ނުވަތަ ސަރުކާރުގެ އޮފީހަކުންވިޔަސް، އެ އިން ތަނެއްގ މުވައްޒަފުންނަށް ޖެހ ބނުންތައް ފުއްދުމަށްޓަކައި، ރިބާ ނުހިމެނގޮތަށް،ައިސްލާމީ ޝަރީޢަތާއެއްގޮތަށް، އެކިންތައް ކުރެވނ އެތައް ގޮތެއް އިސްލާމީ ބެންކުތަކުގައްޔާއި، އިސްލާމީ އިސްތިޘްމާރީ މުއައްސަސާތަކުގައ ހަމަޖެހިފައިވެއެވެ. މިސާލަކަށް ޖަމްޢިއްޔާއެއްގެ މެންބަރަކަށް،ްއނާއާއި، އނާގެ ޢާއިލާ ދިރިއުޅނ ގެއެއ ބިނާކުރުމަށް ބނުންވުމުން،ިޖަމްޢިއްޔާގެ ފަރާތުން،ްޢމާރާތް ކުރަން ދަންނަ ޖަމާޢަތަކާ ޙަވާލުކޮށްގެނ، ގެ ބިނާކޮށް ނިމުމުން، ބިނާކުރުމަށް ދިޔަ ޚަރަދަށް ފައިދާއެއްލާފައި،ުމަސްމަހަށް ބަހާލައިގެން، ނުވަތަ އަހަރ އަހަރަށް ބަހާލައިގެން، އެފައިސާ ދެއްކުމެވެ. މިއީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކުރެވުނު، ރިބާ ނުހިމެނ ޞައްޙަ މުޢާމަލާއެކެވެ. އަދި މިކަމުގައި މިނޫންޞައްޙަ އެހެން ގޮތްތަކެއްވެސް އެބަހުށްޓެވެ.

هَذَاُوَاللُأَعحلَمُبِّلصَوَابُُّ

وَالِلَُ وَلّيُ التَوحفّيحقّ،ُوَصَلَىُ اَُلِل وَسَلَمَُ عَلَى نَبّيّنَا مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأحَُُ .ُ

07 ޞަފަރު 1441

06 އޮކްޓޫބަރު 2019

المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 20326