ބައިގެންދާ ކުއްޖާ (ޖަނީން)އާ ބެހޭ
ފަތުވާ 17
ބައިގެންދާ ކުއްޖާ (ޖަނީން) އާ ބެހ
اَلْحَمحدَُُّّلِل الَذّي أَرحسَلَُ رَسولَهُ بِّلْحدَى وَدّينُّ ا لْحَقُّ لّيظحهّرَهُ عَلَى الدّينُّ كلّهُّ وَلَوحُ كرّهَُ الحكَافّرونَ، وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُّمَُمَُدُّبنح عَبحدُّ اللُّ وَعَلى آلّهُّ وَأَصححَابّهُّ أَجْحَعّينَ، وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ، أَمَابَعحدُ:
އަންހެނާގެ ބަނޑުގައި ގަރުބަ ގަންނަ ޖަނީން، ހަނދުމަހުގެ ހަތަރު މަސް ނުފުރެނީސް ވެއްޓިއްޖެނަމަ، ީކޮންމެ ސިފައެއްގައި އޮތަސް، ސާފު ފޮތިކޮޅެއްގައި އޮޅާފައި ވަޅުލުންނޫން އެހެން ކަމެއް ކުރާކަށް ނުޖެހ ނެކަމަށް ްޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގެންފައި ވެއެވެ. އެއ ފުރާނަ އެޅުއްވުމުގެ ކުރިން ވެއްޓުނު ޖަނީނަކަށ ވާތީއެވެ. އަދި މިފަދަ ޖަނީނަކަށް، ނަންކިޔުމެއް، ޢަޤީޤާ ކަތިލުމެއް ވެސް ނޯންނާނެއެވެ.
ްހަނދު މަހުގެ ހަތަރުމަސ (120ު ދުވަސް)ުވމަށްފަހ (ު އެބަހީ:ުފުރާނަ އެޅުއްވާމަށްފަހީ) ބައިގެންދ ކުއްޖާގެ ދެ ޙާލަތެއްވެއެވެ. އެއ ކުއްޖާ ވެއްޓުނުވަގުތު، ނުވަތަ ވެއްޓުމަށްފަހު، ރުއިމަކުން، ނ ވާލުމަކުން، ޙަރަކާތް ކުރުމަކުން ވިޔަސް، އެކުއްޖާ ދިރިއޮތްކަމުގެ ޢަލާމަތެއް ފެނުމަށްފަހު މަރުވުމެވެ. މިޙާލަތުގައި، އެކުއްޖާ ހިނަވައި، ކަފުންކޮށް، އެކުއްޖާގެ މައްޗަށް ކަށުނަމާދުކޮށް ، ވަޅުލަންޖެހނެކަމަށް، ހުރިހާ މަޛްހަބެއްގެ ޢިލްމުވެރިން، އިއްތިފާޤުވެ ވަޑައިގަންނަވައެވެ. މިކަން ކީރިތި ރަސޫލާގެ ސުންނަތުން ސާބިތު ވެއެވެ.
ަ މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފއިވަނީ،ްބަޔާންވެދިޔަ މުއްދަތު (ެހަތަރުމަސ ފުރުމުން ފެށިގެން ވިހެއުމ ދ ތޮރުއންނަ މުއްދަތ) ގައި ވެއްޓ ކުދިންގެ ކިބައިން، ދިރިއޮތްކަމުގެ އެއްވެސް ޢަލާމަތެއް ނުފެންނަ ކުދިންނާ ބެހ ގޮތުންނެވެ.
ް ބައެއް ޢިލްމުވެރިނަ ވިދާޅުވާގޮތުގައި،ެ މިފަދ ކުދިންގ ކިބައިން،ެ ދިރިް އޮތުމުގުޢަލާމަތެއ ނުފެނުނ ެކަމުގައިވިޔަސް،ްމިކުއްޖާގެވުސ ކަށކަމާކެމީގެ ހުރިހާ ކަމެއް ކުރަން ޖެހނެ އެވެ. ހިނެއުމާއި، ކަފުންކުރުމާއި، ކަށު ނަމާދުކުރުމާއި، ވަޅުލުމާއި، މިހުރިހާކަމެއް ބޮޑުމީހެކ އެއްފަދައިން ކުރަންޖެހ ނެއެވެ. މިހެންވިީ ދާޅުވ ެޢިލްމުވެރިންގެ ދަލީލަކި ކީރިތި ރަސޫލާގެއަންނަނިވ ޙަދީޘުފުޅވެ. "وَالسِّقْطُ يُصَلَّى عَلَيْهِّ، وَيُدْعَى لِّوَالِّدَيْهِّ بِِّلْمَغْفِّرَةِّ وَالرَّحَْْةِّ"1
މިއެވެ.ެމާނައަކީ: "ެބައިގެންދާ ކުއްޖާގެ މައްޗަށް ކަށު ނަމާދު ކުރެވނެއެވެ. އަދި އެކުއްޖާގ މަންމައާއި ބައްޕަގެ ފާފަ ފުއްސެވުމާއި ރަޙްމަތް ލެއްވުން އެދި ދުޢާ ކުރެވނެއެވ".
ްމިޤައުލުގެ އަނެއ ދަލީލަކީ، މާތްިاللهު ރުއްސުންލެއްވ ޢަބްދاللهެބްނުްޢުމަރުގެފާނުގުއަންހެނުބފެޅަކ ު ރައްކާވި އިރު އަވަހާރަވެފައިވާ ފިރިހެން ބފުޅު އްގެ މައްޗަށް އެކަލގެފާނު ކަށނަމާދ ކުރެއްވުމެވެ.
މިޤައުލުގެ ޢިލްމުވެރިންނަކީ، އަލްއިމާމު އަޙްމަދާއި،ުސަޢީދުބްނުލް މުސައްޔިބއާއި، އިބްނުސީރީން އާއި، އިސްޙާޤުބްނު ރާހަވައިހި އެވެ.
ެ އަދިްމިޤައުލުގު ޢިލްމުވެރިން ވިދާޅުވާގޮތުގައި، މިފަދަ ކުދިންނަށްވެސް ހަތްދުވަސްވާ ދުވަހު ނަމެއ ކިޔައި ޢަޤީޤާ ކަތިލަން ޖެހނެއެވެ. އެއީ މިކުދިންނަކީވެސް މަންމަގެ ބަނޑގައި ވަނިކޮށް ފުރާނަ އަޅުއްވާފައިވ ކުދިން ކަމަށްވާތީއެވެ.
ެ މިަމައްސަލައިގ ދެވަނ ޤައުލަކީ،ު ޙަނަފީ މަޛްހަބގެ ޢިލްމުވެރިންނާއި، މާލިކީ މަޛްހަބުގެ ޢިލްމުވެރިންނާއި، ޝާފިޢީމަޛްހަބުގެ ޢިލްމުވެރިންނާއި، އަލްއިމާމުއްޝާފިޢީގެފާނާއި، ސުފްޔާނުއްޘައުރީގެ ޤައުލެވެ. މިޤައުލުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި، މަންމަގެ ބަނޑުގައި ވަނިކޮށް މަރުވެގެން ވެއްޓ ކުދިންގެ މައްޗަށް ކަށު ނަމާދުކުރުމެއް ނޯންނާނެއެވެ.
1 އަލްއިމާމު އަޙްމަދާއި، އަބޫދާވޫދުއާއި، އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެކެވެ. އަދި އެއީ އަލްބާނީ ޞައްޙަކަމަށް ވިދާޅުވެފައިވާ ޙަދީޘެކެވެ.
މިޤައުލުގެ ޢިލްމުވެރިންގެ ދަލީލަކީ،ި ކީރިތި ރަސޫލާގެެއަންނަނިވ ޙަދީޘުފުޅވެ. "إِّذَا اسْتَهَلَّ السِّقْطُ صُلِّيَ عَلَيْهِّ وَوَرِّثَ"2
ިމިއެވެ. މާނައަކީ: "ެބައިގެންދާ ކުއްޖާ ބައިގެންދާވަގުތު ނުވަތަ ބައިގެން ދިޔުމަށްފަހު ދިރ އޮތްކަމުގ އެއްވެސް ޢަލާމަތެއް ފެނިއްޖެ ނަމަ، އެކުއްޖާގެ މައްޗަށް ކަށުނަމާދުކުރެވނެއެވެ. އަދިވާރުތަވާނެއެވެ." މިޙަދީޘުގައި ވާގޮތުން،ުބައިަގެންދާވަގުތްނުވަތ ބައިގެނ ދިޔުމަށްފަހު، ދިރިއޮތްކަމުގެ ޢަލާމާތެއް ނުފެންނަ ކުދިންގެ މައްޗަށް ކަށު ނަމާދު ކުރާކަށް ނުޖެހނެއެވެ.
ިމި މައްސަލައިގައެ އިސްލާމީފަތުވާދީ އެންމެ މަތްމަޖިލީހުގ މެންބަރުނ ބުރަވަނީ،ުސުންނަތްޖަމާޢަތުގެ ެ ހަތަރ މަޛްހަބުގ ތެރެއިން، ތިންީ މަޛްހަބުކަމުގައިވ ޙަނަފ މަޛްހަބާއި، މާލިކީ މަޛްހަބާއި،ޝާފިޢީ މަޛްހަބުގެ ޢިލްމު ވެރިންނާއި، އަލްއިމާމުއްޝާފިޢީގެފާނާއި، އަލްއިމާމު ސުފްޔާނުއްޘައުރީ ގެ ރައުޔަށެވެ. އެއީ ހަނދުމަހުގެ ހަތަރުމަސް ފުރުމަށްފަހު، ވިހެއުމާ ދ ތެރގައި މަންމަގެ ބަނޑުގައި ވަނިކޮށް މަރުވެގެން ވެއްޓ ކުއްޖ ދިރިއޮތްކަމުގެ ޢަލާމަތެއް ފެނިފައިނުވާނަމަ، އެކުއްޖާގެ މައްޗަށް ކަށުކަމާކެމީގެ އެއްވެސް ކަމެއް ކުރަން ނުޖެހނެ ކަމަށް އޮންނަ ރައުޔެވެ.
هَذَاُوَاللُأَعحلَمُبِّلصَوَابُُّ
وَالِلَُ وَلّيُ التَوحفّيحقّ،ُوَصَلَىُ اَُلِل وَسَلَمَُ عَلَى نَبّيّنَا مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأحَُُ .ُ
29 ޞަފަރު 1441
28 އޮކްޓޫބަރު 2019
2 އައްތިރްމިޛީ
المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 20325
