އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތް
ފަތުވާ 12
ު އަންަ ހެނުން ފަނޑިޔާރުކަން ކުރްމާއި ބެހޭގޮތުން އިސްލާމީ ޝަރީޢތުގައި އޮންނަގޮތ
اَلْحَمحدَُُّّلِل الَذّي أَرحسَلَُ رَسولَهُ بِّلْحدَى وَدّينُّ ا لْحَقُّ لّيظحهّرَهُ عَلَى الدّينُّ كلّهُّ وَلَوحُ كرّهَُ الحكَافّرونَ، وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُّمَُمَُدُّبنح عَبحدُّ اللُّ وَعَلى آلّهُّ وَأَصححَابّهُّ أَجْحَعّينَ، وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ، أَمَابَعحدُ:
ި އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ް ސުންނަތާއި، ޢިލްމުވެރިންގެ ޢިޖުމާޢުއާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި، އަންހެނުން ފަނޑިޔާރުކަން ކުރުމާއ ް ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތް ހޯދުމަށް ކުރި ދިރާސާއިން ހާމަވެ އެނގުނީ، އަންހެނުނ ފަނޑިޔާރުކަން ކުރުމާބެހޭގޮތުނ، އިސްލާމީ ޝަރީޢަތުގައި ތިން ރައުޔެއް އޮންނަ ކަމެވެ.
1.ުއޭގެ ތެރެއިން ފުރަތަމަ ރައީޔަކީ، ސުންނަތް ޖަމާޢަތުގެ ހަތަރު މަޛްހަބު ކަމުގައިވ ްމާލިކެމަޛްހަބާއި، ޝާފިޢީ މަޛްހަބާއި، ޙަންބަލީ މަޛްހަބާއި، ޙަނަފީ މަޛްހަބުގެ ގިނަ ޢިލްމުވެރިންނާއި، ސުންނަތ ޭޖަމާޢަތުގައި ނުހިމެނޭ ޝީޢާއިންގެ އަލްއިމާމިއްޔާއިންނާއި، ޝީޢާއިންގެ ޒައިދީންނާއި، ޚަވާރިޖުންގުތެރޭގައި ހިމެނ ު އިބާޟީންގެ ރައުޔެވެ. އެރައީޔް ގެ ޚުލާޞާއަކ، އެއްވެސް ކަހަލަ ޤަޟިއްޔާއެއްގައި، އެއީ މުދަލާއި ގުޅޭ ކަމަކަށްވިޔަސ ަނުވަތަ ޤިޞާޞާއި، ޙައްދުތަކާއި ގުޅުންހުރި ކަމެއްކަމުގައި ވިޔަސް، އަދި އެނޫން މައްސަލައެއްކަމުގައި ވިޔަސް، ި އެމައްސަލަތައް ބަލައި ޙުކުމްކުރުމަށް، އަންހެނަކާ ޙަވާލުކުރުމީ ހުއްދަނޫން ޙަރާމްކްމެކެވެ. މިކަމުގައި ޙަވާލުކުރ ެމީހާއާއި ޙަވާލުކުރެވުނު މީހާ ފާފަވެރިވާނެއެވެ. އަދި އެޙުކުމަކީ، ޙައްޤަށް ވާޞިލ ވިޔަސް ތަންފީޛު ނުކުރެވޭނ ޙުކުމެކެވެ.
މިރައުޔުގެ ޢިލްމުވެރިންގެ ދަލީލަކީ، އައްނިސާއު ސޫރަތުގެ 34ެ ވަނަ އާޔަތާއި، އަލް ބަޤަރާ ސޫރަތުގ 282 ވަނަ އާޔަތާއި، އަލް ބުޚާރީގެ 4425 ވަނަ ޙަދީޘާއި. މުސްލިމްގެ 4720ެވަނަ ޙަދީޘާއި، މުސްލިމްގ 4719ު ވަނަ ޙަދީޘާއި، ސަލާމާއި ޞަލަވާތް ލެއްވި ރަސޫލާއާއި، އެކަލޭގެ ފާނުގެ މާތް ހަތަރ ޚަލީފާއިންނާއި، ބަނޫ އުމައްޔާގެ ޚަލީފާއިންވެސް އެއްވެސް އަންހެނަކު ފަނޑިޔާރުކަމަށް އިސްކުރައްވާފައި ނުވުމެވެ. 2.ްއޭގެ ތެރެއިން ދެވަނަ ރައުޔަކީ، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ްޙައްދުތަކާއި، ޤިޞާޞް ހިފުމުގެ ޤަޟިއްޔާތައް ފިޔަވައި އެހެނަހުރިހާ (އެއީ މާލީ މައްސަލަތަކާއި އަންހެނުން އާދަކޮށ ދެކެއުޅޭ މައްސުލަތަކާއި، އަދި އެނޫނަސް އެފަދަ)ް މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެކަމަށ ްބުނާ ރައުޔެވެ. މިއީ ޙަނަފީ މަޛހަބުގެ މަދު ޢިލްމުވެރިންގެ ރައޔެވެ.
ް މިޤައުލުގެ ޢިލްމުވެރިންެ ގެ ދަލީލަކީ އަންހެނާގެ ހެކިބަސް ޤަބޫލުކުރެވޭ ކަންކަމުގެ މައްޗަށ ޤިޔާސްކޮށް، އެކަންކަމުގައި އޭނާއަށް ޙުކުމްކުރުމުގެ އިޚްތިޔާރު އޮތުމެވެ. ކީރިތި ޤުރްއާނުގެ އަލްބަޤަރާ ސޫރަތުގ 282 ވަނަ އާޔަތުގައި، މާލީ ކަންކަމުގައި، ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ޤަބޫި ލުކުރެވޭ ގޮތަށް އޮތުމުން، ު އަންހެނުންނަށް، ޙައްދުތަކާއ، ޤިޞާޞް ހިފުމުގެ ޤަޟިއްޔާތައް ފިޔަވައި، އެހެން ހުރިހާ މައްސަލަތަކެއްގައ ިފަނޑިޔާރުކަން ކުރެވޭނެއެވެ. އެއީ މާލީ ކަންތައްތަކާއި އަންހެނުން އާދަކޮށް ދެކެއުޅޭ ކަންތައް ކަމުގައިވާ ޙައިޟ ނިފާސާއި، ބަލިވެ އނުމާއި، ކިރުދިނުމާއި، ޢިއްދާގައި އިނުމުގެ މައްސަލަތައްފަދަ މައްސަލަތަކެވެ.
3.ް އޭގެ ތެރެއިން ތިންވަނަ ރައުޔަކީ، އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ ަމައްސަލަތަކެއްގައި، އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ބުނާ ރައުޔެވެ. މި ރައުޔުގެ ވެރިޔަކީ އަލްއިމާމުއ ޭ ޠަބަރީއެވެ. މިރައުޔަށް ތާއީދުކުރާ އެއްވެސް ދަލީލެއް ނެތެވެ. އަދި މިއީ އލްއިމާމުއް ޠަބަރީގެ ރައުޔެއްކަން އެނގ އެއްވެސް ލިޔުމެއް ނެތެވެ. އޭނާއަކީ، ތަފްސީރާއި ތާރީޚުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ޢިލްމުވެރިއެކެވެ. އެހެންކަމާއެކުވެސް އެއިން އެއްވެސް ފޮތެއްގައި މިރައުޔުގެ ވާހަކަ ލިޔުއްވާފައެއް ނުވެއެވެ.
ތަރްޖީޙުކުރުން
ެ އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން، އިސްވެ ބަޔާންވެދިޔަ ތިންރައުޔަށް ބަލާއިރު، އޭގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ ޢިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔެވެ. އެއީ ފުރަތަމަ ރައުޔެވެ. އެއީ އެރައުޔުގ ދަލީލުތަކާއި ޙުއްޖަތުތަކުގެ ވަރުގަދަ ކަމުންނެވެ.
އަަ ދި ދެވަނަ ރައުޔަކީ، ދަލީލުގެ ގޮތުން ބަލިކަށިވެފައި، އިސްލާމީ ޝަރީޢަތުގައި ހިމެނޭ ހުރިހ ަބާވަތެއްގެ މައްސަލަތައް ޝާމިލްވެފައިނުވާ ރައުޔި ކީ ށްވާތީ، އެރައުޔުގެ ބުރަދަނެއް ނުވާކަން ފާހަގަކުރެވެއެވެ. އަދ ތިންވަނަ ރައުޔަކީ، ދަލީލެއް ނެތިފައި، އަލްއިމާމުއްޠަބަރގެ ބަސްފުޅެއް ކަމާމެދު ޝައްކު އުފެދިފައިވާ ރައުޔަކަށްވާތީ، އެރައުޔުގެ ވެސް ބުރަދަނެއް ނެތެވެ.
ްއިސްލާމީ ފަތުަ ވާދޭ އެންމެމަތީ މަޖިލީހުގެ މެނެ ބރުން ބުރަވަނީ، ޖުމްހޫރު ޢިލްމުވެރިންގ ރައުޔަށެވެ.
هَذَاُوَاللُأَعحلَمُبِّلصَوَابُُّ
وَالِلَُ وَلّيُ التَوحفّيحقّ،ُوَصَلَىُ اَُلِل وَسَلَمَُ عَلَى نَبّيّنَا مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأحَُُ .ُ
06 ޛުލްޤަޢިދ 1440
09 ޖުލައި 2019
المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 20341
