އިސްލާމީ ޝަރީޢަތުގައި މަރުގެ ދިޔަ
ފަތުވާ 22
އިސްލާމީ ޝަރީޢަތުގައި މަރުގެ ދިޔަ
اَلْحَمحدَُُّّلِل الَذّي أَرحسَلَُ رَسولَهُ بِّلْحدَى وَدّينُّ ا لْحَقُّ لّيظحهّرَهُ عَلَى الدّينُّ كلّهُّ وَلَوحُ كرّهَُ الحكَافّرونَ، وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُّمَُمَُدُّبنح عَبدحُّ اللُّ وَعَلى آلّهُّ وَأَصححَابّهُّ أَجْحَعّينَ، وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ، أَمَابَعحدُ:
ޭ އިސްލާމީ ޝަރީޢަތުގައި މަރުގެ ދިޔަ ކަނޑައެޅިފައިވާ ގޮތާ ބެހގޮތުން، ކީރިތިޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި، އިސްލާމީޤައުމުތަކުގެ ފަތުވާތަކާއި، އިސްލާމީ ޤައުމުތަކުގައި ޢަމަލީ ގޮތުން މިމައްސަލަ އޮންނަ ގޮތް ދިރާސާކުރުމުން،ެއިސްލާމީ ފަތުވާދޭ އެންމެ މަތީ މަީޖިލީހުގ މެންބަރުންނަށް ހާމަވެ އެނގުނ، ހުރިހާ ޤައުމުތަކެއްގެ ޢިލްމުވެރިންވެސް އިއްތިފާޤުވެވަޑައިގަންނަވަނީ، ދިޔާގެ އަޞްލަކީ، ކީރިތިރަސޫލާގެ ސުންނަތުން ސާބިތުވާގޮތުގައި، ޭ ޖަމަލުކަމެވެ. އަދި ޖަމަލު ދިރިނޫޅ ޤައުމުތަކާއި، ޖަމަލު ނުލިބޭ ޤައުމުތަކުގައި ،ްޖަމަލު އަގުކޮށ، އޭގެ ޙައްޤުވެރިންނަށް އެޤައުމެއްގެ ފައިސާއިން ދިޔަ ދޭކަމެވެ. އަދި ޖަމަލުގެ އަގު މައްޗަށް ދިއުމުން، ދުވަސް ދުވަސްކޮޅުން، މިމައްސަލަ އަލުން މުރާޖަޢާކޮށް ދިޔާގެ މިންވަރު ބޮޑުކުރަމުން ދާކަމެވެ. މިހާރު ސަޢޫދީޢަރަބިއްޔާގައި، مخففު(މުޚައްފަފީ) މަރުގެދިޔާގެ މިންވަރަކ، 300000.00 (ތިންލައްކަ) ސަޢޫދީރިޔާލްއެވެ. މީގެ 8 އަހަރު ކުރިން،ީ މުޚައްފަފު މަރުގެ ދިޔާގެ މިންވަރު އޮތ، 150000.00 (އެއްލައްކަ ފަންސާސްހާސް) ސަޢޫދީ ރިޔާލްއެވެ. އަދި މިހާރު مغلظ ު(މުޣައްލަޡ) ދިޔާގެ މިންވަރަކީ، 400000.00 (ހަތަރު ލައްކަ) ސަޢޫދީރިޔާލްއެވެ. އެކުވެރި ޢަރަބި އިމާރާތުގައި، މުޚައްފަފު މަރުގެ ދިޔާގެ މިންވަރަކީ، 200000.00ެ(ދެލައްކަ) އިމާރާތުގެ ދިރްހަމްއެވެ. ޤަޠަރުގައި މުޚައްފަފުމަރުގ ދިޔާގެ މިންވަރަކީ، 200000.00 (ދެލައްކަ) ޤަޠަރު ރިޔާލްއެވެ. އުރްދުންއާއި،ެ ފަލަސްޠީނުގައި މު ޚައްފަފު މަރުގެދިޔާގ
މިންވަރަކީ، 84000.00 (އަށްޑިހަ ހަތަރުހާސް) އުރްދުންގެ ދީނާރެވެ. އަދި މުޣައްލަޡު މަރުގެ ދިޔާގެ މިންވަރަކީ، 100000.00 (އެއްލައްކަ) އުރްދުންގެ ދީނާރެވެ.
ު އިސްލާމީ ގިނަޤައުމު ތަކެއްގައި ދިޔާގެ ޙާލަތު ހުރިގޮތް ދިރާސާ ކުރުމަށްފަހ، އަދި ރާީ އްޖޭގެ އިޖްތިމާޢީ، އިޤްތިޞާދ،ު ތަޢުލީމީުމިންގަނޑަށް ރިޢާޔަތް ކުރމާއެކާ ،ީއިސްލު މޭފަތެ ވާދްއެންމ މަތީ މަޖިލީހުގެ މެންބަރުނ ި އެއްބަސްވީ، ދިވެހިރާއްޖޭގައީމުޚައްފަފު މަރުގެ ދިޔަ އިގެ މިންވަރެއްގެ ގޮތުގައި ކަނޑައަޅާ ޢަދަދަކ، 1000000.00 ި(އެއްމިލިޔަން) ދިވެހު ރުފިޔާ އެވެ.ައަދި މުޣައްލަޡީމަރުގެ ދިޔއިގެ މިންވަރެއްގެ ގޮތުގައި ކަނޑައަޅާ ޢަދަދަކ، 1250000.00 (އެއްމިލިޔަން ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔ އެވެ.
هَذَاُوَاللُأَعحلَمُبِّلصَوَابُُّ
وَالِلَُ وَلّيُ التَوحفّيقّ،ح وَصَلَى اَُلِل وَسَلَمَُ عَلَى نَبّيّنَا مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأ حَُ .ُ
10 ޞަފަރު 1442
27 ސެޕްޓެންބަރު 2020
المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 20353
