Islamic MixIslamic Mix
‹ الفتاوى المالديفية
🇲🇻أحكام متنوعة

ސަލާމާއި ޞަލާވާތްލެއްވި ކީރިތި ރަސޫލާގެ މަންމާފުޅު އާމިނަތުގެފާނާއި ބައްޕާފުޅު ޢަބްދުﷲ ގެ ފާނާބެހޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުގައި ފަތުރަމުންދާ ނޭދެވޭ ވާހަކަތަކާ ބެހޭ

ފަތުވާ 23

ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާގެ މަންމާފުޅު އާމިނަތުގެފާނާއި ބައްޕާފުޅު ޢަބްދު الله ގެފާނާބެހޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތް ތަކުގައި ފަތުރަމުންދާ ނޭދެވޭ ވާހަކަތަކާ ބެހޭ

اَلْحَمحدَُُّّلِل الَذّي أَرحسَلَُ رَسولَهُ بِّلْحدَى وَدّينُّ ا لْحَقُّ لّيظحهّرَهُ عَلَى الدّينُّ كلّهُّ وَلَوحُ كرّهَُ الحكَافّرونَ، وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُّمَُمَُدُّبنح عَبدحُّ اللهُّ وَعَلى آلّهُّ وَأَصححَابّهُّ أَجْحَعّينَ، وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ، أَمَابَعحدُ:

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން، ސުރުޚީގައި ބަޔާންވެދިޔަ މައްސަލަ، ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި، މިއުއްމަތުގެ ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި، ދިރާސާކުރުމުން އެނގުނީ، މި މައްސަލާގައި، އެންމެ ޞައްޙަކަން ބޮޑު ޤައުލަކީ،ު މިޞްރުގެ ކުރީގެ މުފްތީއަކަށް ހުންނެވި،ފަޟީލަތުލްޢައްލާމާ އަލްމަރްޙޫމް މު ޙައްމަދ ބަޚީތު އަލް މުޠީޢީގެ ޤިޔާދަތުގައި، އަޒްހަރުގެ ޢިލްމުވެރިންގެ ޖަމާޢަތަކުން، މި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު، ނެރުއްވާފައިވާ ފަތުވާކަމެވެ. އެފަތުވާގެ ޚުލާޞާއަކީ، އަހްލުއްސުންނަތި ވަލްޖަމާޢަތިގެ އިޢުތިޤާދަކީ، ކީރިތި ރަސޫލާގެ މަންމާފުޅާއި، ބަުއްޕފޅަކީ، ޤިޔާމަތްދުވަހު، الله ގެ

ރަޙްމަތްފުޅުން،ް ސުވަރުގެ ވައްދަވާނޭ އަޅުތަކުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ދެކަނބަލުނ ކަމުގައެވެ.

މިކަމުގެ ދަލީލަކަށް އެ ޢިލްމުވެރިން ބެއްލެވީ، ޝިރްކުގެ ތެރޭގައި ހިމެނޭ އެއްވެސްކަމެއް، އެދެކަނބަލުން، ކުރައްވާފައިނުވާކަން، ކީރިތިރަސޫލާގެ ޞައްޙަ ސުންނަތުން ސާބިތުވާން އޮތުމާއި، އެދެކަނބަލުންނަކީ،ިއިބްރާހީމުގެފާނު ހުންނެވި އެއްކައުވަންތަކަމުގެ މިއްލަތުގައ ސާބިތުވެ ތިއްބެވި ދެކަނބަލުން ކަމުގައިވުމާއި، ނުވަތަ އަޙްަލުލްފަތުރާގެ މީސްތަކުންގެ ތެރެއިންވ ދެކަނބލުން ކަމުގައި ވުމެވެ. އަހްލުލްފަތުރާގެ މީހުންނަކީ،ު ޤިޔާމަތް ދުވަހ، ޢަޛާބު ދެއްވާނޭ ބައެއް ނޫންކަން، ކީރިތިޤުރްއާނުގެ އަލްއިސްރާއު ސޫރަތުގެ 15 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ.

هَذَاُوَاللهُأَعحلَمُبِّلصَوَابُُّ

وَالِلَُ وَلّيُ التَوحفّيقّ،ح وَصَلَى اَُلِل وَسَلَمَُ عَلَى نَبّيّنَا مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأ حَُ .ُ

30 ރަބީޢުލްއާޚިރު 1442

15 ޑިސެންބަރު 2020

المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 20354