Islamic MixIslamic Mix
‹ الفتاوى المالديفية
🇲🇻الصلاة

ދިރާސާ ކަރުދާސް: ސުތުރާގެ ގޮތުގައި ވަކިން ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމުގެ ޙުކުމް (ފަތުވާ 35)

ނަންބަރު: 466/RES/2025/4 ދިރާސާ : ސުތުރާގެ ގޮތުގައި ހަދާފައިވާތަކެތި މިސްކިތުގައި ބެހެއްޓުމުގެ ޙުކުމް

ބަރާއަތު/ނޯޓު:

މިއީ އާންމު ފަރާތަކުން "ސުތުރާގެ ގޮތުގައި ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމުގެ ޙުކުމް ސާފުކޮށްދިނުމަށް" އެދި މި މަޖިލީހަށް ހުށަހެޅި ސުވާލަކާ ގުޅިގެން، މި މައްސަލައިގައި އިސްލާމީ ޝަރީޢަތުގައިވާ ގޮތް ދެނެގަތު މަށްޓަކައި، ޢިލްމީ ގޮތުން ކުރެވުނު ދިރާސީ މަސައްކަތްތަކުގެ ހޯދުންތަކުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ޢިލްމީ ކަރުދާހެކެވެ. ޢިލްމީ ބޭނުންތަކަށް މި ކަރުދާހުގައިވާ ވާހަކަތަކާއި މަސްދަރުތަކާއި ހޯދުންތައް ބޭނުން ކުރެވިދާނެއެވެ.

މި މައުޟޫޢުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމި ގޮތް ފަތުވާ އެއްގެ ގޮތުގައި އާންމު ކުރެވިފައިވާނެއެވެ.

1. ތަޢާރަ ފް

ނަމާދު ކުރާއިރު ސުތުރާ ބެހެއްޓުމަކީ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަޅުކަމުގެ އަޞްލަކީ މަނާވެފައި ވުމެވެ. އެއީ އަންނަނިވި ޤާޢިދާގައި ވާފަދައިންނެވެ. "الأصْل في العيباَدَاتي الحَظر وَفي العَادَاتي الإباَحَة"1 "އަޅުކަންތަކުގައި އަސްލަކީ އެ މަނާވެފައި ވުމެވެ. ނަމަވެސް އާދަތަކުގެ އަޞްލަކީ ހުއްދަވެފައި ވުމެވެ."

ވީމާ އަޅުކަމުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަ ކަށް ދަލީލެއް އޮތުމަކީ ނުވަތަ އެކަމެއް ޤުރުއާނުން ނުވަތަ ސުއްނަތުން ޘާބިތުވުމަކީ ލާޒިމުކަމެކެވެ.

ސުވާލަކީ މިދުވަސްވަރު މިސްކިތްތަކުގަ އި ސުތުރާގެ ގޮތުއި ބެހެއްޓިފައިހުރި ތަކެތި ސުތުރާގެ ގޮތުގައި خَيْْالقروني ގެ އަހުލުވެރިން އެބަހީ ހެޔޮޤަރުގައި އުޅުއްވި ބޭކަލުންގެ ޒަމާނުގައި އެބަހީ ޞަޙާބީންނާއި ތާބިޢީންނާއި ތަބަޢަތާބިޢީންގެ ޒަމާނުގައި ބެހެއްޓިފައި ހުރިހެއްޔެވެ؟

މިސުވާލަށް ޖަވާބުދިނުމުގެ ކުރިން ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި ސުތުރާގެ ގޮތުގައި ބެހެއްޓިފައިހުރީ ކޮން ތަކެއްޗެއްތޯ ބަލައިލުން މުހިއްމެވެ.

1 شرح القواعد السعدية، المؤلف: عبد المحسن بن عبد الله بن عبد الكريم الزامل، 65/1 ، الناشر: دار أطلس الخضراء للنشر والتوزيع، الرياض - المملكة العربية السعودية، الطبعة: الأولى، 1422 ه - 2001 م

ދާރުލް އީމާން (6 ވަނަ ފަންގިފިލާ) | މަޖީދީ މަގު | 20345 | މާލެ، ދިވެހިރާއްޖެ

2. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ޒަމާނުގައި ސުތުރާގެ ގޮތުގައި ބޭނުންކުރެވިފައިވާ ތަކެތި

2.1 عَنَزَة (އެއީ ކޮޅުގައި ދަގަނޑު ތޫނުކޮޅެއް ލާފައިވާ އަޞާއެއްފަދަ އެއްޗެއް) 2

عَني أَبي جحَيْفَةَ قَالَ «خَرَجَ رَسول ا للَّهي -صلى الله عليه وسلم- باي لَْْاجي رَةي إي لََ الْبَطْحَاءي فَتَوَضهأَ فَصَلهى الظُّهْرَ رَكْعَتَيْْي وَالْعَصْرَ رَكْعَتَيْْي وَبَيَْْ يَدَيْهي عَنَزَة.». . 3

އަބޫ ޖުޙައިފާގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރަސޫލުالله صلى الله عليه وسلم މެންދުރުގެ ހޫނުގަދަ ވަގުތު ބަޠުޙާއަށް ނުކުމެވަޑައިގަތެވެ. ދެން ވުޟޫ ކުރައްވައި، މެންދުރު ނަމާދުގެ ދެ ރަކުޢަތް އަދި ޢަޞްރު ނަމާދުގެ ދެ ރަކުޢަތް ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ކުރި ފުޅުމަތީގައި ޢަނަޒާ (ކުޑަ ލޮންސިއެއް) ބެހެއްޓިފައި ހުއްޓެވެ ."

2.2 الحَْرْبَة (އެއީ ފުޅާ ތޫނުކޮޅެއް ހުންނަ ލޮންސިއެ އް)

عَني ابْني عمَرَ «أَنه رَسولَ ا للَّهي -صلى الله عليه وسلم-كَانَ إيذَا خَرَجَ يَوْمَ الْعييدي أَمَرَ باي لحَْرْبَةي فَتوضَع بَيَْْ يَدَيْهي فَيصَليى إيلَيْهَا وَالنهاس وَرَاءَه وكَانَ يَفْعَل ذَليكَ فِي السهفَري». 5

އިބު ނު ޢުމަރުގެ އަރިހުން ރިވާވެފައި ވެއެވެ. -ވިދާޅުވިއެވެ.- ހަމަކަށަވަރުން ރަސޫލުالله صلى الله عليه وسلم ޢީދު ދުވަހު (ނަމާދަށް) ނުކުމެވަޑައިގަންނަވާ ހިނދު، ޙަރުބާ (ކުޑަ ލޮންސިއެއް) ގެނައުމަށް އަމުރުކުރައްވައެވެ. ދެން އެ ޙަރުބާ އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ބެހެއްޓެވެއެވެ. އަދި އެކަލޭގެފާނު އެއަށް ކުރިމަތިލައްވައި ނަމާދުކުރައްވައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރެއެވެ. އަދި އެކަލޭގެފާނު ދަތުރުފުޅުތަކުގައިވެސް އެފަދައިން ޢަމަލުކުރައްވައެވެ. عَنْ عَبْدي ا للَّهي «أَنه النهبِي ه صَلهى ا للَّه عَلَيْهي وَسَلهمَ كَانَ يرْكَز لَه الحَْرْبَة فَيصَليي إيلَيْهَا». 6

ޢަބުދުاللهގެ އަރިހުން ރިވާވެފައި ވެއެވެ. ވިދާޅުވިއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަށްޓަކައި ޙަރުބާ (ކުޑަ ލޮންސިއެއް) ބިންމަތީގައި ޖަހައި ބެހެއްޓެ އެވެ. އަދި އެކަލޭގެފާނު އެއަށް ކުރިމަތިލަ އްވައި ނަމާދުކުރައްވައެވެ.

2 شرح سنن أبي داود، المؤلف : أبو محمد محمود بن أحمد بن موسى بن أحمد بن حسين الغيتابى الحنفى بدر الدين العينى، 245/3 ، الناشر : مكتبة الرشد – الرياض، الطبعة : الأولى ، 1420 ه -1999 م. عَنَزَة އަދި الحربة މި ދެލަފުޡު އެއްމާނާގައި ވެސް ބޭނުން ކުރެވިފައި ވެއެވެ. المُفْهِمْ لِمَا أَشْكَلَ مِنْ تلخيصِ كتابِ مُسْلِمْ، لأبي العبَّاس أحمَدُ بنُ الشيخِ المرحومِ الفقيهِ أبي حَفْصٍ عُمَرَ بنِ إبراهيمَ الحافظ ، الأنصاري القرطبي، 165/2 ، المكتبة الشاملة 3 صحيح مسلم،كتاب الصلاة، باب سُتَْْةِ الْمُصَلِى.

4 شرح سنن أبي داود، المؤلف : أبو محمد محمود بن أحمد بن موسى بن أحمد بن حسين الغيتابى الحنفى بدر الدين العينى، 244/3 ، الناشر : مكتبة الرشد – الرياض، الطبعة : الأولى ، 1420 ه -1999 م.

5 صحيح مسلم،كتاب الصلاة، باب سُتَْْةِ الْمُصَلِى.

6 صحيح البخاري،أَبْوَابُ سُتَْْةِ الْمُصَلِي، باَب الصَّلاَةِ إِلىَ الحَْرْبَةِ

2.3 الأْ سْطوَانَة ނުވަތަ السهارييةَ (ތަނބު)

يَزييد بْن أَبيي عبَيْدٍ قَالَ كنْت آتِي مَعَ سَلَمَةَ بْني الأَْكْوَعي فَيصَليي عينْدَ الأْ سْطوَانَةي الهتِي عينْد الْمصْحَفي فَقلْت يََ أَباَ مسْليمٍ أَرَاكَ تَتَحَرهى الصه لََةَ عينْدَ هَذيهي الأْ سْطوَانَةي قَالَ «فَإينّ ي رَأَيْت النهبِي ه صَلهى ا للَّه عَلَيْهي وَسَلهمَ يَتَحَرهى الصه لََةَ عينْدَهَا». 7

ޔަޒީދު ބުނު އަބީ ޢުބައިދު ވިދާޅުވިއެވެ. "ތިމަން ސަލަމާ ބު ނު އަލްއަކްވަޢުއާއެކު (މަސްޖިދުއްނަބަވީއަށް) ދަމުއެވެ. އެކަލޭގެފާނު މުޞްޙަފު ކައިރީގައި ހުންނަ ތަނބުގެ ކައިރީގައި ނަމާދުކުރައްވައެވެ. ފަހެ، ތިމަން ދެންނެވީމެވެ. އޭ އަބޫ މުސްލިމްއެވެ! ކަލޭގެފާނު މި ތަނބު ކައިރީގައި ނަމާދު ކުރެއްވު މަށް އިޚްތިޔާރުކުރައްވާ ތަން ތިމަންނައަށް ފެނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم މިތަނބު ކައިރީގައި ނަމާދު ކުރެއްވުމަށް ހުންނަވާތަން ތިމަންކަލޭގެފާނުދެކެވަޑައިގަތީމެވެ.

عَنْ أَنَسٍ قَالَ «لَقَدْ رَأَيْتكيبَارَ أَصْحَابي النهبِيي صَلهى ا للَّه عَلَيْهي وَسَلهمَ يَبْتَديرونَ السهوَاريي عينْدَ الْمَغْريبي ». 8

އަނަސްގެފާނުންގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ އިސް ޞަޙާބީން މަޣްރިބު ނަމާދުގެ ވަގުތުގައި (މަޣުރިބު ނަމާދުގެ ސުންނަތް ) ނަމާދު ކުރެއްވުމަށް މިސްކިތުގެ ތަނބުތަކާ ދިމާލަށް އަވަސްވެވަޑައިގަންނަވާ ތަން ދެކެވަޑައިގަތީމެވެ.

2.4 اليدَار (ފާރު)

عَنْ عَمْريو بْني شعَيْبٍ عَنْ أَبييهي عَنْ جَديهي قَالَ «هَبَطْنَا مَعَ رَسولي ا للَّهي -صلى الله عليه وسلم- يمنْ ثَنييهةي أَذَاخي رَ فَحَضَرَتي الصه لََة - يَعْنِي - فَصَلهى إي لََ جي دَارٍ فَاتَّهَذَه قيبْلَةً وَنََْن خَلْفَه ....». 9 .

ޢަމްރު ބު ނު ޝުޢައިބު، އޭނާގެ ބައްޕަގެ އަރިހުން، އަދި ޢަމްރު އޭނާގެ ކާފަގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންމެން ރަސޫލު الله صلى الله عليه وسلم އާއެކު ޘަނިއްޔަތު އަޛާޚިރުން (ފަރުބަދަ ކައިރިއަށް) ފޭބީމެވެ. ދެން ނަމާދުގެ ވަގުތު ޖެހުމުން އެކަލޭގެފާނު صلى الله عليه وسلم ފާރަކާ ދިމާލަށް ނަމާދުކުރެއްވިއެވެ. އެކަލޭގެފާނު އެ ފާރު ޤިބްލައެއްގެ ގޮތުގައި ހެއްދެވިއެވެ. އަދި ތިމަންމެން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރީމެވެ.

7 صحيح البخاري،كتاب الصلاة، باب الصَّلاَةِ إِلىَ الأُْسْطُوَانَةِ

8 صحيح البخاري، كتاب الصلاة، باَب الصَّلاَةِ إِلىَ الأُْسْطُوَانَةِ

9 سنن أبي داؤد، كتاب الصلاة، باب سُتَْْةُ الإِمَامِ سُتَْْةُ مَنْ خَلْفَهُ، އައްޝައިޚުލްއަލްބާނީ ވިދާޅުވަނީ މިޙަދީޘަކީ ޞަޙީޙު އަދި ޙަސަން ދަރަޖައިގެ ޙަދީޘެއްކަމަށެވެ.

2.5 العَصَا (ޢަޞާ)

عَنْ يََْيََ بْني أَبيي كَثي يٍْ، قَالَ: «رَأَيْت أَنَسَ بْنَ مَاليكٍ، في الْمَسْجي دي الحَْرَامي ، قَدْ نَصَبَ عَصًا يصَليي إيلَيْهَا». 10

ޔަޙްޔާ ބުން އަބީ ކަޘީރުގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އަނަސް ބިން މާލިކު މަސްޖިދުލްޙަރާމްގައި އަސާކޮޅެއް ބަހައްޓަވައި، އެއަށް ކުރިމަތިލައްވައި ނަމާދުކުރައްވަނިކޮށް ތިމަން ދެކެވަޑައިގަތީމެވެ.

2.6 މީހުން

عن نافع قال كان ابن عمر إذا لم يجد سبي لَ إ لَ سارية من سواري المسجد قال لي ولني ظهرك. 11 ނާފިޢުގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އިބުނު ޢުމަރު މިސްކިތުގެ ތަނބުތަކުގެ ތެރެއިން ތަނބަކާ ހަމައަށް ވަޑައިނުގެންނެވުމުން ތިމަންނައަށް ވިދާޅުވެއެވެ. "ތިބާގެ ބުރަކަށި ތިމަންކަލޭގެފާނާ ދިމާއަށް ބަހައްޓަވާށެވެ!." عَنْ عَائيشَةَ زَوْجي النهبِيي صَلهى ا للَّه عَلَيْهي وَسَلهمَ أَنَّهَا قَالَتْ كنْت أَناَم بَيَْْ يَدَيْ رَسولي ا للَّهي صَلهى ا للَّه عَلَيْهي وَسَلهمَ وَريجْلََيَ في قيبْلَتيهي فَإيذَا سَجَدَ غَمَزَنّي فَقَبَضْت ريجْلَيه فَإيذَا قَامَ بَسَطْتهمَا 12

ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލެއްކަމުގައިވާ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެފައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ތިމަންކަމަނާ، ރަސޫލުالله صلى الله عليه وسلم ގެ ކުރިފުޅުމަތީގައި ނިދަން އޮންނަވާއިރު، ތިމަންކަމަނާގެ ދެފައި އެކަލޭގެފާނު ނަމާދުކުރައްވާ ދިމާލުގައި ވެއެވެ. އެކަލޭގެފާނު ސަޖިދައަށް ވަޑައިގަންނަވަމުން ތިމަންކަމަނާ ފައިންޕުޅުގާ އަތްޕުޅު ޖައްސަވައިލެއްވުމުން ތިމަންކަމަނާ، ތިމަންކަމަނާގެ ދެފައިންޕުޅު ކުރުކޮށްލައްވަމެވެ. ދެން އެކަލޭގެފާނު ތެދުވެވަޑައިގަތުމުން ދެފައިންޕުޅު ދަ ންމަވައިލައްވަމެވެ."

10 أخرجه ابن أبي شيبة 248/1 ). قَدْرُ كَمْ يَسْتُُْ الْمُصَلِي؟ މިއީ ޞަޙީޙު ޙަދީޘެކެވެ. ما صح من آثار الصحابة في الفقه، زكريا بن غلام قادر الباكستاني، 11 المصنف في الأحاديث والآثار المؤلف : أبو بكر عبد الله بن محمد بن أبي شيبة الكوفي مصنف ابنىأبي شيبة، 313/2 ،كتاب الصلاة الرجل يس تْ الرجل إذا صلى إليه أم ل. މިރިވާޔަތުގެ ސަނަދަކީ އަންނަނިވި ސަނަދެވެ. އަދި ހުރިހާ ރާވީންނަކީ ވެސް ޘި ޤާ ރާވީންނެވެ.(حدثنا أبو بكر (عبد الله بن محمد بن أبي شيبة، (تقريب التهذيب للحافظ ابن حجر، 528/1 ) قال: نا وكيع (ابن الراح (تقريب التهذيب للحافظ ابن حجر، 283/2 ) عن هشام بن الغاز (تقريب التهذيب للحافظ ابن حجر، 268/2 ) عن نافع قال....ވީމާ މިއީ ޞައްޙަ ރިވާތެކެވެ.

12 صحيح البخاري، كتاب الصلاة، باَب الصَّلاَةِ عَلَى الْفِرَاشِ

2.7 الفيراش (ތަންމަތިކޮޅު )

عَن مَيْمونَة بينْت الحَْاريثي قَالَتْ كَانَ فيرَاشي ي حي يَالَ مصَلهى النهبِيي صَلهى ا للَّه عَلَيْهي وَسَلهمَ فَربّها وَقَعَ ثَوْبه عَلَيه وَأَناَ عَلَى فيرَاشي ي 13

މައިމޫނާ ބިންތުލްޙާރިޘް (ރަޟިޔަالله ޢަންހާ) ވިދާޅުވިއެވެ. ތިމަންކަމަނާގެ ތަންމަތިކޮޅު ހުންނަނީ ނަބިއްޔާ صلى الله عليه وسلم ގެ ނަމާދުކުރައްވާ ތަނާ ދިމާލުގައެވެ. ފަހެ، ބައެއްފަހަރު ތިމަންކަމަނާ ތަންމަތިކޮޅުގައި އޮންނަވާއިރު އެކަލޭގެފާނުގެ ހެދުންކޮޅު ތިމަންކަމަނާގެ މައްޗަށް އެޅެއެވެ .

2.8 السهريير(އެނދު)

عَنْ عَائيشَةَ قَالَتْ أَعَدَلْتموناَ باي لْكَلْبي وَالحْيمَاري لَقَدْ رَأَيْتنيي مضْطَجي عَةً عَلَى السهرييري فَيَجي يء النهبِيُّ صَلهى ا للَّه عَلَيْهي وَسَلهمَ فَيَتَوَسهط السهرييرَ فَيصَليي فَأَكْرَه أَنْ أسَنيحَه فَأَنْسَلُّ مينْ قيبَلي ريجْلَيْ السهرييري حَتَّه أَنْسَله مينْ لحيَافي 14

ޢާއިޝާ (ރަޟިޔަالله ޢަންހާ) ވިދާޅުވިއެވެ. ތިޔަބައިމީހުން އަހަރެމެން (އަންހެނުން) ކުއްތާއާއި ޙިމާރާ އެއްފަދަކުރަނީ ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންކަމަނާ އެނދުކޮޅުގައި އޮންނަވަނިކޮށް ދުށީމެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ވަޑައިގެން އެނދުކޮޅުގެ މެދާދިމާއަށް ހުންނަވައި ނަމާދުކުރައްވައެވެ. ފަހެ، ތިމަން، އެކަލޭގެފާނަށް އުނދަގޫފުޅުވެދާނެކަމަށް އެނދުގެ ފައިލާކޮޅު ފަރާތުން ފޭވެ، ތިމަންކަމަނާގެ ލިހާފުން ނުކުމެވަޑައިގަންނަމެވެ.

2.9 السههم (ދުނި ނުވަތަ ތީރު)

عبد الملك بن الربيع بن سبرة عن أبيه عن جده قال قال رسول الله صلى الله عليه و سلم : إذا صلى أحدكم فليستتر لصلَته ولو بسهم

ޢަބްދުލްމަލިކު ބު ން އައްރަބީޢު ބުނި ސަބްރާ، އޭނާގެ ބައްޕަގެ އަރިހުން، ޢަބްދުލްމަލިކު އޭނާގެ ކާފަގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުالله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންކުރެ މީހަކު ނަމާދުކުރާއިރު ތީރެއް ބަހައްޓައިގެން ނަމަވެސް ސުތުރާއެއް ބަހައްޓާށެވެ! ނުވަތަ ތީރެއްބަހައްޓައި އެއިގެ ފަހަތުގައި ނަމާދުކުރާށެވެ!

13 صحيح البخاري،أَبْوَاب سترَْةي الْمصَليي، باَب إيذَا صَلهى إي لََ فيرَاشٍ فييهي حَائيض

14 صحيح البخاري،أَبْوَاب سترَْةي الْمصَليي، باَب الصه لََةي إي لََ السهرييري.

15 مسند أحمد ، 403/3 ، (حديث سبرة بن معبد) އައްޝައިޚު ޝުޢައިބުލްއަރުނައޫޠު ވިދާޅުވެއެ ވެ. މިރިވާޔަތުގެ ސަނަދަކީ ޙަސަންދަރަޖައިގެ ސަނަދެކެވެ.

2.10 الرهاحي لَة (ސަވާރީ )

عَنْ ابْني عمَرَ عَنْ النهبِيي صَلهى ا للَّه عَلَيْهي وَسَلهمَ أَنههكَانَ يعَريض رَاحي لَتَه فَيصَليي إيلَيْهَا قلْت أَفَرَأَيْتَ إيذَا هَبهتْ الريكَاب قَالَ كَانَ يََْخذ هَذَا الرهحْل فَيعَديله فَيصَليي إي لََ آخي رَتييه أَوْ قَالَ مؤَخهريهي وَكَانَ ابْن عمَرَ رَضييَ ا للَّه عَنْه يَفْعَله 16

އިބުނު ޢުމަރުގެ އަރިހުން ރިވާވެފައި ވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم، އެކަލޭގެފާނުގެ ސަވާރީ އެކަލޭގެފާނާއި ޤިބުލައާދެމެދު ބަހައްޓަވައި، އެއަށް ކުރިމަތިލައްވައި ނަމާދުކުރައްވައެވެ. (ރާވީ ވިދާޅުވިއެވެ.) ތިމަން ދެންނެވީމެވެ. "ސަވާރީ ތެދުވެ އެއް ފަރާތުން އަނެއްފަރާތަށް ހިނގަންފަށައިފިނަމަ ދެން ހައްދަވަނީ ކިހިނެއްތޯއެވެ؟" އެކަލޭގެފާނު (އިބްނު ޢުމަރު) ވިދާޅުވިއެވެ. "އެކަލޭގެފާނު (ނަބިއްޔާ صلى الله عليه وسلم) ސަވާރީގައި ލެގެލަން އިންނަ އެތި ނަންގަވައި އެ ސީދާކުރައްވައި، އޭގެ ފަހަތަށްވާގޮތަށް ނުވަތަ ފަހަތު ބަޔަށް ކުރިމަތިލައްވައި ނަމާދުކުރައްވައެވެ."

2.11 الشهجَرَة (ގަސް)

عن أبي إسحاق قال سمعت حارثة بن مضرب يَدث عن على رضي الله عنه قال : لقد رأيتنا ليلة بدر وما منا إنسان الا نائم الا رسول الله صلى الله عليه و سلم فإنهكان يصلي إ لَ شجرة ويدعو ح تَّ أصبح وماكان منا فارس يوم بدر غ يْ المقداد بن الأسود 17

އަބޫ އިސްޙާޤު ވިދާޅުވިއެވެ . ތިމަން، ޙާރިޘާ ބުނު މުޟައްރިބް، ޢަލީ (ރަޟިޔަالله ޢަންހު) ގެ އަރިހު ން ރިވާކުރައްވަނިކޮށް އަޑުއެހީމެވެ. ޢަލީ (ރަޟިޔަ الله ޢަންހު) ވިދާޅުވިއެވެ. ހަމަކަށަވަރުން ބަދުރުގެ ރޭ الله ގެ ރަސޫލާ صلى الله عليه وسلم ފި ޔަވައި ތިމަންމެން ނިދި ތަން ތިބާއަށް ފެންނަހުއްޓެވެ. ހަމަކަށަވަރުން އެކަލޭގެފާނު ގަހަކާ ދިމާލަށް ނަމާދުކުރައްވައި، ފަތިސް ވަންދެން ދުޢާކުރައްވަމުން ގެންދެވިއެވެ. އަދި ބަދުރު ދުވަހު އަހުރެމެންގެ ތެރޭގައި މިޤްދާދު ބު ން އަލްއަސްވަދު ފިޔަވައި އެހެން އެއްވެސް އަސްވާރެއް ނެތެވެ.

16 صحيح البخاري،أَبْوَاب سترَْةي الْمصَليي، باَب الصه لََةي إي لََ الرهاحي لَةي وَالْبَعي يْي وَالشهجَري وَالرهحْلي

17 مسند أحمد، 138/1 ، (مسند علي ابن أبي طالب). ޝުޢައިބު އަލްއަރްނަޢޫޠު ވިދާޅުވެފައިވެއެވެ. މި ޙަދީޘްގެ އިސްނާދަކީ ޞަޙީޙި އިސްނާދެކެވެ. އަދި މި އިސްނާދުގެ ރާވީންނަކީ ޘިޤާތު (އިތުބާރުހުރި) ރާވީންނެވެ. އަދި ޙާރިޘާ ބުނު މުޟައް ރިބު ފިޔަވައި ބާކީ ރާވީންނަކީ ބުޚާރީ އާއި މުސްލިމްގެ ރާވީންނެވެ. ނަމަވެސް ޙާރިޘާއަކީ ސުނަނުތަކުގެ އަހުލުވެރިންގެ ރާވީއެކެވެ."

2.12 القَلَنْسوَة (ތާކިހާ ) ތާބިޢީ ބޭކަލެއްގެ ޢަމަލުފުޅު ކުރެއްވިގޮތް

حَدهثَنَا سفْيَان بْن عيَيْنَةَ قَالَ رَأَيْت شَرييكًا صَلهى بينَا فِي جَنَازَةٍ الْعَصْرَ فَوَضَعَ قَلَنْسوَتَه ب يَدَيْهي - يَعْنِي - فِي فَرييضَةٍ حَضَرَت. 18 ََْْيْ

ސުފްޔާން ބުން ޢުޔައިނާ ތިމަންމެނަށް ޙަދީޘްކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ޝަރީކު ތިމަންމެނާއެކު ޖަނާޒާއެއްގައި ބައިވެރިވެވަޑައިގެން ޢަޞްރު ނަމާދު ކުރައްވަނިކޮށް ދެކެވަޑައިގަތީމެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ތާކިހާކޮޅު އެކަލޭގެފާނުގެ ކުރި ފުޅުމަތީގައި ބެހެއްޓެވިއެވެ. އެބަހީ، (އެވަގުތު) ވަޤުތުޖެހިފައިވާ ފަރުޟު ނަމާދެއްގައެވެ. 2.13 އިސްވެ ބަޔާންކުރެވުނުސުތުރާތަކުގެ ޙަޤީޤަތް

މިދުވަސްވަރުގެ ސުތުރާތަކާ ޚިލާފަށް އިސްވެ ބަޔާންކުރެވުނު ހުރިހާ ތަކެއްޗަކީ އެހެނިހެން ކަންކަމަށްވެސް ބޭނުންކުރެވޭފަދަ ތަކެއްޗެވެ. ސުތުރާއަކަށް ޚާއްޞަކޮށް ފައިވާ ތަކެއްޗެއް ނޫނެވެ.

3. މިދުވަސްވަރު މިސްކިތްތަކުގައި ބަހައްޓާފައިވާ ސުތުރާ

މިދުވަސްވަރު މިސްކިތްތަކުގައި ބަހައްޓާފައިވާ ސުތުރާތަކަކީ خَ يْْ القروني ގެ އަހުލުވެރިން އެބަހީ ހެޔޮޤަރުގައި އުޅުއްވި ބޭކަލުންގެ ޒަމާނުގައި އެބަހީ ޞަޙާބީންނާއި ތާބިޢީންނާއި ތަބަޢަތާބިޢީންގެ ޒަމާނުގައި ސުތުރާގެ ގޮތުން އެބޭކަލުން ބޭނުންކުރެއްވި ތަކެއްޗެއް ނޫނެވެ. ކުރިން ބަޔާންކުރެވުނު އަނަސްގެފާނުގެ ޙަދީޘްގައި ވާފަދައިން އެބަހީ އަޞްޙާބުބޭކަލުން ސުއްނަތް ކުރެއްވުމަށް ތަނބު، ސުތުރާއަކަށް ހެއްދެވުމަށްޓަކައި އަވަސްވެ ވަޑައިގެންފައިވާ އިރުވެސް މިފަދަ އެއްޗެއް ސުތުރާއަކަށް ހެއްދެވުމަށްޓަކައި ގެންނަވައިފައެއް އަދި ބަހައްޓަވައިފައެއް ވެސް ނުވެއެވެ. އަދި އެފަދަ އެއްޗެއް މިސްކިތުގައި ބެހެއްޓުމަށް ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އިރުޝާދުދެއްވާފައެއް ވެސް ނުވެއެވެ.

4. އަޅުކަމުގައި އަމިއްލަ ނަފްސަށް އުނދަގޫވާ ވަރަށް ދިއުން

އެކަމެއް ކުރެއްވުމުގެ ކުޅަދާނަކަން ހުރެ އެކަމެއް خ يْ القرون ގެ އަހުލުވެރިން އެބަހީ ހެޔޮ ޤަރު ނުގައި އުޅުއްވި ބޭކަލުން، އެބޭކަލުން ގެ ޒަމާނުގައި ކުރައްވާފައި ނުވާކަމެއް ފަހުންއަންނަ މީހުން ކުރުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. އެއީޝަރީޢަތުގައި ނެތް ބުރައެއް އުފުލުން ފަދަ ކަމެ ކެވެ. ޝަރީޢަތުގައި ނެތް ބުރައެއް އުފުލުމުން، ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެކަން އަން ނަނިވި ޙަދީޘުން ދޭހަވެއެވެ.

18 سنن أبي داؤد،كتاب الص لَة، باب ا لَْْطي إيذَا لمَْ يجَيدْ عَصًا. މިއީ ޞަޙީޙު އަދި މަޤުޠޫޢު ރިވާޔަތެއްކަމަށް (އެބަހީ ތާބިޢީ ބޭކަލެއްގެ އަމަލުފުޅުކަމަށް އައްޝައިޚުލްއަލްބާނީ ވިދާޅުވެފައި ވެއެވެ.

عَنْ أَنَسي بْني مَاليكٍ رَضييَ ا للَّه عَنْه قَالَ دَخَلَ النهبِيُّ صَلهى ا للَّه عَلَيْهي وَسَلهمَ فَإيذَا حَبْل مََْدود بَيَْْ السهارييَتَيْْي فَقَالَ مَا هَذَا الحَْبْل قَالوا هَذَا حَبْل ليزَيْنَب فَإيذَا فَترََتْ تَعَلهقَتْ فَقَالَ النهبِيُّ صَلهى ا للَّه عَلَيْهي وَسَلهمَ لاَ حلُّوه لييصَلي أَحَدكمْ نَشَاطَه فَإيذَا فَترََ فَلْيَقْعدْ. 19

އަނަސް ބުން މާލިކްގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު މިސްކިތަށް ވަދެވަޑައިގަތްއިރު ދެތަނބު ދޭތެރޭގައި ދަމާފައިހުރި ރޯނުގަނޑެއްހުއްޓާ އެކަލޭގެފާނަށް ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "މިއީ ކޮން ރޯނެއް ހެއްޔެވެ؟" އެބޭކަލުން ދެންނެވިއެވެ. "މިއީ ޒައިނަބުގެފާނުގެ ރޯނުގަނޑެކެވެ. އެކަމަނާ އަޅުކަމުގައި ވަރިބަލިފުޅުވުމުން މިރޯނުގަނޑުގައި ހިފެހެއްޓުމަށްޓަކައެވެ.

"ސަލާމައި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. "ނޫނެކެވެ. އެރޯނު ނަގާ ށެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ހީވާގިކަމާއެކު ނަމާދުކުރާހުށިކަމެވެ. ފަހެ ވަރުބަލިވެއްޖެނަމަ، އިށީންނާހުށިކަމެވެ."

އަދިވެސް ޙަދީޘް ކުރައްވާފައި ވެއެވެ. عَنْ أَبيي هرَيْرَةَ عَنْ النهبِيي صَلهى ا للَّه عَلَيْهي وَسَلهمَ قَالَ إينه الديينَ يسْر وَلَنْ يشَاده الديين أَحَد إيلاه غَلَبَه 20

އަބޫހުރައިރާގެ އަރިހުން ރިވާވެފައި ވެއެވެ. ހަމަކަށަވަރުން ސަލާމާ އި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ދީނަކީ ފަސޭހަ އެއްޗެކެވެ. އަދި ދީނުގެ ޙުކުމްތަކަށް ޢަމަލުކުރުމުގައިފަސޭހަގޮތް ދޫކޮށް ބުރަގޮތްއި އިޚްތިޔާރުކުރާ ކޮންމެމީހަކުވެސް އެމީހަކަށް އެކަމެއް ކުރުމަށް ނުކުޅެދި ޢަމަލު ކުރުން ހުއްޓައިލައެވެ.

5. މިދުވަސްވަރު މިސްކިތްތަކުގައި ބަހައްޓާފައިވާ ސުތުރާއާ ދިމާއަށް ނަމާދު ކުރުމުން ބުދަށް އަޅުކަންކުރާ މީހުނާ ވައްތަރުވާ ގޮތެއްހުރުން

ބުނާމީހަކު ބުނެފާނެއެވެ. ސުތުރާއަކީ މުޝްރިކުންގެ އަޅުކަންކުރާ ތަކެއްޗާ ވައްތަރުގޮތެއް ހުންނަ އެއްޗެކެވެ. އެއީ ނަމާދުކުރާ މީހާގެ ކުރިމަތީގައި ބެހެއްޓި، އޭނާގެ މޫނު އެއަށް އަމާޒުކުރެވިފައި ވާތީއެވެ. މި ޝުބުހާ ނެތިދަނީ ސުތުރާއާ ބެހޭ ޙަދީޘްތައް ދިރާސާ ކުރުމުންނެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ސުތުރާއަކަށް ހައްދަވާފައިވާ ކޮންމެ އެއްޗަކީވެސް އަސްލުގައި އެހެން ބޭނުމަކަށް އޮންނަ އެއްޗެއްކަން އެނގޭތީއެވެ. މިސާލަކަށް "ޢަނަޒާ" އަކީ އަސްލުގައި އެއިގެ ކޮޅު ތޫނުކޮށްފައިވާ ޢަޞާއެއްފަދަ އެއްޗެކެވެ. އެއާ ދިމާއަށް ހުރެ ނަމާދުކުރު ން މުޝްރިކުން ނާ އެއްވައްތަރުވުމުގެ ޝުބުހާ ފިލައިދެއެވެ. ޖާހިލިއްޔަ ޒަމާނަށް ވިސްނައިލައިފިނަމަ އެނގިގެންދަނީ އެމީހުން ، އެމީހުންގެ އަޅުކަންކުރުމަށް ކުރިމަތީގައި ބަހައްޓާ އަޅުކަންކުރާ ތަކެތި އަސްލުގައި ހަދާފައި ހުންނަނީ ހަމައެކަނި އަޅުކަމަށް ކަމަށްވެފައި، އެ ނޫން ބޭނުމަކަށް ބޭނުން ނުކުރާތީއެވެ.

19 صحيح البخاري،كتاب التههَجُّد، باَب مَا يكْرَه مينْ التهشْدييدي في الْعيبَادَةي

20 صحيح البخاري،كَيْفَ كَانَ بَدْء الْوَحْيي إي لََ رَسولي ا للَّهي صَلهى ا للَّه عَلَيْهي وَسَلهمَ ، باَب الديين يسْر

މިހާރު އަހަރުމެން ނަމާދު ކުރާއިރު ސުތުރާއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗަކީ އެއިން އެހެން ބޭނުމެއްނުކުރާ އަދި ގިނަފަހަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައި ހުންނަ އެއްޗެކެވެ. މިފަދަ ސުތުރާތަކުގެ ސަބަބުން ދުރު މުސްތަޤުބަލެއްގައި މީސްތަކުންނަށް ނުބައި އަސަރެއްކުރުމަކީ ދުރުކަމެއް ނޫނެވެ. ބިރުގަންނަންޖެހޭ ކަމަކީ ނޫޙުގެފާނުންގެ ޤައުމުގެ މީހުނަށް ދިމާވި ފަދަ ކަމެއް ދިމާވެދާނެތީއެވެ. މިފަދަ ސުތުރާތައް މުޝްރިކުންގެ ބުދާ ވައްތަރުގޮތެއް ހުންނަކަމަށް ފާހަގަ ކުރެވެއެވެ. އެއީ މިސުތުރާތައްފަދައިން އެފަދަ ބުދުތައްވެސް އެމީހުން ބޭނުންކުރަނީ ހަމައެކަނި އަޅުކަ ންކުރުމަށް ކަމަށްވާތީއެވެ. 21

6. މިދުވަސްވަރު މިސްކިތްތަކުގައި ބަހައްޓާފައިވާ ސުތުރާގެ ސަބަބުން ދިމާވެދާނު ނުރައްކާ

ބައެއް ސުތުރާތަކުގެ މަތީބައި ސީދާ ވާގޮތަށް އަދި އަނެއްބައި ސުތުރާ ތަކުގެ މަތީބައި ތުނޑަކަށް ވާގޮތަށް ހުރިކަމުގައި ވިޔަސް ގިނަ ސުތުރާތައް ހުންނަނީ އަންހެނުންގެ މަހާނަގާ ހުންނަ ފަދައިންނެވެ. ދީނީ ޢީލްމު މަދުވަމުން ދިޔަވަރަކަށް މި އަންހެނުންގެ މަހާނަގާ ވައްތަރަށް ހުރި ސުތުރާތައް އޭގައި ބޮލެއްލައި ފިރިހެނުންގެ މަހާނަގާ ގޮތަށް ބަދުލުވެ ދުރުމުސްތަޤުބަލެއްގައި އެބުދުގެ ސޫރަށް ބަދަލުވެގެން ދިއުމަކީ ދުރުކަމެއްނޫނެވެ. އެއީ ނޫޙުގެފާނުންގެ ޤައުމުގެ މީހުން ބުދަށްއަޅުކަންކުރި ބީދައިންނެވެ. ސައްދުއްޛަރިޢާގެ އުޞޫލުން މިކަމުން ރައްކާތެރިވުމަކީ އެދެވިގެންވާކަމެކެވެ. އެއީ މިކަމަކީ ޝިރުކަށް މަގުފަހިވެދާނެކަމަކަށް ވާތީއެވެ.

7. ނޫޙުގެފާނުންގެ ޤައުމުގެ މީހުން ބުދަށް އަޅުކަންކުރަންފެށި ގޮތް

ނޫޙުގެފާނުންގެ ޤައުމުގެ މީހުން ބުދު ހެދީ އެއަށް އަޅުކަން ކުރާކަށެއް ނޫނެވެ. ނަމަވެސް ފަހުން އެބަދަލުވެގެން ދިޔައީ އަޅުކަން ކުރާ ބުދުތަކަކަށެވެ.

އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މި ބުދުތަކަކީ (އެބަހީ وَد، سواع، يَغوث، ويَعوق އަދި نَسْر އަކީ) ނޫޙުގެފާނުގެ ޤައުމުގެ ޞާލިޙު އަޅުންގެ ނަންތަކެ ކެ ވެ. އެ މީހުން ނިޔާވުމުން، ޝައިޠާނާ އެ މީހުންގެ ޤައުމުގެ މީހުންނަށް ވަސްވާސްދިނީ އެ މީހުންގެ މަޖިލިސްތަކުގައި ޞާލިޙު އަޅުން ހަނދާންކުރުމުގެ ގޮތުން އެމީހުންގެ ސިފައިގައި ބުދުހަދައި ބެހެއްޓުމަށެވެ. ފަހެ އެމީހުން އެގޮތަށް ކަންތައް ކުރިއެވެ. އެހެންނަމަވެސް އެބުދުތަކަށް އެމީހުން އަޅުކަމެއް ނުކުރެއެވެ. އެ މީހުން ނިޔާވެ، ޢިލްމު ގެއްލުނު ހިނދު، (ފަހުން އައިމީހުން) މާތް الله ފިޔަވައި އެ ބުދުތަކަށް އަޅުކަން ކުރީއެވެ." 22

21 أرشيف ملتقى أهل الحديث، 334/95 . (މަފްހޫމް)

22 الامع لأحكام القرآن (تفسير القرطبي)، المؤلف: أبو عبد الله محمد بن أحمد بن أبي بكر بن فرح الأنصاري الخزرجي شمس الدين القرطبي، 308/18 ، المكتبة الشاملة ، صحيح البخاري، كتاب التفسير، باَب {وَدًّا وَلَ سُواعًا وَلَ يَغُوثَ وَيَعُوقَ}

މުޙައްމަދު ބުން ކަޢުބު އާއި މުޙައްމަދު ބުން ޤައިސް ވިދާޅުވިއެވެ. "وَد، سواع، يَغوث، ويَعوق އަދި نَسْر" އަކީ އާދަމްގެފާނާއި ނޫޙުގެފާނާ ދެމެދުގައި ދިރިއުޅުއްވި ޞާލިޙު ބައެކެވެ. އެބައިމީހުންނަށް ތަބަޢަވާ، އެބައިމީހުންގެ މަގުން ހިނގާ ބަޔަކުވެސް އުޅުނެވެ. މިމީހުން ނިޔާވުމުން، އިބުލީސް އެބައިމީހުންނަށް ވަސްވާސް ދިނީ އެބައިމީހުންގެ ސޫރައިގައި ބުދު ހަދައި ބެހެއްޓުމަށެވެ. އެއީ އެބައިމީހުން އަޅުކަންކުރުމަށް ކުރި މަސައްކަތް ހަނދާންކުރުމަށާއި، އެބުދު ތަކަށް ބެލުމުން ހިތްހަމަޖެހުން ލިބުމަށްޓަކައެވެ. ދެން އެބައިމީހުން އެ ސޫރައިގާ ބުދު ހަދައި ބެހެއްޓިއެވެ..

އެއިގެފަހުން އެމީހުން ނިޔާވެ، އެހެން ޖީލެއް އައި ހިނދު، ފަހުން އައިމީހުން ބުންޏެވެ. "މި ބުދުތަކާމެދު އަހަރެމެންގެ ކާބަފައިން ޢަމަލުކުރީ ކިހިނެއްކަން އެނގޭނެ ނަމައެވެ." އެހިނދު ޝައިޠާނާ އެބައިމީހުންގެ ގާތަށް އައިސް ބުންޏެވެ. "ތިޔަބައިމީހުންގެ ކާބަފައިން މި ބުދުތަކަށް އަޅުކަންކުރިއެވެ. އެއިގެސަބަބުން އެބައިމީހުންނަށް ރަޙުމަތް ލެއްވި، ވާރޭ ވެއްސެވުނެވެ." ދެން އެމީހުން އެބުދުކަށް އަޅުކަންކުރަން ފެށިއެވެ. މިގޮތުން، ބުދަށް އަޅުކަންކުރުން ފެށުނީ އެހިސާބުންނެވެ23."

8. މިދުވަސްވަރުގެ ބައެއް ޢިލްމުވެރިންގެ ނަޡަރިއްޔާ

ލީބިޔާގެ ފަތުވާ ކޮމެޓީއާއި 24 ސަޢުދީގެ اللجنة الدائمة للبحوث العلمية والإفتاء 25 ގެ ފަތުވާއާއި އުރުދަންގެ ފަތުވާ ކޮމެޓީގެ26 ނަޒަރިއްޔާއަކީ އެފަދަ ސުތުރާ ބެހެއްޓުން ރަނގަޅު ނޫންކަމުގައެވެ. ނަމަވެސް ގިނަފަތުވާތަކެއްގައި މިކަމަކީ ރަނގަޅުކަމެއް ނޫންކަމުގައި ފާހަގަ ކުރައްވާފައިވާއިރު އިސްލާމް ވެބް ގައި 27 ވަނީ އަންނިވި ފަދައިންނެވެ. "ސުތުރާ ބޭނުންކުރުމަކީ މަޝްރުޢުކުރެވިފައިވާ އެބަހީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދި ޝަރުޢީ ގޮތުން އެކަމަށް އެދެވިފައިވާ ކަމަކަށް ވީހިނދު އެމަޤްޞަދު ޙާޞިލުކުރުމަށްޓަކައި އެއްޗެއް ތައްޔާރުކުރުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ ދީނުގައި އުފެއްދި ބިދުޢައެއް ކަމަކަށްވެސް ނުބެލެވޭނެއެވެ."

9. މިހާރު ބެހެއްޓިފައިހުރި ސުތުރާގެ ބަދަލުގައި ބެހެއްޓިދާނެ ތަކެތި

މިހާރު ބެހެއްޓިފައިހުރި ސުތުރާތަކުގެ ބަދަލުގައި މަޢުޛޫރުން އިށީނުމަށް ހެދިފައިވާ ގޮނޑިތައް އިތުރުކޮށްލުމުން ސުތުރާގެ މައްސަލަ ޙައްލުވެގެން ދާނެއެވެ. އަދި މިފަދަ ގޮނޑިތަކަކީ ބުދުގެ ސިފަހުރި އެއްޗެއްނޫނެވެ. އަދި އެއީ خَيْْالقروني ގެ އަހުލުވެރިން އެބަހީ ހެޔޮޤަރުނުގައި އުޅުއްވި ބޭކަލުންގެ ޒަމާނުގައި އެބަހީ ޞަޙާބީންނާއި ތާބިޢީންނާއި ތަބަޢަތާބިޢީންގެ ޒަމާނުގައި ބޭނުންކުރެވިފައިވާ ސުތުރާތައް ފަދައިން އެހެންކަމަކަށް ހަދާފައިހުރި ތަކެތިކަމަށް ވާތީއެވެ.

23 الامع لأحكام القرآن (تفسير القرطبي)، المؤلف: أبو عبد الله محمد بن أحمد بن أبي بكر بن فرح الأنصاري الخزرجي شمس الدين القرطبي، 308/18 ، المكتبة الشاملة ،

24 دار الإفتاءالليبية، رقم الفتوى 28، (1226) /جمادى الآخرة/1434ه، 8/مايو/2013

25 اللجنة الدائمة للبحوث العلميةوالإفتاء، فتوى برقم 3599 وتاريخ 1401 / 4 / 5 ه (ظاهرة الألواح الخشبية في المساجد )

26 دار الإفتاء العام (المملكة الأردنية الهاشمية ) ، رقم الفتوى: 805، التاريخ : 2010-07-04

27 شبكة إسلام ويب، في الفتوى رقم29174 :، والفتوى رقم196631

10. ނިންމުން

މިހާރު މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ސުތުރާތަކަކީ ޝަރުޢީގޮތުން އެންމެ އެދެވިގެންވާ ގޮތް ނޫނެވެ. އެއީ އަންނަނިވި ސަބަބުތަކަށްޓަކައެވެ:

10.1 މިއީ ސަލަފުއް ޞާލިޙުންގެ ޒަމާނުގައި ކުރައްވާފައިވާ ކަމެއް ނޫނެވެ. އެބޭކަލުންގެ ޒަމާނުގައި މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބަހައްޓާފައެއް ނުހުރެއެވެ.

10.2 މިފަދަ ސުތުރާތައް ބެހެއްޓުމަކީ އަޅުކަމުގައި އަމިއްލަ ނަފްސަށް އުނދަގޫވާ ވަރަށް ދިއުންފަދަކަމެކެވެ. ދީނުގައި ނެތް ބުރައެއް އުފުލުމަކީ ރަސޫލާ صلى الله عليه وسلم ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ .

10.3 މިފަދަ ސުތުރާތަކަކީ މުޝްރިކުންގެ ބުދާ ވައްތަރު ގޮތެއް ހުންނަ އެއްޗެކެވެ. އެއީ މިސުތުރާތައް ހަމައެކަނި އަޅުކަމަށް ޚާއްޞަކުރެވިފައިވާތީއެވެ. މިފަދަ ސުތުރާތަކަކީ އެއިގެ ސަބަބުން ދުރު މުސްތަޤުބަލެއްގައި މީސްތަކުންނަށް ނުބައި އަސަރެއް ކޮށްފާނެކަމެކެވެ. އެއީ ނޫޙުގެފާނުންގެ ޤައުމަށް ޤިޔާސްކޮށްފައެވެ.

10.4 އަޅުކަމުގައި ދިމާވެދާނެ ނުރަނގަޅު ކަމެއްގެ ފުރުޞަތު އޮތްނަމަ، ސައްދުއްޛަރީޢާގެ އުޞޫލަށް ބިނާކޮށް އެފަދަ ޢަމަލުތައް މަނާކުރުމަކީ އެންމެ ޙިކުމަތްތެރި ގޮތެވެ. ސައްދުއްޛަރީޢާގެ އުޞޫލަކީ ، މިފަދަ ސުތުރާތައް ބެހެއްޓުމަކީ ދުރު މުސްތަޤުބަލެއްގައި ބުދަށް އަޅުކަންކުރުމަށް މަގުފަހިވެދާނެ ކަމެކެވެ .

10.5 މިދުވަސްވަރުގެ ބައެއް ޢިލްމުވެރިން މިފަދަ ސުތުރާތައް ބެހެއްޓުމާމެދު ރުހިވަޑައިނުގަންނަވައެވެ .

11. ޚުލާސާ

އެހެންކަމުން، މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި، ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުން މާ ރަނގަޅުވާނެއެވެ. އެއީ ތަނބެއް، ފާރެއް، ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުމެވެ. މިގޮތުން ޢަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮ ތައް މިކަން ބަދަލުވެގެންދާނެ ކަމަށް ފެނެއެވެ. والله أعلم بالصواب

12. و المراجع

12.1 أرشيف ملتقى أهل الحديث.

12.2 تقريب التهذيب للحافظ ابن حجر، المكتبة العلمية، بيْوت، لبنان، 1995م.

12.3 الامع لأحكام القرآن (تفس يْ القرطبِ)، المؤلف: أبو عبد الله محمد بن أحمد بن أبي بكر بن فرح الأنصاري الْزرجي شمس الدين القرطبِ، المكتبة الشاملة .

12.4 دار الإفتاء العام (المملكة الأردنية الْاشمية ) ، رقم الفتوى: 805، التاريخ : 2010-07-04

12.5 دار الإفتاءالليبية، رقم الفتوى 28، (1226) /جمادى الآخرة/1434ه، 8/مايو/2013

12.6 سنن أبي داؤد، المؤلف : أبو داود سليمان بن الأشعث السجستانّ، المكتبة الشاملة .

12.7 شبكة إسلَم ويب

12.8 شرح القواعد السعدية، المؤلف: عبد المحسن بن عبد الله بن عبد الكريم الزامل، 65/1 ، الناشر: دار أطلس الْضراء للنشر والتوزيع، الريَض - المملكة العربية السعودية، الطبعة: الأولَ، 1422 ه - 2001 م

12.9 شرح سنن أبي داود، المؤلف : أبو محمد محمود بن أحمد بن موسى بن أحمد بن حس يْ الغيتابى الحنفى بدر الدين العينِ، الناشر : مكتبة الرشد – الريَض، الطبعة : الأو لَ ، 1420 ه -1999 م.

12.10 صحيح البخاري، المؤلف: محمد بن إسماعيل أبو عبدالله البخاري العفي، المكتبة الشاملة

12.11 صحيح مسلم، المؤلف : أبو الحس يْ مسلم بن الحجاج بن مسلم القشيْي النيسابوري، المكتبة الشاملة

12.12 اللجنة الدائمة للبحوث العلميةوالإفتاء، فتوى برقم 3599 وتاريخ 1401 / 4 / 5 ه

12.13 ما صح من آثار الصحابة ف الفقه، زكر يَ بن غلَم قادر الباكستانّ،

12.14 مسند أحمد ، المؤلف : أحمد بن حنبل أبو عبدالله الشيبانّ، المكتبة الشاملة

12.15 المصنف ف الأحاديث والآثار المؤلف : أبو بكر عبد الله بن محمد بن أبي شيبة الكوف مصنف ابنىأبي شيبة، المفْهيمْ ليمَا أَشْكَل يمن تلخيصي كتابي مسْليمْ، لأبي العبهاس أحمَد بن الشيخي المرحومي الفقيهي أبي حَفْصٍ عمَرَ بني إبراهيمَ الحافظ ، الأنصاريُّ القرط بُِّ، المكتبة الشاملة

المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 21983