Islamic MixIslamic Mix
‹ الفتاوى المالديفية
🇲🇻الصلاة

ސުތުރާގެ ގޮތުގައި ވަކިން ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމުގެ ޙުކުމް

ފަތުވާ 35

ސުތުރާގެ ގޮތުގައި ވަކިން ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމުގެ ޙުކުމް اَلْحَمحدَُُّّلِل الَذّيَُرأحسَلَُ رَسولَهُ بِّلْحدَىُ وَدّينُّ لْحَقاُّ لّيظحهّرَهُ عَلَى الدّينُّ كلُّهُّ وَلَوحُ كرّهَُ الحكَافّرونَ،ُ وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُ مَُمَُدُُّ بحنُّ عَبحدُّ اللُّ وَعَلى آلّهُّ وَأَصححَابّهَُّجْحَعّينَ،أُ وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ،َُمَابأَعحدُ: ސުތުރާއަކީ ނަމާދުކުރާ މީހާގެ ކުރިމަތީގައި ޖަހާ ނުވަތަ ބަހައްޓާ އަސައެއް ނުވަތަ އެނޫންވެސް އެއްޗެކެވެ. ނުވަތަ ނަމާދުކުރާ މީހާގެ ކުރިމަތިން މީހުން ދިއުން ހުއްޓުވުމަށްޓަކައި އޭނާގެ ކުރިމަތީގައި ބަހައްޓާ އެއްޗެކެވެ. ސުތުރާ ބޭނުން ކުރުމާއި ސުތުރާގެ ގޮތުގައި ވަކިން ޚާއްޞަ އެއްޗެ އް ހަދައިގެން ބޭނުން ކުރުން މިއީ ތަފާތު ދެކަމެކެވެ.

ސުތުރާގެ ޙުކުމް

މިގޮތުން ސުތުރާ ބޭނުން ކުރުމުގެ މައްސަލައިގައި ގިނަ ފިޤުހު ޢިލްމުވެރިންގެ ނަޡަރިއްޔާއަކީ ސުތުރާ ބެހެއްޓުމަކީ ސުއްނަތެއްކަމެވެ. ނަމަވެސް ފަހުގެ ބައެއް ޢިލްމުވެރިން ސުތުރާ ވާޖިބުކަމަށްވެސް ވިދާޅުވެއެވެ. މިގޮތަށް ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި އައްޝައިޚު މުޙައްމަދު ނާސިރުއްދީން އަލްބާނީ އާއި، އައްޝައިޚު މުޤުބިލް ބުނު ހާދީ އަލްވާދިޢީ އަދި އައްޝައިޚު އަބްދުއްރައްޒާޤު ޢަފީފީ ވެސް ހިމެނި ވަޑައިގަންނަވައެވެ. ނަމަވެސް ގިނަ ޢިލްމުވެރިން ވިދާޅުވަނީ އެއީ ސުއްނަތެއްކަމަށެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ޒަމާނުގައި މިސްކިތުގައި ސުތުރާއަށް ބޭނުންޖެހިފައި ވީއިރުވެސް އެކަމަށް ޚާއްޞަ އެއްޗެއް ބަހައްޓާފައެއް ނުވެއެވެ. އެކަމަށް ބޭނުންޖެހިފައިވާކަން ދޭހަވަނީ އަންނަނިވި ޙަދީޘުންނެވެ. عَنحُ أَنَسُ قَالَُ «لَقَدحُ رَأَيحتُ كّبَارَُ أَصححَابُّ النَبُّّ صَلَى اَُلِل عَلَيحهُّ وَسَلَمَُ يَبحتَدّرونَُ السَوَارّيَُ عّنحدَُ الحمَغحرّبُّ». އަނަސްގެފާނުގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلمގެ އިސް ޞަޙާބީން މަޣްރިބު ނަމާދުގެ ވަގުތުގައި (މަޣުރިބު ނަމާދުގެ ސުއްނަތް) ނަމާދު ކުރެއްވުމަށް މިސްކިތުގެ ތަނބުތަކާ ދިމާލަށް އަވަސްވެވަޑައިގަންނަވާ މަންޒަރު ދެކެވަޑައިގަތީމެވެ.

ނަމަވެސް މިސްކިތުން ބޭރުގައި ނަމާދު ކުރައްވާއިރު ސުތުރާ ބެހެއްޓެވިކަން ޘާބިތުވެއެވެ. ސުތުރާގެ ގޮތުގައި ބަހަ އްޓަވައިފައިވަނީ އެހެން ކަންކަ މަށް ބޭނުންކުރާ ތަކެއްޗެވެ. ސުތުރާއަށް ވަކި އެއްޗެއް ހަދައިގެން ބޭނުމެއް ނުކުރައްވައެވެ. އެދުވަސްވަރު ސުތުރާގެ ގޮތުގައި ބޭނުންކުރައްވައިފައި ވަ ނީ އަންނަނިވި ތަކެއްޗެވެ. ފާރު، އަސާ، މީހުން، ތަންމަތި ، އެނދު، ދުނި ނުވަތަ ތީރު، ސަވާރީ، އަސްދާނުގޮނޑި، ގަސް ފަދަ ތަކެއްޗެވެ.

ސުތުރާގެ ގޮތުގައި ވަކި ޚާއްޞަ އެއްޗެއް ބެހެއްޓުމުގެ ޙުކުމް

މިސްކިތު ގެ ތެރޭގައި ވަކި ޚާއްޞަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އަލަށް އުފެދިފައިވާ މައްސަލައަކަށް ވުމުން މި މައްސަލައަކީ ވެސް ފިޤުހީ އެހެން މައްސަލަތައް ފަދައިން ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ޢިލްމުވެރިންގެ ތެރެއިން އެއްބަޔަކު ދެކެވަޑައިގަންނަވަނީ މިކަމަކީ ހެޔޮ ކަންކަމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ޢިލްމުވެރިންގެ ތެރެއިން އަނެއްބަޔަކު މިކަން މަނާކުރައްވައެވެ.

މަތީގައި ބަޔާންކުރެވުނު ކަންކަމުން، ރަސޫލާ صلى الله عليه وسلمގެ ޒަމާނުގައި ސުތުރާއަށް ބޭނުންޖެހިފައިވާ ޙާލު ގައި ވެސް، އަދި މިސްކިތުގެ ތެރެއަށް އެފަދަ ތަކެތި ވެއްދުމުގެ ފުރުސަތު އޮތް އިރުވެސް މިސްކިތުގެ ތެރެއަށް ސުތުރާގެ ގޮތުގައި ވަކި ޚާއްޞަ އެއްޗެހިތަކެއް ހަދައިގެން ވައްދާފައި ނުވާކަން އެނގެއެވެ. މީގެ އިތުރުން އެ ޒަމާނުގައި ސުތުރާގެ ގޮތުގައި ޚާއްސަ އެއްޗެއް ބޭނުންކުރައްވާފައި ނުވާކަން ވެސް މީގެން ދޭހަވެއެވެ. އެދުވަސްވަރު މިސްކިތުން ބޭރުގައި ސުތުރާއަށް ބޭނުންކޮށްފައިވަނީ ވެސް އާންމުކޮށް އެހެން ކަންކަމަށް ބޭނުންކުރާ ތަކެއްޗެވެ. ސުތުރާއަށް ހަދާފައިވާ ޚާއްޞަ އެއްޗެއް ނޫނެވެ.

އެހެންކަމުން، މި މަޖިލީހުގެ މެންބަރުން ބުރަވަނީ ސަލަފުއްސާލިޙުންގެ ޒަމާނުގައި ނުކުރައްވާ ކަމެއް މިދުވަސްވަރު ވެސް، އަދި މީގެ ފަހުން ވެސް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށެވެ.

هَذَاُوَاللُأَعحلَمُبِّلصَوَابُُّ

وَالِلَُ وَلّيُ التَوحفّيحقّ،ُ وَصَلَىُ اَُلِل وَسَلَمَُ عَلَى نَبّيّنَاُ مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأ حَُ .

26 ޖުމާދަލް އާޚިރާ 1447

16 ޑިސެ ންބަރު 2025

المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 21980