Islamic MixIslamic Mix
‹ الفتاوى المالديفية
🇲🇻أحكام متنوعة

އިންސާނީ ގުނަވަން ހަދިޔާކުރުމާއި އިންދުމުގެ ޝަރްޢީ ޙުކުމް

ފަތުވާ 28

އިންސާނީ ގުނަވަން ހަދިޔާކުރުމާއި އިންދުމުގެ ޝަރްޢީ ޙުކުމް

اَلحَْمْد للهَِِّ الَّذِي أَرْسَل رَسُولَه باِلهُْدَى وَدِينِ الحَْقِّ لِيُظْهِرَه عَلَى الدِّينِِّ كُِ له وَلَو كرِه الْكَافِرُونَ، وَالصَّلاَةُ وَالسَّلاَم عَلَى نَبِيِّنَاِ محَُمدِ بْن عَبْدِ اللهِ وَعَلى آلِهِ وَأَصْحَابِهِ أَجمَْعِينَ، وَمَن تَبِعَهُم بإِِحْسَانٍ إِلىَ يَومِ الدِّينِ،َمأَّابَعْد:

ަދަންނައެވެ! އިންސާނާގެްޖިސްމކީ މުތުލަޤުކޮށް އޭނާގެ މިލްކެއި ނޫނެވެ.ައަދ ކިއެއްތ! އެއީ، މާތްެاللهގ މިލްކެކެވެ. އިންސާނާގެ ޖިސްމީގުޅުންހުރި ކަންކަމުގައި އޭނާއަށް ޢަމަލުކުރެވޭހުށ، މާތްަالله ހުއްދ ދެއްވާފައިވާ މިންވަރަކަށެވެ.ެއިންސާނާގެ ޖިސްމުގައި ހުރި ގުނަވަންތަކުގެ ތެރެއިން، އިންސާނާގް ފުރާނައަށ ްގެއްލުމެއް ނުލިބޭނޭ މަގުން، އިސްލާމީ ޝަރީޢަތުގައި ހުއްދަުދެއްވާފައިވާ މިންވަރަށް، ޖިސްމުގެ ގުނަވަންތަކަށ ުތަޞައްރފ ކުރުމަކީ ހުއްދަވެގެންވާ ކަމެއްކަން ޝަރްޢީ ދަލީލުތަކުން ސާބިތުވެއެވެ.

ެއިންސާނާގެ ޖިސްމުްގެ ގުނަވަނއ،ެއެހެން އިންސާނަކަށް ހަދިޔާކުރުމުގ މައްސަލަ ދަންނައެވެ!ުޝަރީޢަތުގައި ވާރިދުވެފައިވާ ބައެއް ނައްޞުތަކާއި ޙާލަތު ދިރާސާކުރުމަށްފަހ، ދީނުގެ ޢިލްމުވެރިން، މިކަން ވަކިްޙައްދެއްގެ ތެރޭގައި ކުރުނ ހުއްދަކުރައްވައެވެ.

ޙާލަތްތަކުގެ ޙުކުމް

ޢާ އްމުގޮތެއްގައި ގުނަވަން ބަދަލުކުރެވެނީ ދެ ހާލަތެއްގައެވެ.

1. ފުރަތަމަ ޙާލަތު: ފުރާނަ ސަލާމަތްކުރުން ފަދަަ ޟަރޫރީް ޙާލަތެ ތކވެ. މިސާލަކަށް: ފުރާނަ ސަލާމަތްކުރުމުގެ ޤަޞްދުގައި،ުހިތުގެ ނާރ ބެދިގެން، ހަށިގަނޑުގެ އެހެންްތަނަކުން ލޭނާރު ނަގައިގެން ހިތުގެ ތެރެއަށ ލުމެވެ.

2. ދެވަނަ ޙާލަތު:ުގުނަވަނެއް ބަދަލުކުރމުގެ ބޭނުންތެރިކަމެއް އޮތުމެވެ.ެމިސާލަކަށްު : އިންސާނާގ ުޖިސްމގެ ތަނަކުން ހަން ހަލާކުވެފައިވާއިރ،ްޖިސްމުި ގެ އެހެން ބަޔަކުން ހަނ ނަގައ، ހަލާކުވެފައިވާ ތަނުގައި އިންދުމެވެ.

މިދެޙާލަތަކީވެސް ހުއްދަ ދެޙާލަތެވެ. މީގައި ޝަރުޠަކީ މިކަމުން ލިބޭ ގެއްލުމަށްވުރެ ފައިދާ ބޮޑުވުމެވެ.

ު އިންސާނާގެް ޖިސްމގެ ގުނަވަންތައް ބަދަލުކުރެވޭ ގޮތްތައ

1. ދިރިހުރި މީހެއްގެ ގުނަވަނެއް ބަދަލުކުރުން.

އިންސާނެއްގެ ގުނަވަނެއް، އެހެން އިންސާނަ ކަށް ހަދިޔކުރ ޙާލަތުގައި، ގުނަވަން ހަދިޔާކުރާ މީހާގެ ފުރާނައަށް ގެއްލުމެއް ނުލިބޭނަމަ ހުއްދައެވެ. އެއްވައްތަރުގެ އެއްގުނަވަނަށްވުރެ ގިނަ ގުނަވަން ހުންނަ ޛާތުގެ ގުނަވަނެއް ް ނެގިޔަސް އެފަދަ ގުނަވަނެއް ހަދިޔާކުރާ މީހގެ ފުރާނައަށް ގެއްލުމެއް ނުލިބޭނަމަ، މިސާލަކަށ:ް ކިޑްނީ ފަދަ ގުނަވަނެއް ހަދިޔާކުރުން ހުއްދައެވެ. އަދި އަމިއްލަ ޒާތުގައި އުފެދޭ ގުނަވަން މިސާލަކަށ: ލޭ ނެގުމާއި ު ލޭއެޅުން ހުއްދައެވެ. ހަމައެހެންމެ،ްއެހެން މީހެއްގެ ޞިއްޙީ ހާލަތ ތަންނުދިނުމުގެ ސަބަބުނ،ު އެމީހާގެ ްޖިސްމން ނަގާފައިވާ ގުނަވަނަކުން ނުވަތަ ގުނަވަނެއްގެ ބަޔަކުން އަނެކާއަށް ފައިދާކުރާނަމަ އެކަންވެސ ހުއްދަވާ ހުއްޓެވެ. އެއީ ގުނަވަނުގެ ވެރިމީހާއަށް ގެއްލުމެއްނުވެ އަނެކާއަށް ފައިދާ ކުރާތީއެވެ.ެއެހެން ނަމަވެސް، އެއިގެ އެންމެ ގުނަވަނެއް ހުންނަ ޛާތުގް ގުނަވަނެއް ނަގައިފިނަމަ، ފުރާނައަށް ނުރައްކާވާނެތީ، އެހެން މީހެއްގެ ފުރާނަ ސަލާމަތްކުރުމަށ ކަމުގައި ވިޔަސް، މިފަދަ ގުނަވަނެއް ހަދިޔާކުރުން ޙަރާމް ވާނެއެވެ. އަދި އިންސާނީ ނަސްލު އޮޅިދާނެކަމުގެ އިޙްތިމާލު ބޮޑުކަމަށްޓަކައި،ެ ދިރިހުރި މީހެއްގެ ދެ އުރަވަޅިންކުް ރ އުރަވަޅިއެއްވެސ، އެހެން މީހަކަށް ދިނުން ނުވަތަ ބަދަލުކުރުންވެސްްހުއްދަ އެއ ނުވާނެ އެވެ.

ބަނޑުގައި ނުވިހާ އޮތް ކުއްޖާއާއި ދުނިޔެއަށް އުފަންވެފައިވާ ކުޑަކުއްޖެއްގެ ގުނަވަން ބަދަލުކުރުމުގައިވެސް އޮންނަނީ ދިރިހުރި އަދި މަރުވެފައިވާ އިންސާނަކާމެދު ޢަމަލުކުރުމުގައި އޮންނަ އުސޫލެވެ .

2. މަރުވެފައިވާ މީހެއްގެ ގުނަވަނެއް ބަދަލުކުރުން.

އެމީހެއްގެ ސިކުނޑިއާއި، ހިތާއި ނޭވާލުން ފުރިހަމައަށް ހުއްޓުމުގެ ސަބަބުން، އަލުންް ދިރުމެއް ނުލިބޭނެ ު މީހެއްކަމަށްއިތުބާރުހުރި މުސްލިމެ ޑޮކްޓަރުންގ ޓީމަކުންނިންމައިފިނަމަ، އެފަދަ މީހެއްގެ ގުނަވަނެއް ނަގައި، ދިރިހުރި މީހެއްގެ ޖިސްމުގައި އިންދުން ހުއްދަވެގެންވެއެވެ. އަދި ހަމައެހެންމެ، މަރުވެފައި އޮތ

ކާފަރެއްގެ އުރަވަޅިފިޔަވައި،ެ އެްހެނިހެން ގުނަވަންތައް ނަގައި ދިރިތިބި މީހުންގަޖިސްމުގައި އިންދުނ ހުއްދއެވެ. މިޙާލަތުގައި ހުއްދަވާނީ، މަރުވެފައިވާ މީހާ މަރުވުމުގެ ކުރިން އެގުނަވަނެއް ެހަދިޔާކޮށްފައިވަނަމައެވެ . ނުވަތަ އޭނާ މަރުވުމަށްފަހު، އޭނާގެ ވާރުތަވެރިން ހުއްދިދިނުމުންނީވެ. މަރުވ މީހާއަކ، ވާރުތަވެރިއަކު ނެތް މީހަކުކަމުގައިވާނަމަ، ނުވަތަ އޭނާގެ ދަރިކޮޅުު ނޭނގޭ މީހަކުނަމަ، އޭނާ ެ ނިސްބަތްވާ ޤައުމުގެ ވަލިއްޔުލްއަމްރު ހުއްދަދިނުމންނވެ.

ް އިސްވެބަޔާންވެދިޔަ ޙާލަތުތަކުގެ ތެރެއިން ގުނަވަން ބަދަލުކުރުން، ހުއްދަ ޙާލަތުގައިވެސް، ފައިސާއެއް ނުވަތަ ހަދިޔާއެއް ނުވަތަ އެހެނ އެއްޗެއްް ދީގެންެ ވެސު، އިންސާނެއްގ ގުނަވަނެއް، އެހެން އިންސާނަކަށް ނަޤްލ ކުރުމަކީ، ހުއްދަނޫން ޙަރާމް ކަމެކެވެ. އެއީ އިންސާނެއްގެ ގުނަވަނެއް، ނުވަތަ ހަށިގަނޑުން ބައެއް ވިއްކުމަކީ، ހުރިހާ ޙާލަތެއްގައިވެސް ހުއްދަނޫން ޙަރާމް ކަމަކަށްވާތީއެވެ.

ަ ޖަނަވާރުގެ ގުނަވަން ނަގައި އިންސާނެއްގެ ހަށިގަނޑަށްލުމުގެ މައްސަލ

މިގޮތަށް ބަދަލުކުރުން ހުއްދަވާހުށީ،ެއެޖަނަވާރަކީ ޠާހިރު ޖަނަވާރަކަށް ވާނަމައެވެ. މިޙާލަތުގައި އެފަދަ ެޖަނަވާރެއްގެ ގުނަވަން ހުއްދައެވެ. މިކަން ހުއްދަކުރެވިފައި މިވަނީ ފަރުވާކުރުމަށް އައިސްފައިވާ ޙަދީޘްގ ޢާއްމު މާނައިގެ ދަށުންނެވ. ނަމަވެސް އެއީ ނަޖިސް ޖަނަވާރެއްނަމަ މަޖުބޫރީހާލެއްގައި މެނުވީ ހުއްދަނުވ ހުއްޓެވެ.

ޙުކުމުތައް ބިނާކޮށްފައިވާ ޝަރްޢީ ޢުޞޫލުތައް:

ްއިސްވެ ބަޔާންވެދިޔަ ކަންކަމުގެ ޙުކުމުތައް ބަޔާންކޮށްފައި މިވަނީ، ކީރިތި ޤުރްއާނާއި ކީރި ތި މާތ ރަސޫލާ صلى الله عليه وسلمގެ ސުންނަތުން ސާބިތުވާ، އިސްލާމު ދީނުގައި ކަނޑައެޅިބަޔާންވެފައި ހުރި އުޞޫލުތަކަށް ރިޢާޔަތްކޮށްގެންނެވެ. އެއީ:

ހ- މީސްތަކުންނަށް ދަތި އުނދަގޫ އެއްވެސް ކަމެއް، ދީނުގައި ލައްވާފައިނުވުން .

ށ- ދީނުގެ ލުއިފަސޭހަކަން.

ނ-ްދީނުގައި ޚަލްޤުތަކުންގެ މަޞްލަޙަތުތަކަށް ރިޢާ ޔަތްކުރައްވާފައިވުނ.

ރ- ގެއްލުން ދިނުމާއި ގެއްލުން ލިބިގަތުމަކީ ޙަރާމުކަމެއްކަމުގައި ލައްވާފައިވުން .

ބ- އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ ޙަރާމުކަމެއްކަން ޝަރްޢީ ނައްޞުން ސާބިތުވުން . ޅ-ީހެޔޮކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދިނުމަށް އަންގަވާފައިވާ ޝަރްޢ ނައްޞުތައް.

ކ- ދިރިހުރި އިންސާނަކަށް އިޙްތިރާމުކުރުމާ އެއްފަދައިން މަރުވެފައިވާ އިންސާނަކަށްވެސް އިޙްތިރާމުކުރުމަށް އޮންނަ ނަބަވީ އިރުޝާދު.

އ- މަޖްބޫރީ ޙާލަތްތަކުގައި، ޙަރާމްަވެގެންވާ ކަންކަން، ޟުރޫރީ މިންވަރުގެ ތެރޭގައި ހުއްދަވެގެންވ ކަމށް އޮންނަ ޝަރްޢީ އުޞޫލު.

ވ-ްއިންސާނީ ގުނަވަންތައް ޖިސްމުގެ އެއް ތަނުން އަނެއްތަނަށް ބަދަލުކުރުމާއި، އަމިއްލަ ނަފުސަށް ު ގެއްލުން ނުވާނޭ މަގުން، އެހެން އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ މަޤްޞަދުގައި ގުނަވަނ ހަދިޔާކުރުމާބެހޭގޮތުން ޢިލްމުވެރިންގެ ބަސްފޅުތަކާއި ފަތުވާތައް.

هَذَا وَاللهُ أَعْلَمُ باِلصَّوَابِ

وَاللهَّ وَليُِّ التَّوْفِيْقِ، وَصَلَّى اللهَّ وَسَلَّم عَلَى نَبِيِّنَا محَُمَّدٍ وَآلِهِ وَصَحْبِهِ أَجمَْعِين.

12 ރަޖަބު 1445

23 ޖަނަވަރީ 2024

المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 20357