އިސްތަށީގައި ކަޅުކުލަ ޖެއްސުމުގެ ޙުކުމް
ފަތުވާ 30
އިސްތަށީގައި ކަޅުކުލަ ޖެއްސުމުގެ ޙުކުމް
اَلْحَمحدَُُّّلِل الَذّيَُرأحسَلَُ رَسولَهُ بِّلْحدَىُ وَدّينُّ لْحَقاُّ لّيظحهّرَهُ عَلَى الدّينُّ كلُّهُّ وَلَوحُ كرّهَُ الحكَافّرونَ،ُ وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُ مَُمَُدُُّ بحنُّ عَبحدُّ اللُّ وَعَلى آلّهُّ وَأَصححَابّهَُّجْحَعّينَ،أُ وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ،َُمَابأَعحدُ:
މި މައްސަލައިގައި މައިގަނޑު ދެރައުޔެއް ފާހަގަކުރެވެއެވެ. އެއީ ޙަރާމްކަމަށް ވިދާޅުވާ ޢިލްވެރިންގެ ރައުޔާއި ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ރައުޔެވެ. މި ދެރައުޔުވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށެވެ. މި މައްސަލަ ދިރާސާ ކުރައްވައި ޢިލްމުވެރިން ނެރުއްވައިފައިވާ ޙުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާއެވެ.
މިއީ އިޖުތިހާދީ މައްސަލައަކަށްވާތީ، އިސްވެ ދެންނެވުނު މައިގަނޑު ދެ ރައުޔަކީވެސް ޢިލްމުވެރިން ޤަބޫލުކުރައްވައިފައިވާ ދެރައުޔެވެ. ނަމަވެސް ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައް ބާރުގަދަކަމަށް ފާހަގަ ކުރެވިފައިވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީ ގައި ކަޅުކުލަޖެއްސުން ހުއްދަކަމަށެވެ.
هَذَاُوَاللُأَعحلَمُبِّلصَوَابُُّ
وَالِلَُ وَلّيُ التَوحفّيحقّ،ُ وَصَلَىُ اَُلِل وَسَلَمَُ عَلَى نَبّيّنَاُ مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأ حَُ .ُ
19 ޝަޢުބާން 1446
18 ފެބުރުވަރީ 2025
المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 21895
