މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުމުގެ ޙުކުމް
ފަތުވާ 31
މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުމުގެ ޙުކުމް
اَلْحَمحدَُُّّلِل الَذّيَُرأحسَلَُ رَسولَهُ بِّلْحدَىُ وَدّينُّ لْحَقاُّ لّيظحهّرَهُ عَلَى الدّينُّ كلُّهُّ وَلَوحُ كرّهَُ الحكَافّرونَ،ُ وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُ مَُمَُدُُّ بحنُّ عَبحدُّ اللُّ وَعَلى آلّهُّ وَأَصححَابّهَُّجْحَعّينَ،أُ وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ،َُمَابأَعحدُُ :ُ
އިސްލާމްދީންވަނީ އާދަމްގެފާނުންގެ ދަރީން، އެކަލާނގެ އުފެއްދެވި ގިނަ މަޚުލޫޤުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރި ކުރައްވާފައެވެ . މިގޮތުން ސޫރަތު އަލްއިސްރާއުގެ 70 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައިވެއެވެ . ] وَلَقَدحُكَرَمحنَاُبَنُِّٓءَادَمَُ وَحَََلحنََٰهمحُفُِّٱلحبَُّوَٱلحبَححرُّوَرَزَقحنََٰه مُمّنَُٱلطَيّبََٰتُّوَفَضَلحنََٰهمحُعَلَىَُٰكَثّيرُمَّّنحُخَلَقحنَُ اُتَفحضّيلاًُ [ މާނައީ" :ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدمގެ ދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ". ވަކިން ޚާއްކޮށް މުސްލިމުން އެމީހުންގެ ތެރެއިން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް މިމަތިވެރިކަން ދެމެހެއްޓުމަށްވެސް ވަނީ އަމުރު ކުރައްވާފައެވެ . އެކަން އަބޫހުރައިރާގެ އަންނަނިވި ހަދީޘުން ދޭހަވެއެވެ . (ُ لحمسا حلّمُأَخ وُالحمسحلّمُّلاَُ يَظحلّمهُوَلاَُيََحذلهُوَلاَُيََحقّرهُ)ُُ (صحيحُمسلم) މާނައީ: "މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. އޭނާ، އޭނާގެ އަޚާއަށް އެއްވެސް ސިފައެއްގައި އަނިޔާވެރިއެއް ނުވާނެއެވެ. އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި އޭނާގެ އަޚާ ދޫކޮށެއް ނުލާނެއެވެ. އަދި އޭނާ ދެރަކޮށެއްވެސް ނުލާނެއެވެ . (އެބަހީ ނިމެތިކޮށެށް ވެސް ނުލާނެއެވެ .")
މިމަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާކަމެއް ނޫނެވެ. ކިއެއްތަ މަރުވުމަށްފަހުވެސް މި ދެންނެވި އިޙުތިރާމު ދެމި އޮވެއެވެ . އެކަން އަންނަނިވި ޙަދީޘުން ދޭހަވެއެވެ. (عَنحُعَائّشَةَُأَنَُرَسولَُا لِلَُّصلىُاللُعليهُوسلم-قَالَُُ"كَسحرُعَظحمُّالحمَُيّتُُُّكَكَسحرّهُّحَيًّا"ُ )ُُ (سننُأبيُداؤد) މާނައީ: "ޢާއިޝަތުގެފާނުންގެ އަރިހުން ރިވާވެފައި ވެއެވެ. ހަމަކަށަވަރުން اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ" .މައްޔިތެއްގެ ކަށި ބިންދުމަކީ ، އެމީހާ ދިރިހުރިއިރު އޭނާގެ ކަށި ބިންދުން ފަދަކަމެކެވެ ".
ޢަޠާ ވިދާޅުވިއެވެ. (حَضَرح نََُمَعَُابحنُُّ عَبَاسُجّنَازَةَُمَيحمونَةَُبّسَرّفَُفَقَالَُابحنُعَبَاسُهَذّهُّزَوحجَةُالنَبُّّصَلَىُا لِلَُعَلَيحهُّوَسَلَمَُفَُإّذَاُرَفَعحتمحُنَعحشَهَاُفَلاَُُ تزَعحزّعوهَاُوَلاَُتزَلحزّلوهَاُوَارحفقوا)ُُ (صحيحُُالبخاري) މާނައީ: "ތިމަންމެން އިބްނު ޢައްބާސްގެ އަރިހުގައި ސަރިފުގައި މައިމޫނާގެފާނުގެ ޖަނާޒާގައި ބައިވެރިވީމެވެ. އެހިނދު އިބްނު ޢައްބާސް ވިދާޅުވިއެވެ. މިއީ ނަބިއްޔާ صلى الله عليه وسلمގެ އަނބިކަނބަލެކެވެ.
ފަހެ، ތިޔަބައިމީހުން އެކަމަނާގެ ޖަނާޒާ އުފުލާއިރު، އެ ހަލުވައި ނުލާށެވެ. އަދި ތެޅިގަނެ ނުހަދާށެވެ. އަދި މަޑުމައިތިރިކަމާއެކު އުފުލާށެވެ."
ޤަބުރުސްތާނު ކޮނެގެން ކަށިތައް ނަގާ އެހެންތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ޙުރުމަތް ކެނޑޭ ކަމެކެވެ. އެކަން އަންނަނި ޙަދީޘްތަކުން ދޭހަވެއެވެ .
މިކަމުގެ ފުރަތަމަ ދަލީލަކީ މި ހަދީޘެވެ. (عَنحُأَبُِّهرَيحرَةَُقَالَُقَالَُرَسولُا لِلَُّصلىُاللُعليهُوسلمُ"ُلأَنحُيََحلّسَُأَحَدكمحُعَلَىُجَْحرَةُفَتححرّقَُ ثّيَابَهُفَتَخحل صَُإّلَُجّلحدّهُّخَيرحٌُلَهُمّنحُأَنحُيََحلّسَُعَلَىُقَبحُ "ُ )ُُ (صحيحُمسلم) މާނައީ: އަބޫ ހުރައިރާގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކު އަނދަމުންދާ އަލިފާންގަނޑެއްގެ މަތީގައި އިށީނދެ، އޭނާގެ ހެދުން އަންދާލައި، އަދި އަލިފާން އޭނާއާ ހަމައަށް ފޯރުމަކީ، ގަބުރެއްގެ މަތީގައި އިށީނުމަށްވުރެ އޭނާއަށް މާ ހެޔޮވެގެންވާ ކަމެކެވެ ".
ދެވަނަ ދަލީލަކީ އަންނިވި ހަދީޘެވެ. (عَنحُعقحبَةَُبحنُّعَامّرُقَالَُقَالَُرَسولُا لِلَُّصَلَىُا لِلَُعَلَيحهُّوَسَلَمَُ"لأََنحُأَمحشّيَُعَلَىُجَْحرَةُأَوحُُُ سَيحفُأَوحُُ أَخحصّفَُ نَعحلّيُبّرّجحلّيُأَحَبُُّإّلَََُمّنحُأَنحُأَمحشّيَُعَلَىُقَبحُّمسحلّمُ")ُُ (سننُابنُماجة) މާނައީ: "ޢުޤުބާ ބުން ޢާމިރުގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. އަނދަމުންދާ އަލިފާންގަނޑެއްގެ މަތީގައި ހިނގަވައިވަޑަގަތުން ނުވަތަ ކަނޑިއެއްގެ މަތީގައި ހިނގަވައިވަޑަގަތުން ނުވަތަ ތިމަންކަލޭގެފާނުންގެ ފައިންޕުޅުގެ ނަޢުލު (އެބަހީ ފައިވާން ޖޯޑުކޮޅު) ތިމަންކަލޭގެފާނުންގެ ފައިންޕުޅާއެކު ފަހައިލުން، މުސްލިމެއްގެ ގަބުރެއްގެ މަތީގައި ހިނގުމަށްވުރެ ތިމަންކަލޭގެފާނަށް ލޮބުވެތިވެގެންވެއެވެ ".
މިކަމުގެ ތިންވަނަ ދަލީލަކީ އަންނިވި ހަދީޘެވެ. ( عنُعمروُبنُحزمُالأنصارىُقَالَُرَآ نُِّرَسولُاللُُّ - صلىُاللُعليهُوسلم-ُُ وَأَنََُمتَكّئٌُعَلَىُ قَبحُفَقَالَُ"انحزّلحُمّنَُالحقَبحُّلاَُتؤحذّيُصَاحّبَُالحقَبحُّوَلاَُيؤحذّيكَ")ُُ (فتحُالباريُشرحُصحيحُالبخاري) މާނައީ: "ޢަމްރު ބުން ޙަޒްމް އަލްއަންޞާރީގެ އަރިހުން ރިވާވެފައި ވެއެވެ . އެކަލޭގެފާނު ވިދާޅުވިއެވެ . اللهގެ ރަސޫލާ صلى الله عليه وسلم ތިމަން ޤަބުރެއްގެ މައްޗަށް ލެނގިލައިގެން އިންދާ ދެކެވަޑައިގެން ޙަދީޘްކުރެއްވިއެވެ" .ޤަބުރުގައި ލެނގިގެން ނުއިންނާށެވެ. ޤަބުރުގައިވާ މީހާއަށް އުނދަގޫ ނުކުރާށެވެ . އަދި އޭނާ ތިބާއަކަށްވެސް އުނދަގުލެއް ނުކުރެއެވެ ".
މިއީ އިސްލާމީ ޝަރީޢަތުގައި، ގިނަގުނަ ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެއެވެ.
هَذَاُوَاللُأَعحلَمُبِّلصَوَابُُّ
وَالِلَُ وََُُّّل التَوحفّيحقّ،ُ وَصَلَىُ اَُلِل وَسَلَمَُ عَلَى نَبّيّنَاُ مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأ حَُ .
28 ޛުލްޙިއްޖާ 1446
24 ޖޫން 2025
• ނޯޓް: މިފަތުވާ ޢާންމުކުރުމާއެކު މިމަޖިލީހުން ނެރެފައިވާ (ފަތުވާ 4) "ދުވަސްވެ، އިންދިރާސްވެފައިވާ ޤަބުރަސްތާނުތަކުގެ ބިން، އާންމު މަޞްލަހަތު ހުރި ކަންކަމުގައި ބޭނުން ކުރުން" މި މައުޟޫ ޢުގައިވެސް ޢަމަލުކުރަންވާނީ މިފަތުވާއަށެވެ.
المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 21900
