Islamic MixIslamic Mix
‹ الفتاوى المالديفية
🇲🇻اللباس والزينة

ދިރާސާ ކަރުދާސް: އިސްތަށީގައި ކަޅުކުލަ ޖެއްސުމުގެ ޙުކުމް (ފަތުވާ 30)

ނަ ންބަރު: 466/RES/2025/1 ދިރާސާ : އިސްތަށީގައި ކަޅުކުލަ ޖެއްސުމުގެ ޙުކުމް

ބަރާއަތު/ނޯޓު:

މިއީ އާންމު ފަރާތަކުން "އިސްތަށީގައި ކަޅުކުލަ ޖެއްސުމުގެ ޙުކުމް ސާފުކޮށްދިނުމަށް" އެދި މި މަޖިލީހަށް ހުށަހެޅި ސުވާލަކާ ގުޅިގެން، މި މައްސަލައިގައި އިސްލާމީ ޝަރީޢަތުގައިވާ ގޮތް ދެނެގަތުމަށްޓަކައި، ޢިލްމީ ގޮތުން ކުރެވުނު ދިރާސީ މަސައްކަތްތަކުގެ ހޯދުންތަކުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ޢިލްމީ ކަރުދާހެކެވެ. ޢިލްމީ ބޭނުންތަކަށް މި ކަރުދާހުގައިވާ ވާހަކަތަކާއި މަސްދަރުތަކާއި ހޯދުންތައް ބޭނުން ކުރެވިދާނެއެވެ.

މި މައުޟޫޢުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމި ގޮތް ފަތުވާ އެއްގެ ގޮތުގައި އާންމު ކުރެވިފައިވާނެއެވެ.

އިސްތަށީގައި ކަޅުކުލަ ޖެއްސުމުގެ މައްސަލަ އިގައި ޢިލްމުވެރިންގެ ހަތަރު ނަޡަރިއްޔާއެއް ފާހަގަ ކޮށްލެވެއެވެ.

1. ފުރަތަމަ ނަޡަރިއްޔާ:

އިސްތަށީގައި އެއީ ބޮލުގައި ކަމުގައި ވިޔަސް ނުވަތަ ތުނބުޅީގައި ކަމަށްވިޔަސް ކަޅުކުލަ ޖެއްސުމަކީ ޙަރާމްކަމެކެވެ. 2. ދެވަނަ ނަޡަރިއްޔާ:

އިސްތަށީގައި ކަޅުކުލަޖައްސަނީ އޮޅުވައިލުމުގެ ގޮތުން ކަމަށްވަނީ ނަމަ އެކަން ޙަރާމްވާ ހުއްޓެވެ.1

3. ތިންވަނަ ނަޡަރިއްޔާ:

އިސްތަށީގައި އެއީ ބޮލުގައި ކަމުގައި ވިޔަސް ނުވަތަ ތުނބުޅީގައި ކަމަށްވިޔަސް ކަޅުކުލަ ޖެއްސުމަކީ ހުއްދަކަމެކެވެ.2 4. ހަތަރުވަނަ ނަޡަރިއްޔާ:

އިސްތަށީގައި އެއީ ބޮލުގައި ކަމުގައި ވިޔަސް ނުވަތަ ތުނބުޅީގައި ކަމަށްވިޔަސް ކަޅުކުލަ ޖެއްސުމަކީ މަކުރޫހަ ކަމެކެވެ.3 ނަމަވެސް ޖިހާދުކުރުމަށްޓަކައި ނަމަ ހުއްދައެވެ. މިއީ މާލިކީ މަޛުހަބާއި ޙަންބަލީ މަޛުހަބުގެ ނަޡަރިއްޔާއެވެ. އަދި އަބޫޔޫސުފު ފިޔަވައި ޙަނަފީ މަޛުހަބުގެ ނަޡަރިއްޔާއަކީވެސް މިއީއެވެ . 4

1 المجموع شرح المهذب، المؤلف: أبو زكريا محيي الدين بن شرف النووي، 294/1 ،

2 فتح الباري شرح صحيح البخاري، المؤلف : أحمد بن علي بن حجر أبو الفضل العسقلاني الشافعي، 491/16 ، الناشر : دار المعرفة - بيروت ، 1379. 3 الاستذكار، المؤلف : أبو عمر يوسف بن عبد الله بن عبد البر النمري، 441/8 ، الناشر : دار الكتب العلمية – بيروت، الطبعة الأولى ، 2000 - 1421 4 الموسوعة الفقهية الكويتية، الموسوعة الفقهية الكويتية، 281/2 ، (الاِخْتِضَابُ بِِلسَّوَادِ )، الطبعة الثانية ، دارالسلاسل – الكويت، فيض القدير شرح الجامع الصغير، المؤلف : عبد الرؤوف المناوي، 239/4 ، الناشر : المكتبة التجارية الكبرى – مصر، الطبعة الأولى ، 1356.

ދާރުލް އީމާން (6 ވަނަ ފަންގިފިލާ) | މަޖީދީ މަގު | 20345 | މާލެ، ދިވެހިރާއްޖެ

ކަޅުކުލަ ޖެއްސުން ޙަރާމްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައް

ފުރަތަމަ ޙަދީޘް

وَحَدَّثَنِى أَبُو الطَّاهِرِِ أَخْبَرَنَا عَبْدُِ اللَِِّّ بْنُِ وَهْبِ عَنِِ ابْنِِ جُرَيْجِ عَنِْ أَبِىِ الزُّبَيْرِِ عَنِْ جَابِرِِ بْنِِ عَبْدِِ اللَِِّّ قَالَِ أُتِىَِ بِأَبِى قُحَافَةَِ يَوْمَِ فَتْحِِ مَكَّةَِ وَرَأْسُهُِ وَلِحْيَتُهُِ كَالثَّغَامَةِِ بَيَاضًا فَقَالَِ رَسُولُِ اللَِِّّ -صلى اللِ عليهِ وسلمِ- « غَيِرُواِ هَذَاِ بِشَىْءِ وَاجْتَنِبُواِ السَّوَادَِ ».5

އަލްއިމާމު މުސްލިމް ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ޙަދީޘް ބަޔާންކޮށްދެއްވީ އަބުއްޠާހިރު އެވެ. އަބުއްޠާހިރު ވިދާޅުވިއެވެ. ޢަބްދުالله ބިން ވަހުބު އަހަރެމެންނަށް ޚަބަރު ދެއްވިއެވެ. އެކަލޭގެފާނު އިބްނު ޖުރައިޖުގެ އަރިހުން އަދި އިބުނު ޖުރައިޖު، އަބުއްޒުބައިރުގެ އަރިހުން އަދި އަބުއްޒުބައިރު، ޖާބިރު ބުން ޢަބްދިاللهގެ އަރިހުން ރިވާކުރައްވައެވެ. ޖާބިރުގެފާނު ވިދާޅުވިއެވެ. މައްކާ ފަތަޙަ ކުރެއްވި ދުވަހު ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ އަރިހަށް އަބޫ ޤުޙާފާ ގެނެވުނެވެ. އެކަލޭގެފާނުގެ އިސްތަށިފުޅާއި ތުނބުޅިފުޅު ހުދުކަމުން ޘަޣާމާ (ހުދު މާގަހެއް) ފަދައިން ވިއެވެ. ފަހެ ރަސޫލުالله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "މި (ހުދުކުލަ) ކޮންމެވެސް އެއްޗަކުން ބަދަލުކުރާށެވެ. އަދި ކަޅުކުލަ ބޭނުންކުރުމުން ދުރުހެލިވާށެވެ."

މިއީ މުސްލިމުގެ ޙަދީޘަކަށްވުމުން ޞަޙީޙު ޙަދީޘެކެވެ.

ފުރަތަމަ މައްސަލަ

"އަދި ކަޅުކުލަ ބޭނުން ކުރުމުން ދުރުހެލިވާށެވެ." މި ބަސްފުޅަކީ ޙަދީޘްގައި އިތުރުކުރެވިފައިވާ ބައެކެވެ. މިއީ ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅެއް ނޫނެވެ. މިކަމުގެ ދަލީލަކީ އަންނަނިވި ރިވާޔަތެވެ. 6

حَدَّثَنَا حَسَنِ وَأَحْمَدُِ بْنُِ عَبْدِِ الْمَلِكِِ قَالَِ حَدَّثَنَا زُهَيْرِ عَنِْ أَبِي الزُّبَيْرِِ عَنِْ جَابِرِ قَالَِ أَحْمَدُِ فِي حَدِيثِهِِ حَدَّثَنَا أَبُوِ الزُّبَيْرِِ عَنِْ جَابِرِ قَالَِ أُتِيَِ رَسُولُِ اللَِِّّ - صَلَّى اللَُِّّ عَلَيْهِِ وَسَلَّمَِ - بِأَبِيِ قُحَافَةَِ أَوِْ جَاءَِ عَامَِ الْفَتْحِِ وَرَأْسُهُِ وَلِحْيَتُهُِ مِثْلُِ الثَّغَامِِ أَوِْ مِثْلُِ الثَّغَامَةِِ قَالَِ حَسَنِ فَأَمَرَِ بِهِِ إِلَى نِسَائِهِِ قَالَِ «غَيِرُواِ هَذَاِ الشَّيْبَِ» قَالَِ حَسَنِ: قَالَِ زُهَيْرِ: قُلْتُِ لَِِبِيِ الزُّبَيْرِِ أَقَالَِ جَنِبُوهُِ السَّوَادَِ؟ قَالَِ: لَِ. 7

އަލްއިމާމުމުސްލިމް ވިދާޅުވިއެވެ. ތިމަންމެނަށް ޙަދީޘް ބަޔާންކޮށްދެއްވީ ޙަސަނާއި އަޙްމަދު ބުން ޢަބްދުލްމަލިކު އެވެ. އެ ދެބޭކަލުން ވިދާޅުވިއެވެ. ތިމަންމެނަށް ޙަދީޘްބަޔާންކޮށްދެއްވީ ޒުހައިރުއެވެ. އަދި ޒުހައިރު، އަބުއްޒުބައިރުގެ އަރިހުން، އަދި އަބުއްޒުބައިރު، ޖާބިރުގެ އަރިހުން ރިވާކުރެއްވިއެވެ. އަޙްމަދު އެބޭފުޅާގެ ޙަދީޘްގައި ވިދާޅުވިއެވެ. އަބުއްޒުބައިރު އަހަރެމެންނަށް ޙަދީޘް ރިވާކޮށްދެއްވީ ޖާބިރުގެ އަރިހުންނެވެ. ޖާބިރުގެފާނު ވިދާޅުވިއެވެ. ރަސޫލުالله صلى الله عليه وسلم ގެ އަރިހަށް އަބޫ ޤުޙާފާ ގެނެވުނެވެ. ނުވަތަ ފަތަޙައިގެ އަހަރު އަބޫޤުޙާފާ އައެވެ. އެކަލޭގެފާނުގެ އިސްތަށިފުޅާއި ތުނބުޅިފުޅު ހުރީ ޘަޣާމް (ހުދު މާގަހެއް) ފަދައިން

5 صحيح مسلم اللباس والزينة بِب فِِ صِبْغِ الشَّعْرِ وَتَغْيِيرِ الشَّيْبِ.

6 تحفة الأحوذي بشرح جامع الترمذي، المؤلف: أبو العلا محمد عبد الرحمن بن عبد الرحيم المباركفورى ، 355/5 ،الناشر: دار الكتب العلمية - بيروت

7 مسند الإمام أحمد، 338/3 ، المؤلف : أحمد بن علي بن المثنى أبو يعلى الموصلي التميمي، الناشر : دار المأمون للتراث – دمشق.

ނުވަތަ ޘަޣާމާ ފަދައިންނެވެ. ޙަސަން ވިދާޅުވިއެވެ. ފަހެ (ނަބިއްޔާ صلى الله عليه وسلم) އަބޫޤުޙާފާގެ އަނބިއަނބިކަނބަލުންގެ ގާތަށް (އަބޫ ޤުޙާފާ ގެންދިއުމަށް) އަމުރުކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. "މި ނުރަތަކުގެ ކުލަ ބަދަލުކުރާށެވެ." ޙަސަން ވިދާޅުވިއެވެ. ޒުހައިރު ވިދާޅުވިއެވެ. ތިމަން އަބުއްޒުބައިރަށް ދެންނެވީމެވެ. "(ނަބިއްޔާ صلى الله عليه وسلم) ކަޅުކުލައިން ދުރުހެލިވާށޭ ޙަދީޘްކުރެއްވިތޯއެވެ؟" އަބުއްޒުބައިރު ވިދާޅުވިއެވެ: "ނޫނެކެވެ. (އެބަހީ އެގޮތަކަށް ޙަދީޘެއް ނުކުރައްވައެވެ.)

شعيب الِرنؤوط ވިދާޅުވަނީ މިޙަދީޘްގެ ސަނަދު ޞައްޙަކަމަށެވެ. އަދި މިއީ ޞަޙީޙު މުސްލިމްގެ ޝަރުޠުތަކާ އެއްގޮތަށް ރިވާކުރެވިފައިވާ ޙަދީޘެއްކަމަށެވެ. އެބަހީ މިއީ ޞަޙީޙު ޙަދީޘެއްކަމަށެވެ.8

އިސްވެދިޔަ ޙަދީޘަށް ކުރެވިފައިވާ ފުރަތަމަ އިޢުތިޜާޟް

އަބުއްޒުބައިރުގެ އަރިހުން މިރިވާޔަތް (އެބަހީ ކަޅުކުލަ ނުޖެއްސުމަށް އައިސްފައިވާ ރިވާޔަތް) ސާބިތުވުމާ މެދު ޚިލާފު އުފެދިއްޖެނަމަ، މަރުޖަޢަކީ އަބުއްޒުބައިރެވެ. އަދި އަބުއްޒުބައިރު ޞަރީޙުކޮށް އެވިދާޅުވަނީ އެއީ (އެބަހީ ކަޅުކުލަ ނުޖެއްސުމަށް އައިސްފައިވާ ބަޔަކީ) ޙަދީޘްގެ ބައެއް ނޫން ކަމަށެވެ.

ނަމަވެސް އެބައި (އެބަހީ ކަޅުކުލަ ނުޖެއްސުމަށް އައިސްފައިވާ ބައި) އިމާމް މުސްލިމް އެކަލޭގެފާނުންގެ ޞަޙީޙްގައި ގެނެސްފައިވާކަމަށާއި، އަދި އެއީ ބުޚާރީގެ ފަހުން އެންމެ ޞައްޙަ ފޮތް ކަމަށްވިޔަސް އެކަލޭގެފާނުންގެ ޞަޙީޙްގައި މިބައި (އެބަހީ ކަޅުކުލަ ނުޖެއްސުމަށް އަ އިސްފައިވާ ބައި) ގެނެސްފައި ވުމަކުން އެބަޔަށް ޞައްޙަކަމުގެ ދަރަޖަ ދެއްވާފައިވުން ލާޒިމެއް ނުކުރެއެވެ.

މިބަޔަށް ކުރެވިފައިވާ އިޢުތިރާޟް

ޒުހައިރު ކުރެއްވި ސުވާލަށް އަބުއްޒުބައިރު "ނޫނެކެވެ." (އެބަހީ ކަޅުކުލަ ނުޖެއްސުމަކަށް ޙަދީޘެއް ނުކުރައްވައޭ) ވިދާޅުވުމުން ދޭހަވަނީ އަބުއްޒުބައިރު ރިވާޔަތުގެ މި އިތުރުބައި ހަނދުމަފުޅު ނެތިވަޑައިގަތީ ކަމަށެވެ. ގިނަ މުޙައްދިޘުންތަކެއްވަނީ އެބޭފުޅުން ރިވާކުރެއްވި -ބައެއް- ޙަދީޘްތައް ފަހުން ހަނދުމަނެތިވަޑައިގެންފައެވެ. އަދި އިބްނު ޖުރައިޖް ކަޅު ކުލަޖެއްސެވުމަކުން މިއީ އިތުރުކުރެވިފައިވާ ބައެއްކަމެއް ލާޒިމެއް ނުކުރެއެވެ.

ޖާބިރުގެފާނުންގެ މިރިވާޔަތް އިބްނުޖުރައިޖް އަދި އައްލައިޘް ބިން ސަޢުދު ރިވާކުރައްވާފައި ވެއެވެ. މި ދެ ބޭފުޅުންނަކީވެސް ޘިޤާ އަދި ޘާބިތު ރާވީންނެވެ. އެ ދެ ބޭފުޅުން މި ރިވާޔަތް ގެންނަވާފައިވަނީ އަބުއްޒުބައިރުގެ އަރިހުން އަދި އަބުއްޒުބައިރު، ޖާބިރުގެ އަރިހުން ރިވާކުރައްވާފައިވާ ގޮތަށެވެ. އަދި އޭގައި އިތުރު ބައެއްގެ ގޮތުގައި "واجتنبوا السوادِ " (ކަޅުކުލަ ޖެއްސުމުން ދުރުހެލިވާށެވެ.) މި ބަސްފުޅު ހިމެނިފައި ވެއެވެ. މިގޮތަށް މި ރިވާޔަތް އިމާމް މުސްލިމް އަދި އަޙްމަދު އަދި އެހެން ބޭފުޅުންގެ އަރިހުންވެސް ވާރިދުވެފައި ވެއެވެ. އަދި ޘިޤާ ރާވީން އިތުރުކުރައްވާ ބަސްފުޅުތަކަކީ ޤަބޫލުކުރެވޭ އެއްޗެކެވެ. އަދި އަޞްލަކީ އިދްރާޖުނުވާ ކަމަށްވުމެވެ. (އެބަހީ މިބަޔަކީ އިތުރުކުރެވިފައިވާ ބަޔަކަށް ނުވުމެވެ.).9

8 مسند الإمام أحمد، 338/3 ، المؤلف : أحمد بن علي بن المثنى أبو يعلى الموصلي التميمي، الناشر : دار المأمون للتراث – دمشق.

9 تحفة الأحوذي بشرح جامع الترمذي، المؤلف: أبو العلا محمد عبد الرحمن بن عبد الرحيم المباركفورى ، 355/5 ،الناشر: دار الكتب العلمية - بيروت

ދަންނައެވެ. މިރިވާޔަތް ރިވާކުރެވިފައި ވަނީ އަބުއްޒުބައިރުގެ އަރިހުންނެވެ. ޞަރީޙުކޮށް އެއީ ރިވާޔަތުގައި ނެތް ބަޔެކޭ އަބުއްޒުބައިރު ވިދާޅުވާއިރު އެކަން ޤަބޫލުކުރެވެއެވެ. ލަފާކުރެވެނީ އިބުނުޖުރައިޖުގެ ފަހުންކޮންމެވެސް ރާވީއަކު އިތުކޮށްފައިވާ ބައެއްކަމަށެވެ. ޑރ.އަލްމުޠައިރީ ވިދާޅުވަނީ ޙަދީޘްގައި އައިސްފައިވާ (ކަޅު ކުލަ އިން ދުރުހެލިވާށެވެ.) އައިސްފައިވާ ބަޔަކީ ޘާބިތު ބައެއް ނޫންކަމުގައެވެ. 10

ކަޅުކުލަ ދުރުހެލިވާށޭ އައިސްފައިވާ ޙަދީޘަށް ކުރެވިފައިވާ ދެވަނަ އިޢުތިރާޟް.

އަލްއިމާމު މުސްލިމް މިޙަދީޘް ދެސަނަދަކުން ރިވާކުރައްވާފައިވާއިރު "ކަޅުކުލަ ނުޖައްސާށޭ" އައިސްފައިވަނީ އިބުނުޖުރައިޖުގެ ރިވާޔަތުގައެވެ. ނަމަވެސް އިބުނުޖުރައިޖު އެކަލޭގެފާނުންގެ ތުނބުޅިފުޅުގައި ނުވަތަ އިސްތަށިފުޅުގައި ކަޅު ކުލަ ޖައްސަވާކަމުގައި ވިއެވެ.11 ބުއްދި ޤަބޫލުކުރަނީ އިބުނުޖުރައިގެ ރިވާޔަތުގައި ކަޅުކުލަ ނުޖައްސާށޭ އޮތް ނަމަ ހަމަ ޔަޤީނުންވެސް އެކަލޭގެފާނު އެކަމެއް ނުކުރައްވާނެކަމަށެވެ.

ކަޅުކުލަ ދުރުހެލިވާށޭ އައިސްފައިވާ ޙަދީޘަށް ކުރެވިފައިވާ ތިންވަނަ އިޢުތިރާޟް.

ހަމަ މިޙަދީޘް އަލްއިމާމު މުސްލިމް އެހެން ސަނަދަކުންވެސް ހަމަ މިބާބުގައި ރިވާކުރައްވާފައި ވެއެވެ. އެޙަދީޘްގައި "ކަޅުކުލަ ނުޖައްސާށެކޭ" އައިސްފައެއް ނުވެއެވެ. މި ދެރިވާޔަތުގައިވެސް ރިވާޔަތުގެ ސަނަދު ނިމޭބައިގާ ވަނީ ހަމަ އެއްރާވީންތަކެކެވެ. އެއީ ޞަޙީޙު މުސްލިމްގެ އަންނަނިވި ރިވާޔަތެވެ. حَدَّثَنَا يَحْيَى بْنُِ يَحْيَىِ أَخْبَرَنَا أَبُوِ خَيْثَمَةَِ عَنِْ أَبِى الزُّبَيْرِِ عَنِْ جَابِرِ قَالَِ: أُتِىَِ بِأَبِىِ قُحَافَةَِ أَوِْ جَاءَِ عَامَِ الْفَتْحِِ أَوِْ يَوْمَِ الْفَتْحِِ وَرَأْسُهُِ وَلِحْيَتُهُِ مِثْلُِ الثَّغَامِِ أَوِِ الثَِّغَامَةِِ فَأَمَرَِ أَوِْ فَأُمِرَِ بِهِِ إِلَى نِسَائِهِِ قَالَِ « غَيِرُواِ هَذَاِ بِشَىْءِ ».12

"އަލްއިމާމުމުސްލިމް ވިދާޅުވިއެވެ. ޔަޙްޔާ ބުން ޔަޙްޔާ އަޅުގަނޑުމެންނަށް ޙަދީޘް ބަޔާންކޮށްދެއްވިއެވެ. ޔަޙްޔާ ވިދާޅުވިއެވެ. މިޙަދީޘް ތިމަންމެނަށް ބަޔާންކޮށްދެއްވީ އަބޫޚައިޘަމާއެވެ. އެކަލޭގެފާނު އަބުއް ޒުބައިރުގެ ކިބައިން އަދި އަބުއް ޒުބައިރު ޖާބިރުގެ އަރިހުން ރިވާކުރެއްވިއެވެ. ޖާބިރުގެފާނު ވިދާޅުވިއެވެ. ރަސޫލުالله صلى الله عليه وسلم ގެ އަރިހަށް އަބޫޤުޙާފާ ގެނެވުނެވެ. ނުވަތަ ފަތަޙައިގެ އަހަރު ނުވަތަ ފަތަޙައިގެ ދުވަހު އަބޫޤުޙާފާ ގެނެވުނެވެ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅާއި ތުނބުޅިފުޅު ހުރީ ޘަޣާމް (ހުދު މާގަހެއް) ފަދައިންނެވެ. ފަހެ، (ރަސޫލުالله صلى الله عليه وسلم) އަމުރުކުރެއްވީ އަބޫޤުޙާފާގެ އަނބިއަނބިކަނބަލުންގެ ގާތަށް ގެންގޮސް (އަބޫ ޤުޙާފާ ގެބޮލުގެ ނުރަތަކުގެ ކުލަ) ކޮންމެވެސް އެއްޗަކުން ބަދަލުކޮށްލުމަށެވެ.."

ކުރިންވެސް ދެންނެ ވިފަދައިން އަލްއިމާމުސްލިގެ މިރިވާޔަތުގައި ކަޅުކުލައިގެ ވާހަކައެއް ނެތެވެ.

މިއީ ޞަޙީޙު މުސްލިމްގެ ޙަދީޘަކަށްވުމުން މިއީ ޞަޙީޙު ރިވާޔަތެކެވެ.

11 تحفة الأحوذي بشرح جامع الترمذي، المؤلف: أبو العلا محمد عبد الرحمن بن عبد الرحيم المباركفورى ، 355/5 ،الناشر: دار الكتب العلمية - بيروت 12 صحيح مسلم، المؤلف: مسلم بن الحجاج أبو الحسن القشيري النيسابوري، كتاب اللباس والزينة ، بِب فِِ صِبْغِ الشَّعْرِ وَتَغْيِيرِ الشَّيْبِ.

ކަޅުކުޖެއްސުންމަނާކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދެވަނަ ދަލީލު

حَدَّثَنَا زُهَيْر حَدَّثنَا عَبدُِ اللِِ بُنِِ جَعْفَرِ الرُّقِيُِّ حدثنا عُبَيْدُِ الل يعنيِ ابنِِ عَمروِ عَنِ عَبدِِ الكَرِيم عنِ سَعيدِِ بنِِ جُبَيْرعَنِِ ابْنِِ عَبَّاسِ، قَالَِ: قَالَِ رَسُولُِ اللَِِّّ صَلَّى اللَُِّّ عَلَيْهِِ وَسَلَّمَِ« :يَكُونُِ فِيِ آخِرِِ الزَّمَانِِ قَوْمِ يَخْضِبُونَِ بِالسَّوَادِِ كَحَوَاصِلِِ الطَّيْرِِ، لِ يَرِيحُونَِ رَائِحَةَِ الْجَنَّةِِ.»13

އިބްނު ޢައްބާސް (ރަޟިޔަالله ޢަންހު) ގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ފަހުޒަމާނުގައި ދޫނީގެ މޭ ފަދައިން ކަޅުކުލަ ޖައްސާނެ ބަޔަކު އުޅޭނެއެވެ. އެބައިމީހުންނަށް ސުވަރުގޭގެ ވަސް ނުލިބޭނެއެވެ".

އައްޝައިޚު ޙުސައިން ސަލީމް އަސަދު ވިދާޅުވަނީ މިޙަދީޘްގެ ސަނަދު ޞަޙީޙު ކަމަށެވެ.14 އަލްޙާފިޡުލްޢިރާޤީ ވިދާޅުވަނީ މިޙަދީޘްގެ ސަނަދު جيد ކަމަށެވެ. އެބަހީ ރަނގަޅު ކަމަށެވެ.15 އަދި އައްޝައިޚުލްއަލްބާނީ ވިދާޅުވަނީ މިޙަދީޘަކީ ޞަޙީހު ޙަދީޘެއްކަމަށެވެ.16

ނަމަވެސް ޖާމިޢަތުލްކުވައިތުގެ ޝަރީޢާ ފެކަލްޓީގެ ޕްރޮފެސަރެއްކަމުގައިވާ ޑރ. ޙާކިމުލްމުޠައިރީ މިޙަދީޘް ތަޙްޤީޤު ކުރެއްވުމަށްފަހު ބުރަވެވަޑައިގަންނަވަނީ މި ޙަދީޘް ޞައްޙަ ނޫންކަމަށެވެ. 17.

މިޙަދީޘަށް ކުރެވިފައިވާ ފުރަތަމަ އިޢުތިރާޟު

މިޙަދީޘްގެ ރާވީންގެ ތެރޭގައި ހިމެނޭ عبدالكريمِ އަކީ عبدالكريمِ الجزري ކަމެއް ނުވަތަ عبدالكريم بن أبي المخارق ކަމެއް ކަނޑައެޅިގެނެއް ނުއެނގެއެވެ.18 عبدالكريم بنِ أبيِ المخارق އަކީ ޟަޢީފު ރާވީއެކެވެ. ނަމަވެސް عبدالكريمِ الجزري އަކީ ޘިޤާރާވީއެކެވެ.19

މިޙަދީޘަށް ކުރެވިފައިވާ ދެވަނަ އިޢުތިރާޟް

އަލްޙާފިޡް އިބުނުޙަޖަރު ވިދާޅުވެފައި ވެއެވެ. މިޙަދީޘަކީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ބަސްފުޅެއްތޯ ނުވަތަ އަޞްހާބު ބޭކަލެއްގެ ބަސްފުޅެއްތޯ މިކަމުގައި ވެސް ޚިލާފު އުފެދިފައި ވެއެވެ. ނަމަވެސް މިފަދަ ބަސްފުޅަކީ އަޞްޙާބު ބޭކަލަކަށް އިޖުތިހާދުގެ ޛަރާޢާއިން ވިދާޅުވެވޭ ފަދަ ބަސްފުޅެއްނޫނެވެ. ވީމާ، މިޙަދީޘްގެ ޙުކުމަކީ މަރުފޫޢު ޙަދީޘެއްގެ ޙުކުމެވެ. އެބަހީ މިއީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ބަސްފުޅެކެވެ. 20

ވީމާ މިއިޢުތިރާޟަކީ ބަލިކަށި އިޢުތިރާޟެއްކަމަށް ފާހަގަ ކުރެވެއެވެ.

13 إسناده صحيح مسند أبي يعلى ، 471/4 ، و اللفظ للطبراني

14 إسناده صحيح مسند أبي يعلى ، 471/4 ،

15 المغني عن حمل الأسفار، أبو الفضل العراقي، 91/1 ، الناشر مكتبة طبرية، سنة النشر 1415ه - 1995م

16 صحيح وضعيف الجامع الصغيرن المؤلف : محمد ناصر الدين الألباني، 113/29 ، من إنتاج مركز نور الإسلام لأبحاث القرآن والسنة بِلإسكندرية. 17 الإسعاد في نقد أحاديث الخضاب بِلسواد، للشيخ الدكتور حاكم المطيري، كلية الشريعة، جامعة الكويت

18 عون المعبود شرح سنن أبي داود، المؤلف : محمد شمس الحق العظيم آبِدي أبو الطيب، 179/11 ، الناشر : دار الكتب العلمية – بيروت،

19 تقريب التهذيب، المؤلف : ابن حجر العسقلاني، 361، دار الرشيد، حلب، سوريا، 1986م.

20 فتح الباري شرح صحيح البخاري المؤلف : أحمد بن علي بن حجر أبو الفضل العسقلاني الشافعي، 262/10 ، الناشر : دار المعرفة - بيروت ، 1379

ސުވަރުގޭގެ ވަސް ނުލިބޭނެކަމަށް އައިސްފައިވާ ޙަދީޘަށް ދެވިފައިވާ ޖަވާބު

މި ޙަދީޘަށް އަންނަނިވި ފަދައިން ޖަވާބު ދެވިފައި ވެއެވެ. ތުޙުފަތުލްއަޙްވަޛީގެ މުއައްލިފު ވިދާޅުވެފައި ވެއެވެ. "އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައިވާ އިސްވެ ދިޔަ މަރްފޫޢު ރިވާޔަތުގައި ކަޅުކުލައިން ކުލަޖެއްސުން މަކްރޫހަކަމުގެ ދަލީލެއްވެސް ނެތެވެ. އެހެނެއްކަމަކު، މި ޙަދީޘްގައިވަނީ މިފަދަ ސިފައެއް ލިބިގެންވާ ބަޔަކުމީހުންގެ ވާހަކައިން ޚަބަރު ދެއްވާފައެވެ."21

އިބްނު ޢައްބާސްގެ އިސްވެ ދިޔަ ޙަދީޘަށް ޖަވާބު ދެއްވަމުން أبو المحاسن جمالِ الدين المَلَطيِ ވިދާޅުވެއެވެ. "މި ޙަދީޘުން ދޭހަވަނީ މިކަން މަކްރޫހަ ކަމަކަށްވީ ހަމައެކަނި މިއީ ނުބައިކޮށް އުޅޭ ބައެއްގެ ޢަމަލެއް ކަމުގައިވާތީއެވެ. މިކަން (އެބަހީ ކަޅުކުލަ ޖެއްސުން) އޭގެ ޒާތުގައި ޙަރާމްވެގެނެއް ނޫނެވެ". 22

تحفة الِحوذي ގެ މުއައްލިފު ވިދާޅުވެއެވެ. މި ޙަދީޘްގައި ބަޔާންކުރެވިފައިވާ ގަދަފަދަ އިންޒާރަކީ އިސްތަށި ކަޅުކުރުމާ ގުޅޭގޮތުން ދެވިފައިވާ އިންޒާރެއް ނޫނެވެ. އެހެނަސް، އެއީ ބަޔާންކުރެވިފައިނުވާ އެހެން ފާފައަކާ ގުޅޭގޮތުން ދެވިފައިވާ އިންޒާރެކެވެ.

މިޙަދީޘާ ބެހޭގޮތުން ޙާފިޡު އިބްނު އަބީ ޢާޞިމް ވިދާޅުވެފައި ވެއެވެ. މިޙަދީޘަކީ -ކަޅުކުރުމަށް އައިސްފައިވާ އިންޛާރެއް ނޫންކަން- ދަލީލުކުރަނީ ރަސޫލު الله صلى الله عليه وسلم ގެ ޙަދީޘްފުޅުގެ މިބައެވެ. "ފަހުޒަމާނުގައި އިސްތަށި ކަޅުކުރާ ބަޔަކު އުޅޭނެއެވެ." އަދި ތިމަންމެންނަށް އެނގިފައިވާ ގޮތުގައި، ފުރަތަމަ ޒަމާނުގައި ވެސް އަދި އޭގެ ފަހުންވެސް ޞަޙާބީންނާއި ތާބިޢީންނާއި އެހެން ބޭކަލުންގެ ތެރެއިން ވެސް ބަޔަކު އިސްތަށި ކަޅުކުރައްވާފައި ވެއެވެ. الله އެ ބޭކަލުންނަށް ރުއްސުންލައްވާށިއެވެ. އެހެންކަމުން، މި އިންޒާރަކީ އިސްތަށި ކަޅުކުރުމާ ގުޅޭގޮތުން ދެވިފައިވާ އިންޒާރެއް ނޫންކަން ސާފުވެއެވެ. އެހެނީ، އެއީ އިސްތަށި ކަޅުކުރުމާ ގުޅޭގޮތުން ދެވިފައިވާ އިންޒާރެއް ނަމަ، "ފަހުޒަމާނުގައި" މި ބަސްފުޅު ގެނައުމުގެ ބޭނުމެއްނެތެވެ. އެހެންކަމުން، މި ޙަދީޘުން އިސްތަށި ކަޅުކުރުން މަކްރޫހަކަމަށް ދަލީލުކުރެއޭ ބުނުމަކީވެސް ޞައްޙަ ގޮތެއް ނޫނެވެ .23

عَن أَبِيِ الدَّرداءِِ ، قالَِ : قالَِ رَسُولُِ اللِِ صَلَّى الل عَلَيهِِ وَسَلَّمَِ « :مَنِ خَضَّبَِ بِالسَّوادِِ سَوَّدَِ اللَُِّّ وَجهَهُِ يَومَِ القِيامَةِِ.»24

އަބުއްދަރްދާއު ވިދާޅުވިއެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ކަޅުކުލައިން (އިސްތަށިގަނޑުގައި) ކުލަޖައްސާ މީހާގެ މޫނު الله ޤިޔާމަތް ދުވަހުގައި ކަޅުކުރައްވާނެއެވެ. ނުވަތަ ކަޅުކުރައްވާށިއެވެ!".

21 تحفة الأحوذي بشرح جامع الترمذي، المؤلف: أبو العلا محمد عبد الرحمن بن عبد الرحيم المباركفورى (المتوفِ: 1353ه،) 355/5 ، الناشر: دار الكتب العلمية – بيروت عون المعبود شرح سنن أبي داودن لمؤلف : محمد شمس الحق العظيم آبِدي أبو الطيب، 178/11 ، الناشر : دار الكتب العلمية – بيروت، الطبعة الثانية ، 1415. فتح الباري شرح صحيح البخاري المؤلف : أحمد بن علي بن حجر أبو الفضل العسقلاني الشافعي، 491/16 ، الناشر : دار المعرفة - بيروت ، 1379. نيل الأوطار من أحاديث سيد الأخيار شرح منتقى الأخبار، المؤلف : محمد بن علي بن محمد الشوكاني، 148/1 ، الناشر : إدارة الطباعة المنيرية. ذخيرة العقبى في شرح المجتبى، محمد بن الشيخ العلامة علي بن آدم بن موسى الإثيوبي الوَلَّوِي، 68/38 ، دار المعراج الدولية للنشر،الجزء الأول

22 المعتصر من المختصر من مشكل الآثار، المؤلف: يوسف بن موسى بن محمد، أبو المحاسن جمال الدين المَلَطي الحنفي، 89/2 ، الناشر: عالم الكتب - بيروت 23 تحفة الأحوذي بشرح جامع الترمذي، المؤلف: أبو العلا محمد عبد الرحمن بن عبد الرحيم المباركفورى (المتوفِ: 1353ه،) 355/5 ، الناشر: دار الكتب العلمية – بيروت

މަޖުމަޢުޒަވާއިދުގެ މުއައްލިފް ވިދާޅުވެފައި ވެއެވެ. މި ޙަދީޘް ރިވާކުރައްވާފައިވަނީ އަލްއިމާމުއްޠަބަރާނީއެވެ. އަދި މި ޙަދީޘްގެ ސަނަދުގައި އަލްވަޟީން ބިން ޢަޠާއު ހިމެނެއެވެ. އޭނާއަކީ އަޙްމަދު، އިބްނު މަޢީން އަދި އިބްނު ޙިއްބާން ޘިޤާ (އިތުބާރުހުރި) ކަމަށް ވިދާޅުވެފައިވާ ރާވީއެކެވެ. އަދި އެ ބޭކަލުން ފިޔަވައި ބައެއް އެހެން ބޭކަލުން އެރާވީ ޟަޢީފްކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި މި ޙަދީޘްގެ އެހެން ރާވީންނަކީ ޘިޤާ (އިތުބާރުހުރި) ބޭކަލުންނެވެ.25

އަލްޙާފިޡު އިބުނުޙަޖަރު ވިދާޅުވަނީ މިޙަދީޘްގެ ސަނަދަކީ ލައްޔިން 26 ސަނަދެއްކަމަށެވެ. 27

އައްޝައިޚުލްއަލްބާނީ ވިދާޅުވަނީ މިޙަދީޘް ޟަޢީފުކަމަށެވެ.28

އަދި އިބުނު އަބީ ޙާތިމް ވިދާޅުވަނީ ތިމަންނަގެ ބައްޕަ މިއީ މަވްޟޫޢު (އެބަހީ ހަދާފައިވާ) ޙަދީޘެއްކަމަށް ވިދާޅުވިއެވެ. 29

މިޙަދީޘްގެ ރާވީންގެ ތެރޭގައި ހިމެނޭ زهير بن محمد އާބެހޭގޮތުން އަލްއިމާމުއްޛަހަބީ ميزان العتدال ގައި30 ވިދާޅުވެފައި ވެއެވެ. "އިބްނުޢަބްދިލްބައްރު ވިދާޅުވިއެވެ. "ޒުހައިރު ބުން މުޙައްމަދަކީ އެންމެހާ (ޙަދީޘް ޢިލްމުވެރިން)ގެ އަރިހުގައި ޟަޢީފް (ބަލިކަށި) ރާވީއެކެވެ."

ބޮޑަށް ބުރަވެވެނީ މިއީ ޟަޢީފު ޙަދީޘެއް ކަމަށެވެ. ވީމާ މިއީ ޟަޢީފު ޙަދީޘެއްކަމުން މިދަލީލަކަށް ނުފުދެއެވެ.

25 مجمع الزوائد ومنبع الفوائد، المؤلف: أبو الحسن نور الدين علي بن أبي بكر بن سليمان الهيثمي ، 195/5 ،الناشر: مكتبة القدسي، القاهرة، عام النشر: 1414 ه، 1994 م

26 لَيِّ ގެ މުރާދާ ބެހޭ ގޮތުން އަލްޙާފިޡު އިބުނު ޙަޖަރު ވިދާޅުވެފައި ވެއެވެ. "ހަވަނަ: އެއީ މަދު މިންވަރެއްގެ ޙަދީޘް ރިވާކޮށްފައިވާ ރާވީންނެވެ. އަދި އެރާވީންގެ ކިބައިން އައިސްފައިވާ ޙަދީޘްތަކުގެ ތެރެއިން އެ ސަބަބަކަށްޓަކައި އޭނާގެ ޙަދީޘް ދޫކޮށްލަންޖެހޭވަރުގެ ކަމެއް ސާބިތުވެފައި ނުވާ ރާވީންނަށް އިޝާރާތްކުރެވެނީ "މަޤްބޫލު" މި ލަފުޒުންނެވެ. މިޙާލަ ތުގައި އެމާނަ ދޭހަވާ އެހެން ރިވާޔަތަކާއެކު އެއަށް އަމަލުކުރެވޭނެއެވެ. އެހެން ނޫންނަމަ (އެބަހީ އެމާނަ ދޭހަވާ އެހެން ރިވާޔަތެއްނެތް ނަމަ) އެއީ "ލައްޔިނުލް ޙަދީޘް" ގެރާވީއެ ކެވެ. تقريب التهذيب ، المؤلف : ابن حجر العسقلاني،(المقدمة) دار الرشيد بحلب الطبعة الأولى 1406ه. ލިސާނުލްމުޙައްދިޘީން ގެ މުއައްލިފު ވިދާޅުވަނީ މިޙާލަތުގައި ލައްޔިންގެ ބަދަލުގައި ބޭނުންކުރަން އެންމެ ރަނގަޅީ "އެއީ ޟަޢީފުލްޙަދީޘް" (އެބަހީ ބަލިކަށި ރާވީ އެކޭ) މި ލަފުޡެވެ . لسان المحدثي/ المؤلف: محمد خلف سلامة، 228/5 ،

27 فتح الباري شرح صحيح البخاري المؤلف : أحمد بن علي بن حجر أبو الفضل العسقلاني الشافعي، 491/16 ، الناشر : دار المعرفة - بيروت ، 1379 28 صحيح وضعيف الجامع الصغيرن المؤلف : محمد ناصر الدين الألباني، 492/25 ، من إنتاج مركز نور الإسلام لأبحاث القرآن والسنة بِلإسكندرية.

30 ميزان الاعتدال في نقد الرجال، المؤلف: شمس الدين أبو عبد الله محمد بن أحمد بن عثمان بن قَا يْْاز الذهبي، 85-84/2 ، المكتبة الأثرية، سانكلة هِل، بِكستان.

ކަޅުކުލަ ޖެއްސުން ހުއްދަ ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައް

عن أبى أمامةِ قال: خَرَجَِ رَسُولُِ اللَِِّّ -صَلَّى اللَُِّّ عَلَيْهِِ وَسَلَّمَِ -عَلَى مَشْيَخَةِ مِنِْ ا لَِْنْصَارِ بِيضِ لِحَاهُمِْ فَقَالَِ« :يَاِ مَعْشَرَِ ا لَِْنْصَارِِ حَمِرُواِ وَصَفِرُوا وَخَالِفُوا أَهْلَِ الْكِتَابِِ.» 31

އަބޫ އުމާމާ ވިދާޅުވިއެވެ . ރަސޫލުالله صلى الله عليه وسلم، އަންޞާރުންގެ ތެރެއިން ޢުމުރުން ދުވަސްވެފައިވާ ޖަމާޢަތެއްގެ ކައިރިއަށް ނުކުމެވަޑައިގަތެވެ. އެ ބޭކަލުންގެ ތުނބުޅިފުޅުތައް ހުރީ ހުދުކޮށެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ އަންޞާރުންގެ ޖަމާޢަތެވެ! (ތިޔަބައިމީހުންގެ ތުނބުޅިތައް) ރަތްކުރާށެވެ! އަދި ރީނދޫކުރާށެވެ! އަދި އަހުލުކިތާބީންނާ ޚިލާފުވާށެވެ!

އައްޝައިޚު ޝުޢައިބުލްއަރުނައޫޠު މިޙަދީޘުގެ ސަނަދު ޞަޙީޙުކަމަށް ވިދާޅުވިއެވެ. 32

ވަކިކުލައެއް ޖެއްސުން މަނާކަމަށްވަނީ ނަމަ މިވެނި ކުލައެއް ނުޖައްސާށޭ ހަދީޘްކުރެއްވީހެވެ. އެގޮތަކަށް ޙަދީޘެއް ނުކުރައްވައެވެ. ދެވަނަ ދަލީލު

عن أَبيِ هُرَيْرَةَِ رَضِيَِ اللَُِّّ عَنْهُِ قَالَِ إِنَِّ رَسُولَِ اللَِِّّ -صَلَّى اللَُِّّ عَلَيْهِِ وَسَلَّمَِ -قَالَِ« :إِنَِّ الْيَهُودَِ وَالنَّصَارَى لَِ يَصْبُغُونَِ فَخَالِفُوهُمِْ.» 33

"އަބޫ ހުރައިރާ ރަޟިޔަالله ޢަންހު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލުالله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިންނަކީ އިސްތަށީގައްޔާއި ތުނބުޅީގައި ކުލަޖައްސާ ބައެއް ނޫނެވެ. ފަހެ، ތިޔަބައިމީހުން އެބައިމީހުންނާ ޚިލާފުވާށެވެ!"

މިއީ ޞަޙީޙު ބުޚާރީގެ ޙަދީޘަކަށްވުމުން ޞަހީޙު ޙަދީޘެކެވެ.

މިޙަދީޘްގައި މިވަނީ މުތުލަޤުކޮށް ކުލަބަދަލުކުރުމަށް އަމުރު ކުރައްވާފައެވެ.34 މިޙަދީޘްގައިވެސް ވަކިކުލައެއް ނުޖައްސާކަށެއް ޙަދީޘް ކުރައްވާފައެއް ނުވެއެވެ. ވަކިކުލައެއް ޖެއްސުން މަނާކަމަކަށް ވަނީނަމަ އެކަން މިއަދުވެސް ބަޔާން ކޮށްދެއްވީހެވެ. މިއިން ދޭހަވަނީ ބޭނުން ކުލައެއް ޖެއްސިދާނެކަމެވެ.

31 .1 مسند الإمام أحمد، 264/5 . المؤلف : أحمد بن حنبل أبو عبدالله الشيباني،الناشر : مؤسسة قرطبة – القاهرة.

32 مسند الإمام أحمد، 264/5 . المؤلف : أحمد بن حنبل أبو عبدالله الشيباني،الناشر : مؤسسة قرطبة – القاهرة.

33 صحيح البخاري، كِتَاب أَحَادِيثِ الأَْنْبِيَاءِ، بَِب مَا ذُكِرَ عَنْ بَنيِ إِسْرَائِيل

34 المغني عن الحفظ والكتاب، المؤلف : أبو حفص عمر بن بدر بن سعيد الموصلي الوراني، 100/1 ، دار الكتاب العربي - بيروت - 1407 ه الطبعة : الأولى

ޢަވްނުލްމަޢުބޫދުގެ މުއައްލިފު ވިދާޅުވެފައި ވެއެވެ. މިޙަދީޘުން ކަޅުކުލަ ޖެއްސުން ހުއްދަ ކުރަށްވާ ބޭކަލުން ދަލީލު ނަންގަވައެވެ. 35 އެއީ ވަކިކުލައެއް ޖެއްސުން މަނާކަމަށް ޙަދީޘުނުކުރެއްވުމެވެ. ޖެއްސުން މަނާ ކުލައެއް ވާނަމަ އެކަން ބަޔާންކޮށްދެއްވީހެވެ.

ޙާފިޡު އިބްނު އަބީ ޢާޞިމް ވިދާޅުވެފައި ވެއެވެ. "ފަހެ ތިޔަބައިމީހުން އެމީހުންނާ ޚިލާފުވާށެވެ." މި ބަސްފުޅުގައިވަނީ، ނުރައިގެ ކުލަ ބަދަލުކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެމީހަކު އެދޭ ކޮންމެ އެއްޗަކުން ނަމަވެސް ނުރަޖަހައިފައިވާ އިސްތަށީގެ ކުލަ ބަދަލުކުރުމުގެ ހުއްދައެކެވެ. އެއީ "ތިޔަބައިމީހުން އެމީހުންނާ ޚިލާފުވާށެވެ." މި ބަސްފުޅުގައި މިވެނި އެއްޗަކުން ކުލަޖައްސާށޭ އަދި މިވެނި އެއްޗަކުން ކުލަނުޖައްސާށެކޭ ކަނޑައަޅުއްވާފައި ނުވުމެވެ.36

فَقَدِْ صَحِ عَنِْ الْحَسَن وَالْحُسَيْن -رَضِيَِ اللُِّ عَنْهُمَا- أَنهُمَاِ كَانَا يَخْضِبَانِِ بِالسوَادِِ. ޙަސަން އަދި ޙުސައިން (ރަޟިޔަالله ޢަންހުމާ) އެ ދެބޭކަލުންގެ އިސްތަށީގައި ކަޅުކުލަ ޖައްސަވާކަން ޞައްޙަކޮށް ޘާބިތުވެފައި ވެއެވެ. 37

المغنيِ عنِ الحفظ والكتاب ވިދާޅުވެފައިވެއެ ވެ. ހަމަކަށަވަރުން ޙަސަންގެފާނާއި ޙުސައިންގެފާނު އަދި ސަޢުދު ބިން އަބީ ވައްޤާޞް (ރަޟިޔަالله ޢަންހުމް) އެބޭކަލުން ކަޅުކުލަ ޖައްސަވާފައި ވެއެވެ. އެހެންކަމުން، އެއީ ޙަރާމްކަމެއް ކަމުގައިވާނަމަ އެބޭކަލުން އެކަން ނުކުރައްވާނެއެވެ. އަދި ހަމައެފަދައިން، އެބޭކަލުން އުޅުއްވީ އަޞްޙާބުބޭކަލުންގެ ޒަމާނުގައެވެ. އެއީ ޙަރާމް ކަމެއް ކަމުގައިވާނަމަ، އަޞްޙާބު ބޭކަލުން އެކަމަށް އިންކާރުކުރެއްވީހެވެ ."38

ހަތަރު ވަނަ ދަލީލު

حَدَّثَنَا أَبُوِ بَكْرِ 39 قَالَِ: حَدَّثَنَاِ ابْنُِ نُمَيْرِ،40 عَنِْ إِسْرَائِيلَِ،41 عَنِْ عَبْدِِ ا لَِْعْلَى،42 قَالَِ: سَأَلْتُِ ابْنَِ الْحَنَفِيَّةِِ، الْخِضَابُِ، بِالْوَسْمَةِِ؟ فَقَالَِ: «هِيَِ خِضَابُنَاِ أَهْلَِ الْبَيْتِِ»43 "

35 عون المعبود شرح سنن أبي داود، المؤلف : محمد شمس الحق العظيم آبِدي أبو الطيب، 179/11 ، الناشر : دار الكتب العلمية – بيروت، ذخيرة العقبى في شرح المجتبى، محمد بن الشيخ العلامة علي بن آدم بن موسى الإثيوبي الوَلَّوِي، 56/38 ، الجزء الأول، دار المعراج الدولية للنشر.

36 تحفة الأحوذي بشرح جامع الترمذي، المؤلف: أبو العلا محمد عبد الرحمن بن عبد الرحيم المباركفورى ، 355/5 ،الناشر: دار الكتب العلمية - بيروت 37 زاد المعاد في هدي خير العباد، المؤلف : محمد بن أبي بكر أيوب الزرعي أبو عبد الله، 335/4 المكتبة الشاملة. 38 المغني عن الحفظ والكتاب المؤلف : أبو حفص عمر بن بدر بن سعيد الموصلي الوراني، 99/1 ، دار النشر : دار الكتاب العربي - بيروت - 1407 ه 39 عبد الله بن أبي شيبة اهذيب التهذيب، للحافظ ابن حجر العسقلاني، 2/6 ، دائرة المعارف النظامية، جيدر آبِد، دكن، الهند. މިއީ ޘިޤާ އަދި ޙާފިޡެއްވެސް މެއެވެ. تقريب التهذيب للحافظ ابن حجر العسقلاني، 320، دار الرشيد، حلب، سوريا.

40 عبد الله بن نمير سير أعلام النبلاء، للذهبي، 244/9 ، مؤسسة الرسالة،މިއީ ޘިޤާ ރާވީއެކެވެ.(އެބަހީ އިތުބާރު ހުރި ރާވީއެކެވެ.) تقريب التهذيب للحافظ ابن حجر العسقلاني، 327 ، دار الرشيد، حلب، سوريا.

41 إسرائيل بن يونس، މިއީ ޘިޤާ ރާވީއެކެވެ.(އެބަހީ އިތުބާރު ހުރި ރާވީއެކެވެ.) سير أعلام النبلاء، للذهبي، 355/7 ، مؤسسة الرسالة 42 عبد الأعلى بن عامر الثعلبي، صدوق يهم .تقريب التهذيب للحافظ ابن حجر العسقلاني، 331، دار الرشيد، حلب، سوريا.

43 المصنف في الأحاديث والآثار،المؤلف: أبو بكر بن أبي شيبة، عبد الله بن محمد بن إبراهيم بن عثمان بن خواستي العبسي، 52/6 ، (المتوفِ: ، 184/5 ، الناشر: مكتبة الرشد – الرياض، الطبعة: الأولى، 1409

ޢަބްދުލްޢަޢުލާ ވިދާޅުވިއެވެ. ތިމަން މުޙައްމަދުބުނުލް ޙަނަފިއްޔާގެ އަރިހުން ކަޅުކުލައިން ޚިޟާބުކުރުމާ ބެހޭ ގޮތުން އެބަހީ ބޯ ނުވަތަ ތުނބުޅި ކަޅުކުރުމާ ބޭގޮތުން ސުވާލުދެންނެވީމެވެ. ވިދާޅުވިއެވެ. އެއީ ތިމަންމެންގެ އަހުލުބައިތުންގެ ޚިޟާބަކީ ކަޅުކުލައެވެ.

މިރިވާޔަތުގެ އެއްރާވީ ފިޔަވައި ހުރިހާ ރާވީންނަކީވެސް ޘިޤާ ރާވީންނެވެ. އެބަހީ އިތުބާރު ހުރި ރާވީންނެވެ. ނަމަވެސް عَبْد ا لَِْعْلَى އާ ބެހޭގޮތުން އަލްޙާފިޡު އިބުނު ޙަޖަރު ބޭނުންކުރައްވާފައިވާ ޢިބާރާތަކީ صَدُوقِ يَهِمُِ މިޢިބާރާތެވެ. މާނައަކީ ތެދުވެރި ނަމަވެސް ކުށްތަކެއް ނުވަތަ ހަނދާންނެތުން ހުންނަރާވީއެއް ކަމަށެވެ. صَدُوقِ يَهِمُِ މިޢިބާރާތަކީ ފަސްވަނަ ދަރަޖައިގެ ޢިބާރާތެކެވެ.44

މި ދަރަޖައިގެ ޙުކުމް ބަޔާންކުރަށްވަމުން އަލްޣާމިދީ ވިދާޅުވެއެވެ. "ފަސްވަނަ ދަރަޖައިގެ ރާވީންންގެ ޙަދީޘްތަކަކީ ޙުއްޖަތެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ޙަދީޘްތަކެކެވެ. ނަމަވެސް އިޢުތިބާރުގެ ގޮތުން އެ ޙަދީޘްތައް ލިޔެވިދާނެއެވެ. އެހެން ރާވީއަކު އެ ޙަދީޘް ރިވާކޮށްފައިވާނަމަ ޤަބޫލުކުރެވޭނެއެވެ. އެހެންނޫންނަމަ ރައްދުކުރެވޭނެއެވެ. 45

ޑރ. ސަޢުދީ މަހުދީ ވިދާޅުވިއެވެ. "صَدُوقِ يَهِمُِ" ލަފާކުރެވޭ ގޮތުގައި ޙާފިޡު އިބްނު ޙަޖަރު، މިފަދަރާވީންގެ ޙާލަތްތަކާއި ރިވާޔަތްތައް ދިރާސާކުރެއްވުމަށްފަހު، އެރާވީގެ ޙަދީޘްތަކަކީ ޙަސަން ޙަދީޘްތަކެއް ކަމަށް ޤަބޫލުފުޅު ކުރެއްވިއެވެ. އެހެންކަމުން އެ ޙަދީޘްތައް ޙަސަންކަމުގައި ކަނޑައެޅުއްވިއެވެ. 46

އައްސާޖީ ވިދާޅުވިއެވެ. "صَدُوقِ يَهِمُِ" މިފަދަ ރާވީއަކު (ރިވާކުރާ ޙަދީޘް) ޙުއްޖަތެއްގެ ގޮތުގައި ބޭނުމެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް އިޢުތިބާރުގެ ގޮތުން އޭނާގެ ޙަދީޘްތައް ލިޔެވިދާނެއެވެ.47

ވީމާ މީރިވާޔަތް ޤަބޫލުކުރުމުގެ މައްސަލައިގައި ދެނަޡަރިއްޔާ އެއް ފާހަގަ ކުރެވެއެވެ. ބޮޑަށް ބުރަވެވެނީ މިރިވާޔަތް ޟަޢީފު ނަމަވެސް ޟަޢީފުކަން ކުޑަ ރިވާޔަތެއްކަމަށެވެ. އަދި މިރިވާޔަތް ޞައްޙަކަމުގައި ވިޔަސް މިއީ ހުއްދަކަމުގެ ދަލީލެއްނޫނެވެ. ނަމަވެސް ހުއްދަކަމަށް ބާރުލިއްބައިދޭ ރިވާޔަތެކެވެ.

44 تقريب التهذيب للحافظ ابن حجر العسقلاني، (مقدمة)، دار الرشيد، حلب، سوريا.

45 أهمية علم مصطلح الحديث، ذياب بن سعد الغامدي، 10/2 ،

46 اختلاف أقوال النقاد في الرواة المختلف فيهم مع دراسة هذه الظاهرة عند ابن معي الأستاذ الدكتور سعدي مهدي الهاشمي، 13/1 ، جامعة أم القرى. 47 التبيي لجهالات الدكتور أحمد بن نصر الله صبري في كتابه أضواء على أخطاء كتاب الصحيح المسند مما ليس في الصحيحي ومدى خطورة منهج الدكتور على كتب فحول المحدثي، 204/1 ،

ފަސްވަނަ ވަނަ ދަލީލު

عَنِْ أَبِىِ ذَرِ قَالَِ: قَالَِ رَسُولُِ اللَِِّّ -صلى اللِ عليهِ وسلمِ:- «إِنَِّ أَحْسَنَِ مَاِ غُيِرَِ بِهِِ هَذَاِ الشَّيْبُِ الْحِنَّاءُِ وَالْكَتَمُِ.»48

"އަބޫ ޛައްރު (ރަޟިޔަالله ޢަންހު) ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: "ހަމަކަށަވަރުން މި ދޮންވެފައިވާ އިސްތަށި (ބޯމަތީގެ) ބަދަލުކުރުމަށް އެންމެ ރަނގަޅު އެއްޗަކީ ހިނާ އާއި ކަތަމްއެވެ".

މިއީ ޞަޙީޙު ޙަދީޘެއްކަމަށް އައްޝައިޚުލްއަލބާނީ ވިދާޅުވެފައި ވެއެވެ. 49

އިސްވެދިޔަ ޙަދީޘާމެދު ބައެއް ޢިލްމުވެރިންގެ ބަސްފުޅުތައް

"ހަމަކަށަވަރުން އަލްޙިނާ، ކަތަމްއާއެކު ކައްކާލުމުން (ނުވަތަ އެއްކޮށްލުމުން) ކަޅު ކުލައަކަށް ބަދަލުވެއެވެ."50

ބުނެވުނެވެ. މިތާނގައި މުރާދަކީ އެ ދެބާވަތުން ކޮންމެ އެއްޗެއް ވަކިވަކިން ބޭނުންކުރުމެވެ. އެއީ، އެ ދެބާވަތް އެއްކޮށްލުމުން ކަޅު ކުލަ ނުކުންނާނެތީއެވެ. އަދި އެއީ މަނާކުރެވިފައިވާ ކަމެކެވެ. އަދި މުރާދަކީ އެ ދެބާވަތް އެއްކޮށްލުން ކަމަށްވެސް ބެލެވިދާނެއެވެ. އަދި މަނާކުރެވިފައިވަނީ ހަމައެކަނި ސާފު ކަޅު ކުލަ ކަމަށްވެސް ވެދާނެތީއެވެ.51

عون المعبودِ ގައި ވެއެވެ. މި ޙަދީޘުން ދަލީލުކުރަނީ ހިނާފަތް އެކަނި ބޭނުންކޮށްގެން އިސްތަށީގައި ކުލަ ޖެއްސުން ރަނގަޅުކަމަށެވެ. އަދި އެއާއެކު ކަތަމް ބޭނުންކުރުމަކީ އެއަށްވުރެ ރަނގަޅު ކަމެއްކަމުގައެވެ. އަދި މި ޙަދީޘުގައި އެ ވަނީ އަލްޚައްޠާބީ އާއި އިބްނުލްއަޘީރު އަދި އެ ދެބޭކަލުންނަށް ތަބަޢަވި ބޭކަލުން ވިދާޅުވެފައިވާ ބަސްފުޅަށް ރައްދެކެވެ. އެ ބޭކަލުން ވިދާޅުވެފައިވަނީ ހިނާ އާއި ކަތަމް އެއްކޮށްލުމުން ކަޅު ކުލަ ނުކުންނާނެ ކަމަށެވެ.52

عون المعبودِ ގައި ވެއެވެ. އެއީ ކަތަމް އަކީ ވަކިން ބޭނުންކުރާއިރު ކަޅުކުރާ އެއްޗެއް ކަމަށްވާތީއެވެ. އެހެންނަމަވެސް އެއީ ހިނާއާ އެކު ބޭނުންކުރާނަމަ، އިސްތަށިގަނޑު ބަދަލުވަނީ ރަތާއި ކަޅު ކުލައިގެ ދެމެދުގެ ކުލައަކަށެވެ.53

އިބުނުލްޤައްޔިމް ވިދާޅުވެއެވެ. "ހަމަކަށަވަރުން ކަތަމް އާއި އަލްޙިނާ (މި ދެ ބާވަތުގެ ކުލަ) ބޭނުންކުރުމުން އިސްތަށިގަނޑު ރަތާއި ކަޅު ކުލައިގެ ދެމެދުގެ ކުލައަކަށް ބަދަލުވެއެވެ".54

48 سنن أبي داؤد ، المؤلف : أبو داود سليمان بن الأشعث السجستاني،كتاب الترجل، بِب فِِ الخِْضَابِ.المكتبة الشاملة،

49 سنن أبي داؤد ، المؤلف : أبو داود سليمان بن الأشعث السجستاني، ، كتاب الترجل، بِب فِِ الخِْضَابِ.المكتبة الشاملة

50 معالم السنن لأبي سليمان الخطابي، 60/3 ، المكتبة الشاملة.

51 حاشية السندي على ابن ماجة، 35/7 ،المكتبة الشاملة.

52 عون المعبود شرح سنن أبي داود، المؤلف : محمد شمس الحق العظيم آبِدي أبو الطيب، 178/11 ، الناشر : دار الكتب العلمية – بيروت 53 عون المعبود شرح سنن أبي داود، المؤلف : محمد شمس الحق العظيم آبِدي أبو الطيب، 174/11 ، الناشر : دار الكتب العلمية – بيروت

54 زاد المعاد في هدي خير العباد المؤلف : محمد بن أبي بكر أيوب الزرعي أبو عبد الله الناشر : مؤسسة الرسالة - مكتبة المنار الإسلامية - بيروت – الكويت الطبعة الرابعة عشرة : 1986 – 1407

ހަވަނަ ދަލީލު

وَعَنِْ حَمَّادِِ بْنِِ سَلَمَةَِ، عَنِْ أُمِِ شَبِيبِ، قَالَتِْ" :سَأَلْنَا عَائِشَةَِ عَنِْ تَسْوِيدِِ الشَّعْرِِ؟ قَالَتِْ: لَوَدَدْتُِ أَنَِّ عِنْدِيِ شَيْئًا سَوَّدْتُِ بِهِِ شَعْرِي." 55

ޑރ. ހާކިމުލްމުޠައިރީ ބުރަވެވަޑައިގަންވަނީ މިރިވާޔަތް ޞައްހަކަމަށެވެ.56 ނަމަވެސް މިއީ ދަލީލެއްނޫނެވެ. އެއީ ސަލާމާއި ޞަލަވަތްލެއްވި އިތުރު އެކަލޭގެފާނުންގެ ޙަދީޘަކަށް ނުވާތީއެވެ. ނަމަވެސް ހުއްދަކަމަށް ތާއީދުކުރާ ކަމެކެވެ.

ނިންމުން

- މިމައްސަލަގައި ތަފާތު ނަޡަރިއްޔާތައް ފާހަގަ ކުރެވިފައި ވެއެވެ. އެހުރިހާ ނަޡަރިއްޔާތަކުގެ އަޞްލަކީ ޙަރާމް ކަމަށް ވިދާޅުވެފައިވާ ނަޡަރިއްޔާއާއި ހުއްދަ ކަމަށް ވިދާޅުވެފައިވާ ނަޡަރިއްޔާއެވެ.

- ދެނަޡަރިއްޔާގެ ދަލީލުތަކަށް ބަލާއިރު ޙަރާމްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ހުރިހާ ދަލީލުތަކެއްގައި ވެސް މައްސަލަ އުޅެއެވެ. - މިމައްސަލައަކީ ދަލީލުތައް އައިސްފައި ހުރިގޮތުން އިޖުތިހާދާ ގުޅިފައިވާ މައްސަލައަކަށްވުމުން ޙަރާމްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ނަޡަރިއްޔާއަކީ ވެސް ގޯސް ނަޡަރިއްޔާއެއް ނޫނެވެ.

- ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައް ނިސްބަތުން ބާރުގަދަކަމަށް ފާހަގަ ކުރެވެއެވެ.

- މިމައްސަލާގައި ބޮޑަށް ބުރަވެވެނީ ކަޅުކުލަޖެއްސުމަކީ ހުއްދަކަމެއް ކަމުގައެވެ. އަދި ދެނަޡަރިއްޔާގެ ތެރެއިން ބޮޑަށް ރަނގަޅުކަމަށް ބެލެވެނީ މިނަޡަރިއްޔާއެވެ.

- ކުވައިތު ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަމުގައިވާ ޑރ.އަލްޙާކިމުލްމުޠައިރީ މިމައްސަލަ ތަޙްޤީޤު ކުރެއްވުމަށްފަހު ނިންމްވާފައި ވަނީ ފިރެހެނުންގެ އިސްތަށި ކަޅުކުރުން މަނާ ކަމަށް އައިސްފައިވާ ޙަދީޘްތައް ޞައްޙަނޫން ކަމުގައެވެ. އަދި (ވަކިކުލައެއްނެތި) ކުލަޖެއްސުމަށް އައިސްފައިވާ ހުރިހާ ޙަދީޘަތައް ޞައްޙަކަމަށް ނިންމަވާފައެވެ. 57

55 شرح السنة ، المؤلف : الحسي بن مسعود البغوي، 94/12 ، دار النشر : المكتب الإسلامي - دمشق بيروت 1403ه - 1983م.

56 الإسعاد في نقد أحاديث الخضاب بِلسواد، للشيخ الدكتور حاكم المطيري،55،كلية الشريعة، جامعة الكويت، 2003.

المراجع وِ المصادر

1. المعتصر من المختصر منِ مشكل الآثار، المؤلف: يوسفِ بن موسى بنِ محمدِ، أبو المحاسن جمال الدين المَلَطي الحنفي ، الناشر: عالم الكتبِ - بيروت

2. - المغنيِ عن الحفظ والكتاب، المؤلفِ : أبوِ حفص عمر بن بدرِ بن سعيدِ الموصليِ الوراني، دارِ الكتاب العربي - بيروتِ - 1407 هِ

3. تقريب التهذيب، المؤلفِ : ابن حجر العسقلاني، دارِ الرشيد، حلب، سوريا، 1986 مِ.

دار الكتبِ العلميةِ – بيروتِ

5. ميزان العتدالِ في نقدِ الرجال، المؤلفِ: شمسِ الدين أبوِ عبد اللِ محمدِ بن أحمدِ بن عثمانِ بن قَايْمازِ الذهبي، المكتبةِ الِثرية، سانكلة هِلِ، باكستان.

6. اختلاف أقوالِ النقاد في الرواة المختلفِ فيهم معِ دراسة هذه الظاهرة عند ابنِ معين الِستاذ الدكتور سعدي مهدي الهاشمي، جامعةِ أمِ القرى.

8. المجموع شرحِ المهذب، المؤلف: أبوِ زكريا محييِ الدين بن شرفِ النووي، المكتبةِ الشاملة. 9. المغنيِ عن حملِ الِسفار، أبوِ الفضل العراقي، الناشر مكتبة طبريةِ، سنةِ النشر 1415ه - 1995 مِ 10. الموسوعةِ الفقهية الكويتية، الموسوعة الفقهية الكويتية، (الِخْتِضَابُِ بِالسَّوَادِِ )، الطبعةِ الثانية ، دارالسلاسل - الكويت

11. أهميةِ علمِ مصطلحِ الحديث، ذياب بن سعدِ الغامدي، المكتبةِ الشاملةِ.

13. حاشية السندي على سننِ ابن ماجة، المكتبةِ الشاملةِ.

14. زاد المعاد فيِ هديِ خير العباد المؤلفِ : محمد بنِ أبيِ بكر أيوبِ الزرعي أبو عبدِ اللِ الناشر : مؤسسةِ الرسالة - مكتبةِ المنارِ الإسلاميةِ - بيروت – الكويت الطبعةِ الرابعةِ عشرةِ : 1986 – 1407 15. سنن أبيِ داؤد ، المؤلفِ : أبو داودِ سليمان بنِ الِشعثِ السجستاني، المكتبةِ الشاملةِ.

16. صحيح البخاري، المؤلفِ : أبو عبدِ اللِ محمدِ بنِ إسماعيل بنِ إبراهيمِ بنِ المغيرةِ الجعفيِ البخاري، الناشر : دارِ طوقِ النجاة، الطبعةِ : الِولى 1422 هِ

17. صحيح مسلمِ ، المؤلفِ : أبو الحسين مسلم بنِ الحجاج بنِ مسلم القشيري النيسابوري، الناشر : دارِ الجيل بيروت + دارِ الِفاق الجديدة بيروتِ

18. صحيح وضعيف الجامع الصغيرن المؤلف : محمدِ ناصر الدين الِلباني، منِ إنتاج مركز نور الإسلامِ لِبحاثِ

21. فتح الباري شرحِ صحيحِ البخاري المؤلفِ : أحمدِ بنِ عليِ بن حجرِ أبوِ الفضل العسقلاني الشافعي، الناشر : دارِ المعرفة - بيروتِ ، 1379

22. فيض القدير شرح الجامعِ الصغير، المؤلفِ : عبدِ الرؤوف المناوي، الناشر : المكتبة التجارية الكبرىِ – مصر، الطبعةِ الِولىِ ، 1356.

23. معالم السننِ لِبيِ سليمانِ الخطابي، المكتبةِ الشاملةِ.

24. الستذكار، المؤلفِ : أبو عمر يوسف بنِ عبد الل بنِ عبد البر النمري، الناشر : دار الكتب العلميةِ – بيروت، الطبعةِ الِولى ، 2000 - 1421

26. التبيين لجهالت الدكتور أحمدِ بنِ نصرِ اللِ صبري فيِ كتابهِ أضواءِ على أخطاء كتابِ الصحيح المسندِ مما ليس فيِ الصحيحين ومدى خطورة منهجِ الدكتور على كتب فحول المحدثين،

27. المصنفِ فيِ الِحاديث والآثار، المؤلفِ: أبوِ بكرِ بنِ أبيِ شيبة، عبدِ اللِ بنِ محمدِ بنِ إبراهيم بنِ عثمان بن خواستيِ العبسيِ، الناشر: مكتبةِ الرشد – الرياض، الطبعة: الِولى، 1409

28. المغنيِ عنِ الحفظ والكتاب المؤلفِ : أبوِ حفص عمرِ بنِ بدرِ بنِ سعيدِ الموصليِ الوراني، دارِ النشرِ : دار الكتاب العربي - بيروت - 1407 هِ

30. تهذيب التهذيب، للحافظ ابن حجر العسقلاني، دائرةِ المعارف النظامية، جيدر آباد، دكن، الهند. 31. ذخيرة العقبى في شرحِ المجتبى، محمدِ بنِ الشيخِ العلامةِ علي بنِ آدمِ بنِ موسىِ الإثيوبي الوَلَّوِي، الجزء الِول، دارِ المعراجِ الدولية للنشر.

32. سير أعلامِ النبلاء، للذهبي، مؤسسةِ الرسالة،

33. شرح السنةِ ، المؤلف : الحسين بن مسعود البغوي، دارِ النشر : المكتبِ الإسلاميِ - دمشقِ بيروتِ 1403 هِ - 1983 مِ.

34. صحيح وضعيف الجامع الصغيرن المؤلف : محمد ناصر الدين الِلباني، منِ إنتاج مركز نور الإسلامِ لِبحاث

37. لسان المحدثين/ المؤلفِ: محمد خلف سلامةِ،

38. مجمعِ الزوائد ومنبعِ الفوائد، المؤلفِ: أبوِ الحسنِ نورِ الدين عليِ بنِ أبيِ بكرِ بنِ سليمان الهيثميِ ، الناشر: مكتبةِ القدسي، القاهرة، عامِ النشرِ: 1414 هِ، 1994 مِ

39. مسند أبيِ يعلى ، المؤلفِ : أحمد بنِ عليِ بنِ المثنىِ أبوِ يعلى الموصلي التميميِ، الناشر : دارِ المأمون للتراث – دمشق.

40. مسند الإمام أحمد، المؤلفِ : أحمد بنِ حنبلِ أبوِ عبدالل الشيباني،الناشر : مؤسسةِ قرطبة – القاهرة. 41. - الإسعادِ في نقد أحاديث الخضاب بالسواد، للشيخ الدكتور حاكم المطيري، كلية الشريعة، جامعةِ الكويت، 2003. الطبعةِ : الِولى

42. نيل الِوطار منِ أحاديث سيدِ الِخيار شرحِ منتقى الِخبار، المؤلف : محمدِ بنِ عليِ بنِ محمدِ الشوكاني، 148/1 ، الناشر : إدارة الطباعةِ المنيريةِ.

المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 21950