މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭ
ފަތުވާ 32
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭ
اَلْحَمحدَُُّّلِل الَذّيَُرأحسَلَُ رَسولَهُ بِّلْحدَىُ وَدّينُّ لْحَقاُّ لّيظحهّرَهُ عَلَى الدّينُّ كلُّهُّ وَلَوحُ كرّهَُ الحكَافّرونَ،ُ وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُ مَُمَُدُُّ بحنُّ عَبحدُّ اللُّ وَعَلى آلّهُّ وَأَصححَابّهَُّجْحَعّينَ،أُ وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ،َُمَابأَعحدُُ :ُ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން މިމަޖިލީހަށް ހުށައެޅުނު މައްސަލާގައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން މިމަޖިލީހަށް ދެއްވި މަޢުލޫމާތުގެ އަލީގައި، މަޖިލީހުގެ މެންބަރުން އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައިވަނީ ޢާންމު ރައްޔިތުން ޙައްޖަށް ދިއުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަންޖެހޭނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމުގައެވެ.
هَذَاُوَاللُأَعحلَمُبِّلصَوَابُُّ
وَالِلَُ وَلّيُ التَوحفّيحقّ،ُ وَصَلَىُ اَُلِل وَسَلَمَُ عَلَى نَبّيّنَاُ مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأ حَُ .
13 މުޙައްރަމް 1447
08 ޖުލައި 2025
المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 21954
