ޖަމާޢަތުގައި ދުޢާކުރުމުގެ ޙުކުމް
ފަތުވާ 33
ޖަމާޢަތުގައި ދުޢާކުރުމުގެ ޙުކުމް
اَلْحَمحدَُُّّلِل الَذّيَُرأحسَلَُ رَسولَهُ بِّلْحدَىُ وَدّينُّ لْحَقاُّ لّيظحهّرَهُ عَلَى الدّينُّ كلُّهُّ وَلَوحُ كرّهَُ الحكَافّرونَ،ُ وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُ مَُمَُدُُّ بحنُّ عَبحدُّ اللُّ وَعَلى آلّهُّ وَأَصححَابّهَُّجْحَعّينَ،أُ وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ،َُمَابأَعحدُ: މުސްލިމުންގެ އެއްވުންތައް ފަށާއިރުއާއި ނިންމާއިރު ދުޢާކުރުމުގެ މައްސަލަ މި މަޖިލީހުގެ މެންބަރުން ދިރާސާކުރުމުން އެނގި ހާމަވީ، މުސްލިމުންގެ އެއްވުންތައް ފަށާއިރުއާއި ނިންމާއިރު ދުޢާކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަމެވެ. އެހެންނަމަވެސް، ދީނީ ބައެއް ޢިލްމުވެރިން އެކަން އާ ދައަކަށް ނުހެދުން ޝަރުޠުކުރައްވައެވެ. އެހެނީ ބައެއްފަހަރު ހަމައެކަނި ދުޢާކުރުމަށްޓަކައި ގަވާއިދުން މީސްތަކުން އެއްވެ އެކަންކުރެވެ.
މިގޮތުން މީސްތަކުން ވަކި މަޤްޞަދެއްގައި އެއްވެއްޖެނަމަ، މިސާލަކަށް ދަރު ހެއް، ނުވަތަ މަސައްކަތުގެ ބައްދަލުވުމެއް، ނުވަތަ ޢާންމު މުނާސަބަތެއްގައި، ބައްދަލުވެ ދެން އެބައްދަލުވުން ނިންމާލުމުގެ ގޮތުން ހިދާޔަތަށް ނުވަތަ ބަރަކާތަށް އެދި ޖަމާޢަތުގައި ދުޢާއެއްކުރިނަމަވެސް، މިކަން އާދައެ އްގެ ގޮތުގައި ނުހަދާހާ ހިނދަކު، ނުވަތަ މިއީ ވަކި ވަގުތެއް ނުވަތަ ވަކި ގޮތެއް ކަނޑައެޅިފައިވާ ޚާއްޞަ ޢިބާދާތެއްކަމަށް ޤަބޫލުނުކުރާހާ ހިނދަކު މިކަން ބިދުޢައެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އަދި ކިއެއްތަ، މިކަން ހިމެނެނީ ޝަރުޢުގައި ހުއްދަވެގެންވާ ދުޢާކުރުމުގެ ބާބުގެ ތެރެއިންނެވެ. މިކަމަށް އަންނަނިވި ދަލީލުތަކުން އިސްތިދްލާލު ކުރެވިދާނެއެވެ. عَنحُخَالّدُّبحنُّأَبُِّعّمحرَانَ،ُأَنَُابحنَُعمَرَ،ُقَالَ:ُقَلَمَاُكَانَُرَسولُاللُُّ -ُ صَلَىُا لِلَُعَلَيحهُّوَسَلَمَُ -ُُُيَقومُمّنحُمََحلّسُحَتََُّيَدحعوَُبَِّؤلاَءُّالدَعَوَاتُّلأَصححَابّهّ:ُ«اللَهمَُاقحسّمحُلَنَاُمّنحُخَشحيَتّكَُمَاُيَُولُُبَيحنَنَاُُ وَبَينحَُمَعَاصّيكَ،ُوَمّنحُطَاعَتّكَُمَاُتبَلّغنَاُبّهُّجَنَتَكَ،ُوَمّنَُاليَقّينُّمَاُتَُوّنُبّهُّعَلَيحنَاُمصّيبَاتُّالدُّنحيَا،ُوَمَتّعحنَاُبَِّسْحَاعّنَاُوَأَبحصَارّنََُوَقوَتّنَاُُ مَاُأَححيَيحتَنَا،ُوَاجحعَلحهُالوَارّثَُمّنَا،ُُ وَاجحعَلُثََحرَنََُعَلَىُمَنح حُظَلَمَنَا،ُوَانحصرح نََُعَلَىُمَنحُعَادَا نََ،ُوَلاَُتََحعَلُمصّيبحَتَنَاُفُِّدّينّنَا،ُوَلاَُ تََحعَلُُّ الدُّنحيَاُأَكح بَََُهَّنَاُوَلاَُمَبحلَغَُعّلحمّنَا،ُوَلاَُتسَلّطحُعَلَيحنَاُمَنحُلاَُيَرح حََ نَا».ُُُ މިއީ ޙަސަންދަރަޖައިގެ ޙަދީޘެއްކަމަށް އައްޝައިޚުލްއަލްބާނީ ވިދާޅުވެފައި ވެއެވެ. ( سننُالترمذيُ)
ޚާލިދު ބުން އަބީ ޢިމްރާނުގެ އަރިހުން ރިވާވެފައި ވެއެވެ. ހަމަކަށަވަރުން އިބްނު ޢުމަރު ވިދާޅުވިއެވެ. "اللهގެ ރަސޫލާ صلى الله عليه وسلم މަޖިލީ ހަކުން ތެދުވެވަޑައިގަންނަވާއިރު، އެކަލޭގެފާނުގެ ޞަޙާބީންނަށްޓަކައި މި ދުޢާތައް ނުކުރައްވައި ވަޑައިގަންނަވާ ފަހަރެއް މަދުވާނެއެވެ. "އޭ اللهއެވެ! އަޅަމެންނާއި އިބަރަސްކަލާނގެއަށް އުރެދުމާ ދެމެދު ހުރަސްއަޅާނެ ބިރުވެތިކަމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ސުވަރުގެއަށް އަޅަމެން ވާޞިލުކޮށްދޭނެ ކިޔަމަންތެރިކަމެއް (ދެއްވާނދޭވެ)! އަދި ދުނިޔޭގެ މުޞީބާތްތައް އަޅަމެންނަށް ލުއިކޮށްދޭނެ ޔަޤީންކަމެއް (ދެއްވާނދޭވެ)! އަދި އަޅަމެން ދިރި ތިބިހާ ހިނދަކު، އަޅަމެންގެ އިވުމާއި ފެނުމުގެ ބާރުން އަޅަމެންނަށް މަންފާކުރުވާނދޭވެ! އަދި އެ (ނިޢުމަތްތައް) އަޅަމެންގެ ކިބައިން ވާރުތަވާ އެއްޗެއްކަމުގައި ލައްވާނދޭވެ! އަދި އަޅަމެންނަށް އަނިޔާވެރިވި މީހުންގެ މައްޗަށް އަޅަމެންގެ ކިބައިން ބަދަލުހިއްޕަވާނދޭވެ! އަދި އަޅަމެންނާ ޢަދާވާތްތެރިވި މީހުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ! އަދި އަޅަމެންގެ ދީނުގައި އަޅަމެންނަށް މުޞީބާތެއް ނުލައްވާނދޭވެ! އަދި އަޅަމެންގެ މަޤުޞަދަކީ ހަމައެކަނި ދުނިޔެ ކަމުގައި ނުލައްވާނދޭވެ! އަދި އަޅަމެންގެ ވިސްނުމާއި ފިކުރަކީ ހަމައެކަނި ދުނިޔަވީ އެދުންތައް ކަމުގައި ނުލައްވާނދޭވެ! އަދި އަޅަމެންނަށް ރަޙުމްނުކުރާނެ މީހަކު އަޅަމެންގެ މައްޗަށް ވެރިނުކުރައްވާނދޭވެ!"
އަލް އިމާމުއްނަވަވީ އެކަލޭގެފާނުގެ "الأذكار" ފޮތުގައި މި ޙަދީޘަށް ބާބެއް ހައްދަވާފައި ވެއެވެ. "އެއީ ޖަމާޢަތެއްގައި އިންނަ މީހާ، އޭނާއަށާއި އޭނާއާއެކު ތިބި މީހުންނަށް ދުޢާކުރުމުގެ ބާބު" މިފަދައިންނެވެ. (الأذحكَارُالنَوَويَةُللإّمامُ النَوَوي) އަދި އިބްނު އަބީދާވޫދު ޞައްޙަ ދެސަނަދަކުން ރިވާކުރައްވާފައި ވެއެވެ. ޤަތާދާގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަނަސް ބުން މާލިކު ރަޟިޔައްالله ޢަންހު ޤުރުއާން ޚަތިމްކުރައްވާ ހިނދު، އެކަލޭގެފާނުގެ ގޭގެ އަހުލުވެރިން އެއްކުރައްވައި ދުޢާކުރައްވައެވެ. ( التبيانُفُِآدابُحَلةُالقرآنُ للإّمامُالنَوَوي)
هَذَاُوَاللُأَعحلَمُبِّلصَوَابُُّ
وَالِلَُ وَلُُّّ التَوحفّيحقّ،ُ وَصَلَىُ اَُلِل وَسَلَمَُ عَلَى نَبّيّنَاُ مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأ حَُ .
17 ރަބީޢުލްއައްވަލް 1447
09 ސެޕްޓެންބަރު 2025
المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 21959
