ދިރާސާ ކަރުދާސް: ޖަމާޢަތުގައި ދުޢާކުރުމުގެ ޙުކުމް (ފަތުވާ 33)
ނަންބަރު: 466/RES/2025/2 ދިރާސާ : ޖަމާޢަތުގައި ދުޢާކުރުމުގެ ޙުކުމް
ބަރާއަތު/ނޯޓު:
މިއީ އާންމު ފަރާތަކުން "ޖަމާޢަތުގައި ދުޢާކުރުމުގެ ޙުކުމް " ސާފުކޮށްދިނުމަށް އެދި މި މަޖިލީހަށް ހުށަހެޅި ސުވާލަކާ ގުޅިގެން، މި މައްސަލައިގައި އިސްލާމީ ޝަރީޢަތުގައިވާ ގޮތް ދެނެގަތުމަށްޓަކައި، ޢިލްމީ ގޮތުން ކުރެވުނު ދިރާސީ މަސައްކަތްތަކުގެ ހޯދުންތަކުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ޢިލްމީ ކަރުދާހެކެވެ. ޢިލްމީ ބޭނުންތަކަށް މި ކަރުދާހުގައިވާ ވާހަކަތަކާއި މަސްދަރުތަކާއި ހޯދުންތައް ބޭނުން ކުރެވިދާނެއެވެ.
މި މައުޟޫޢުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމި ގޮތް ފަތުވާ އެއްގެ ގޮތުގައި އާންމު ކުރެވިފައިވާނެއެވެ.
ދުޢާކުރުމުގައި އަޞްލަކީ ސިއްރުން އަދި ވަންހަނާގޮތުގައި ދުޢާކުރުމެވެ. އެއީ އަންނަނިވި އާޔަތުގައި ވާފަދައިންނެވެ. ﴿ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لََ يُُِبُّ الْمُعْتَدِين ﴾1 "މަޑުމޮޅިކަމާއި ވަންހަނާގޮތުގައި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ދުޢާކުރާށެވެ! ހަމަކަށަވަރުން، ޙައްދުފަހަނަޅައިދާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެއެވެ."
އަދި ހަމަކަށަވަރުން، މާތް الله އެކަލާނގެ ނަބިއްޔާ ޒަކަރިއްޔާގެފާނުގެ ވާހަކަ ޙިކާޔަތުގެ ގޮތުން ބަޔާންކުރައްވާފައި ވަނީ އަންނަނިވި ފަދައިންނެވެ. ﴿إِذْ نََدَى رَبَّهُ نِدَاءً خَفِيًّا ﴾ 2 "އެކަލޭގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ސިއްރުން ދުޢާ ދެންނެވި ހިނދުގައެވެ ."
1 سورة الأعراف: 55.
2 سورة مريم: 3.
ދާރުލް އީމާން (6 ވަނަ ފަންގިފިލާ) | މަޖީދީ މަގު | 20345 | މާލެ، ދިވެހިރާއްޖެ
1.1 ފުރަތަމަ ގޮތް : އެއީ އޭގެ އަޞްލު ޝަރީ ޢަތު ގައި ޘާބިތުވެފައިވާ ވައްތަރެވެ.
މިގޮތުން މުސްލިމުންނަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ޖަމާޢަތުގައި ދުޢާކުރުން ނުވަތަ ޤުނޫތުކިޔުން ޝަރުޢުކުރެވިފައި ވުމެވެ. އެއީ އިމާމު މުއުމިނުންނަށްޓަކައި ދުޢާކުރުމެވެ. ނަބިއްޔާ صلى الله عليه وسلم ފަތިސް ނަމާދުގައްޔާއި އެހެނިހެން ނަމާދުތަކުގައި ކާފިރުންގެ މައްޗަށް ބަދުދުޢާ ކުރެއްވުމެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުގައި ތިއްބަވާ ބޭކަލުން އާމީން ވިދާޅުވުމެވެ. އަދި ހަމަކަށަވަރުން ޢުމަރުގެފާނު ނަޞާރާއިންނާ ހަނގުރާމަ ކުރެއްވި ދުވަސްވަރު، އެކަލޭގެފާނުގެ މަޝްހޫރު ދުޢާއިން ޤުނޫތު ކިޔުއްވިކަން ޘާބިތުވެފައި ވެއެވެ. އެ ދުޢާއަކީ: "އޭ اللهއެވެ! އަހުލުކިތާބީންގެ ތެރެއިން ކާފިރުވީ މީހުންނަށް ލަޢުނަތް ލައްވާނދޭވެ..." 3
1.1.2 އިބްނު ޢައްބާސް ގެ ރިވާޔަތް ފާހަގަ ކޮށްލެވެއެވެ. عن ابن عباس -رضي الله عنهما- قال: قَنَتَ رَسُولُ اََِّّلل -صلى الله عليه وسلم- شَهْرًا مُتَتَابِعًا فِِ الظُّهْرِ وَالْعَصْرِ وَالْمَغْرِبِ وَالْعِشَاءِ وَصَلاَةِ الصُّبْحِ فِِ دُبُرِ كُلِ صَلاَةٍ إِذَا قَالَ « سََِعَ ا للََُّّ لِمَنْ حََِدَهُ ». مِنَ الرَّكْعَةِ الآخِرَةِ يَدْعُو عَلَى أَحْيَاءٍ مِنْ بَنِِ سُلَيْمٍ عَلَى رِعْلٍ وَذَكْوَانَ وَعُصَيَّةَ وَيُؤَمِنُ مَنْ خَلْفَهُ. 4 ابن عباس ގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "اللهގެ ރަސޫލާ صلى الله عليه وسلم މެދުކެނޑުމެއްނެތި އެއްމަސް ވަންދެން ޡުހުރު، ޢަޞުރު، މަޣްރިބު، ޢިޝާ އަދި ފަތިސް ނަމާދުގައި ޤުނޫތު ވިދާޅުވިއެވެ. ކޮންމެ ނަމާދެއްގެވެސް ފަހު ރަކުޢަތުގައި « سََِعَ اََُّّلل لِمَنْ حََِدَهُ ». ވިދާޅުވުމަށްފަހު، ބަނީ ސުލައިމުގެ ޤަބީލާތަކުގެ ތެރެއިން ރިޢުލް، ޛަކްވާން އަދި ޢުޞައްޔާގެ މައްޗަށް ބަދުދުޢާ ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ފަހަތުގައި ތިބޭ މީހުން އާމީން ކިޔައެވެ." 1.1.3 އަދި ބޮޑެތި މުޞިބާތްތައް ޖެހޭ ދުވަސްވަރު ޖަމާޢަތުގައި ދުޢާކުރުން ޝަރުޢުވެގެންވާކަމުގެ ދަލީލުތަކުގެ ތެރެއިން އަނަސް ބުން މާލިކު ރިވާކުރެއްވި އަންނަނިވި ޙަދީޘް ހިމެނެއެވެ. عن أَنَس بن مالك قَالَ: أَصَابَ أَهْلَ الْمَدِينَةِ قَحْطٌ عَلَى عَهْدِ رَسُولِ اََِّّلل -صلى الله عليه وسلم- فَبَيْنَمَا هُوَ يََْطُبُنَا يَوْمَ جُُُعَةٍ إِذْ قَامَ رَجُلٌ، فَقَالَ يََ رَسُولَ ا للََِّّ ! "هَلَكَ الْكُرَاعُ هَلَك الشَّاءُ فَادْعُ ا للَََّّ أَنْ يَسْقِيَنَا" «فَمَدَّ يَدَيْهِ وَدَعَا». قَالَ أَنَسٌ: وَإِنَّ السَّمَاءَ لَمِثْلُ الزُّجَاجَةِ فَهَاجَتْ رِيحٌ ثَُُّ أَنْشَأَتْ سَحَابَةً ثَُُّ اجْتَمَعَتْ ثَُُّ أَرْسَلَتِ السَّمَاءُ عَزَالِيَهَا فَخَرَجْنَا نََُوضُ الْمَاءَ حَتََّّ أَتَيْنَا مَنَازِلَنَا فَلَمْ يَزَلِ الْمَطَرُ إِلََ ا لُْْمُعَةِ الأُخْرَى، فَقَامَ إِلَيْهِ ذَلِكَ الرَّجُلُ أَوْ غَيُْْهُ فَقَالَ : يََ رَسُولَ ا !ََِّّلل تَََدَّمَتِ الْبُيُوتُ، فَادْعُ ا للَََّّ أَنْ يَُْبِسَهُ، فَتَبَسَّمَ رَسُولُ اََِّّلل -صلى الله عليه وسلم- «َ ثَُُّ قَال حَوَالَيْنَا
3 مجموع الفتاوى، المؤلف : أحمد بن عبد الحليم ابن تيمية الحراني .، 270/22 ، الناشر : دار الوفاء، الطبعة : الثالثة ، 1426 ه / 2005 م، (بتصرف يسير)
4 سنن أبي داؤد،كتاب الوتر، باب الْقُنُوتِ فِِ الصَّلَوَاتِ. މިއީ ޙަދީ ޘެއްކަމަށް އައްޝައިޚުލްއަލްބާނީ ވިދާޅުވެފައި ވެއެވެ. ޙަސަންދަރަޖައިގެ
وَلََ عَلَي.»ْنَا 5 އަނަސް ބުން މާލިކުގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللهގެ ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި މަދީނާގެ އަހުލުވެރިންނަށް ތަދުމަޑުކަމެއް ކުރިމަތިވިއެވެ. އެއްދުވަހަކު ހުކުރު ދުވަހެއްގައި އެކަލޭގެފާނު ޚުޠުބާ ދެއްވަމުން ގެންދަވަނިކޮށް، މީހަކު ތެދުވެ ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ! ސޫފިތައް ހަލާކުވެއްޖެއެވެ. ބަކަރިތައް ހަލާކުވެއްޖެއެވެ. ފަހެ، އަހަރެމެންނަށް ވާރޭ ވެއްސެވުމަށް الله އަށް ދުޢާކޮށްދެއްވާށެވެ ! ދެން އެކަލޭގެފާނު ދެއަތްޕުޅު ނަންގަވައި ދުޢާކުރެއްވިއެވެ ."
1.1.4 އަނަސްގެފާނު ވިދާޅުވިއެވެ . "އަދި ހަމަކަށަވަރުން އުޑު ހުރީ ބިއްލޫރިއެއް ފަދައިންނެވެ. ދެން ވައި އައިސް، ވިލާގަނޑެއް އުފެދި، އެއްވެ، އުޑުން ވާރޭ ވެހެން ފެށިއެވެ. ދެން އަހަރެމެން ނުކުމެ، ފެނުގައި ހިނގަމުން އަހަރެމެންގެ ގެތަކަށް ދިޔައީމެވެ. ދެން ވާރޭ ވެހެމުން ދިޔައީ ޖެހިގެން އައި ހުކުރު ދުވަހާ ހަމައަށެވެ. ދެން އެ މީހާ ނުވަތަ އެހެން މީހަކު ތެދުވެ ދެންނެވިއެވެ . އޭ اللهގެ ރަސޫލާއެވެ! ގެތައް ވެއްޓެން ފަށައިފިއެވެ. ފަހެ، އެ (ވާރޭ) ހުއްޓުވައިދެއްވުމަށް الله އަށް ދުޢާކޮށްދެއްވާށެވެ! ދެން اللهގެ ރަސޫލާ صلى الله عليه وسلم ހިނިވަރުނަ ކުރައްވައި، ވިދާޅުވިއެވެ. އަ ހަރެމެންގެ ވަށައިގެންނެވެ. އަހަރެމެންގެ މައްޗަކަށް ނޫނެވެ."
1.1.5 އަދި ހަމައެފަދައިން، ޖުމްހޫރު އިލްމުވެރިން ދެކެވަޑައިގަންނަވަނީ ހުކުރު ދުވަހު ޚަޠީބުގެ ދުޢާއަށް ނަމާދުކުރާ މީހުން އާމީން ކިޔުން ހުއްދަވެގެންވާ ކަމަށެވެ. އަދި ކިއެއްތަ، އެކަން މުސްތަޙައްބުވެގެންވާ ކަމަށެވެ. އަދި ހަމައެހެންމެ އިސްތިސްޤާ ނަމާދުގައާއި، އެނޫންވެސް ޝަރުޢުގައި ކަނޑައެޅިފައިވާ ތަންތާނގައިވެސް ދުޢާއަށް އާމީން ކިޔުން މުސްތަޙައްބުވެގެންވާ ކަމަށެވެ. 6
1.1.6 قال السيد سابق في فقه السنة : "أن يدعو الَمام في خطبة الْمعة ويؤمن المصلون على دعائه لما رواه البخاري 7 ومسلم عن شريك عن أنس أن رجلا دخل المسجد يوم الْمعة ورسول الله صلى الله عليه وسلم قائم يَطب فقال: يَ رسول الله هلكت الَموال، وانقطعت السبل فادع إلينا يغيثنا..."الحديث. ސައްޔިދު ސާބިޤު "ފިޤްހުއްސުންނާ" ގައި ވިދާޅުވެފައި ވެއެވެ. "ހުކުރު ޚުޠުބާގައި އިމާމު ދުޢާކުރުމާއި، ނަމާދުކުރާ މީހުން އެ ދުޢާއަށް އާމީން ކިޔުން (ހުއްދަވެގެންވެއެވެ). އެއީ ބުޚާރީއާއި މުސްލިމް، ޝަރީކުގެ ކިބައިން، އަނަސްގެފާނުގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވާ ފަދައިންނެވެ. "ހަމަކަށަވަރުން މީހަކު ހުކުރު ދުވަހެއްގައި މިސްކިތަށް ވަދެވަޑައިގަތެވެ. އެވަގުތު اللهގެ ރަސޫލާ صلى الله عليه وسلم ޚުޠުބާ ދެއްވަން ހުންނެވިއެވެ. އެމީހާ ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ! މުދާތައް ހަލާކުވެއްޖެއެވެ. މަގުތައް ބަންދުވެއްޖެއެވެ. ފަހެ، އަހަރެމެންނަށް ވާރޭ ވެއްސެވުމަށް ދުޢާކޮށްދެއްވާށެވެ..." އަދި ހަމައެހެންމެ
5 سنن أبي داؤد، الإستسقاء، باب رَفْعِ الْيَدَيْنِ فِِ ا لَِسْتِسْقَاءِ. މިއީ ޞަޙީޙު ޙަދީ ޘެއްކަމަށް އައްޝައިޚުލްއަލްބާނީ ވިދާޅުވެފައި ވެއެވެ. . 6 الموسوعة الفقهية الكويتية، صادر عن : وزارة الأوقاف والشئون الإسلامية – الكويت، 116/1 ، الطبعة الثانية ، دارالسلاسل - الكويت 7 صحيح البخاري، أَبْوَابُ ا لَِسْتِسْقَاءِ، باَب ا لَِسْتِسْقَاءِ فيِ الْمَسْجِدِ ا لَْْامع
މުސްލިމުންނަށް ބޮޑު ކަމެއް ދިމާވުމުން މިސްކިތުގައި ނުވަތަ މިސްކިތުން ބޭރުގައި، ނަމާދަކާ ނުލައި ހަމައެކަނި ޖަމާޢަތުގައި ދުޢާކުރުން ހުއްދަވެގެންވެއެވެ. އެއީ އައްސައްޔިދު ސާބިޤު "ފިޤްހުއްސުންނާ" ގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ. ވިދާޅުވެއެވެ. "ހުކުރު ދުވަސް ނޫން ދުވަހެއްގައި،މުސްލިމުންނަށް ބޮޑު ކަމެއް ދިމާވުމުން ނަމާދަކާ ނުލައި، މިސްކިތުގައި ނުވަތަ މިސްކިތުން ބޭރުގައި ހަމައެކަނި ޖަމާޢީކޮށް ދުޢާކުރުން ހުއްދަވެގެންވެއެވެ. އެއީ އިބްނު މާޖާ 8 އަދި އަބޫ ޢަވާނާ ރިވާކުރައްވާފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. އިބްނު ޢައްބާސް ވިދާޅުވިއެވެ. އަޢުރާބީއަކު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ! ހަމަކަށަވަރުން އަހަރެން ތިބާގެ އަރިހަށް މިއައީ، އެބައެއްގެ ޖަމަލުތަކަށް ކާއެއްޗެހި ނުލިބޭ އަދި އެބައެއްގެ ޖަމަލުތަ އް އަނަރޫފަވެފައިވާ ބައެއްގެ ކައިރިންނެވެ. ދެން ނަބިއްޔާ صلى الله عليه وسلم މިންބަރަށް އަރާވަޑައިގެން، اللهއަށް ޙަމްދު ޘަނާ ދެންނެވުވުމަށްފަހު ދުޢާކުރައްވަމުން ދެންނެވިއެވެ. އޭ اللهއެވެ! އަޅަމެންނަށް އެހީތެރިވެވޮޑިގަންނަވާ، ފައިދާހުރި، ފެހި ކުރުވަނިވި، ފުޅާކޮށް ވެހޭ، ގިނަ، އަވަސް، ލަސްނުވާ ވާރޭއެއް ވެއްސަވާނދޭވެ! ދެން އެކަލޭގެފާނު (މިންބަރުން) ފައިބައިވަޑައިގަތެވެ. ދެން އެއްވެސް ދިމާލަކުން އެކަލޭގެފާނުގެ އަރިހަށް އަންނަ ކޮންމެ މީހަކު ބުނަނީ: ހަމަކަށަވަރުން އަހަރެމެން ދިރުމެއް ލިބިއްޖެއެވެ." މި ޙަދީޘް ރިވާކުރައްވާފައިވަނީ އިބްނު މާޖާ އަދި އަބޫ ޢަވާނާއެވެ. އަދި "الزوائد" ގައި މި ޙަދީޘްގެ އިސްނާދު ޞައްޙަ އަދި އޭގެ ރާވީން ނަކީ އިތުބާރުހުރި ޘިޤާ ރާވީންކަމަށް ވިދާޅުވެފައި ވައެވެ. އަދި ޙާފިޡު (އިބްނު ޙަޖަރު) "އައްތަލްޚީޞް" ގައި މިއާ މެދު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. 9 ނަމަވެސް އައްޝައިޚުލް އަލްބާނީ މިރިވާޔަތް ޟަޢީފުކަމަށް ވިދާޅުވެފައި ވެއެވެ. البدر المنيْ ގައި މިޙަދީޘަކީ ހަސަން ދަރަޖަ އިގެ ޙަދީޘެއްކަމަ ށް ވިދާޅުވެފައި ވެއެވެ.10 އަލްއިމާމުއްޝަވްކާނީވެސް ވިދާޅުވާނީ މިރިވާޔަތުގެ ރާވީންނަކީ އިތުބާރުހުރި ޘިޤާ ރާވީންކަމުގައެވެ. 11 ވީމާ ބޮޑަށް ބުރަވެވެނީ މިރިވާޔަތަކީ ޤަބޫލުކުރެވޭ ދަރަޖައިގެ ރިވާޔަތެއްކަމަށެވެ.
1.1.7 ދުޢާގައި އާމީން ކިޔުމުގެ މާތްކަމުގެ ދަލީލުތަކުގެ ތެރެއިން އަންނަނިވި ޙަދީޘް ހިމެނެއެވެ. عن عَائِشَةَ عَنْ النَّبِِ صَلَّى ا للََُّّ عَلَيْهِ وَسَلَّمَ قَالَ: «مَا حَسَدَتْكُمْ الْيَهُودُ عَلَى شَيْءٍ مَا حَسَدَتْكُمْ عَلَى السَّلاَمِ وَالتَّأْمِينِ». 12 ޢާއިޝާގެފާނުގެ ކިބައިން
8 سنن ابن ماجة، كتاب إقامة الصلاة والسنة فيها ، باب ما جاء في الدعاء في الَستسقاء ، މިއީ ޞަޙީޙު ޙަދީޘެއްކަމަށް އައްޝައިޚުލްއަލްބާނީ 9 فقه السنة للسيد سابق، 217/1 ، المكتبة الشاملة
10 البدر المن يْ في تخريج الأحاديث والأثار الواقعة في الشرح الكبيْ، المؤلف : ابن الملقن سراج الدين أبو حفص عمر بن علي بن أحَد الشافعي المصري، 164/5 ، الطبعة : الَو لَ ، 1425ه-2004م.
11 نيل الأوطار من أحاديث سيد الأخيار شرح منتقى الأخبار، المؤلف : محمد بن علي بن محمد الشوكاني، 35/4 ، الناشر : إدارة الطباعة المنيْية 12 صحيح الترغيب والترهيب، المؤلف : محمد ناصر الدين الألباني، 124/1 ، كتاب الصلاة ، الترغيب في التأمين خلف الإمام وفي الدعاء وما يقوله في الاعتدال والاستفتاح الناشر : مكتبة المعارف – الرياض، الطبعة : الخامسة
ރިވާވެ ފައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ޔަހޫދީން ތިޔަބައިމީހުންނަށް ޙަސަދަވެރިވާ އެއްވެސް ކަމެއްގައި، ސަލާމްދިނުމާއި އާމީން ކިޔުމަށް ޙަސަދަވެރިވާ ވަރަށް ޙަސަދަވެރިވެފައެއް ނުވެއެވެ ." 1.1.8 البحر المديد" ގެ މުއައްލިފު، މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ. ﴿قَالَ قَدْ أُجِيبَتْ دَعْوَتُكُمَا فَاسْتَقِيمَا وَلََ تَتَّبِعَانِ سَبِيلَ الَّذِين لََ يََعْلَمُونَ﴾ 13 މާނައީ: "(الله) ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަ ދެ ބޭކަލުންގެ ދުޢާ އިޖާބަކުރެވިއްޖެއެވެ. ފަހެ، ތިޔަ ދެބޭކަލުން ސާބިތުވެ ތިއްބަވާށެވެ! އަދި ނޭނގޭ މީހުންގެ މަގަށް ތިޔަ ދެބޭކަލުން ތަބާވެ ވަޑައިނުގަންނަވާށެވެ. މުފައްސިރު ވިދާޅުވެއެވެ. މިއާޔަތުގައިވާ ﴿قد أجيَبت دعوتُكما﴾ "ހަމަކަށަވަރުން، ތިޔަ ދެބޭކަލުންގެ ދުޢާ އިޖާބަކުރެވިއްޖެއެވެ." (ދުޢާކުރެއްވީ މޫސާގެފާނު އެކަންޏެވެ. ނަމަވެސް) ދުޢާ ނިސްބަތްކުރެވިފައިވަނީ އެދެބޭކަލުންނަށެވެ. އެބަހީ މޫސާގެފާނާއި ހާރޫނުގެފާނަށެވެ. އެއީ ހާރޫނުގެފާނު ، މޫސާގެފާނު ންގެ ދުޢާއަށް އާމީން ވިދާޅުވުމުންނެ ވެ. 14
1.2 ދެވަނަ ގޮތް : އެއީ އޭގެ އަޞްލު ޝަރީ ޢަތު ގައި ޘާބިތުވެފައި ނުވާ ވައްތަރެވެ.
އެއީ މީހަކު ބަޔަކު މީހުން އެއްކޮށްގެން ހަމައެކަނި ދުޢާކުރުމުގެ މަޤްޞަދުގައި، ޝަރުޢީ ސަބަބެއް ނުވަތަ ޢިބާދަތުގެ މުނާސަބަތެއް ނެތި އެއްވުމެވެ. މިފަދަ ގޮތަކަށް ދުޢާކުރުމަށް އެއްވުމަކީ ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ކިބައިން އެނގިފައިވާ ކަމެއް ނޫނެވެ. އެބޭކަލުން ޝަރުޢުގައި ކަނޑައެޅިފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި މިފަދައިން ދުޢާކުރުމަށް އެއްވެވަޑައިނުގަންނަވައެވެ. عَن أَبيِ عُثْمَانَ، قَالَ:كَتَب عَامِل لِعُمَر بْنِ ا لَْْطَّابِ إِلَيْهِ أَنَّ هَاهُنَا قَوْمًا يََْتَمِعُونَ فَيَدْعُونَ لِلْمُسْلِمِين وَلِلَْْمِيِْ، فَكَتَب إِلَيْهِ عُمَر: «أَقْبِل وَأَقْبِل بِِِم مَعَكَ»، فَأَقْبَلَ، وَقَالَ عُمَر لِلْبَوَّابِ: «أَعِدَّ لِ سَوْطًا»، فَلَمَّا دَخَلُوا عَلَى عُمَر أَقْبَل عَلَى أَمِيِْهِم ضَرْبا باِلسَّوْطِ، فَقَالَ: عُمَرُ، إََِّن لَسْنَا أُولَئِكَ الَّذِين يَعْنِ أُولَئِكَ قَوْم يََْتُونَ مِن قِبَلِ الْمَشْرِقِ. ًََْيٌَََْ
15 އަބޫ ޢުޘްމާނުގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޢުމަރު ބުން އަލްޚައްޠާބުގެ ގަވަރުނަރެއް އެކަލޭގެފާނަށް ސިޓީއެއް ލިޔުއްވިއެވެ. އެ ސިޓީގައި ވިދާޅުވެފައި ވެއެވެ. "މިތާނގައި ބަޔަކު މީހުން އެއްވެ، މުސްލިމުންނަށާއި އަމީރަށް (ވެރިޔާއަށް) ދުޢާކުރެއެވެ." ދެން ޢުމަރުގެފާނު އޭނާއަށް ލިޔުއްވިއެވެ. "ތިބާ އަންނާށެވެ! އަދި އެމީހުން ތިބާއާއެކު ގެންނާށެވެ!" ދެން އޭނާ އައެވެ. އަދި ޢުމަރުގެފާނު ދޮރުވާނަށް ވިދާޅުވިއެވެ. "ތިމަންނައަށް އަސާކޮޅެއް ތައްޔާރުކޮށްދޭށެވެ." ދެން އެމީހުން ޢުމަރުގެފާނުގެ އަރިހަށް ވަދެވަޑައިގަތް ހިނދު، އެކަލޭގެފާނު
13 سورة يونس: 89.
14 البحر المديد، المؤلف : أحَد بن محمد بن المهدي بن عجيبة الحسن الإدريسي الشاذل الفاسي أبو العباس، 249/3 ، دار النشر / دار الكتب العلمية بيْوت، الطبعة الثانية / 2002 م 1423 ه
15 المصنف في الأحاديث والآثار،المؤلف: أبو بكر بن أبي شيبة، عبد الله بن محمد بن إبراهيم بن عثمان بن خواستي العبسي، 290/5 ، الناشر: مكتبة الرشد – الريَض، الطبعة: الأولَ، 1409 وسنده هكذا: حدثنا معاوية بن هشام قال حدثنا سفيان عن سعيد الْريري عن أبي عثمان قال كتب عامل لعمر بن الْطاب إليه....
އެމީހުންގެ އަމީރު ގެ ހަށިކޮޅުގައި އަސާކޮޅުން ތަޅުއްވަން ފެއްޓެވިއެވެ. ދެން އޭނާ ދެންނެވިއެވެ. "އޭ ޢުމަރުގެފާނެވެ! ހަމަކަށަވަރުން އަހަރެމެންނަކީ އެމީހުނެއް ނޫނެވެ. އެމީހުން އަންނަހުށީ އިރުމަތި ފަރާތުންނެވެ." މި ރިވާޔަތުގެ ސަނަދު "ما ورد في القصاص من الأخبار" ގައި ޙަސަން ދަރަޖައިގެ ކަމަށް ޙުކުމްކުރެވިފައި ވެއެވެ. 16 ނަމަވެސް އަހަރެން ދެކޭގޮތުގައި މި ސަނަދު ޞައްޙައެއް ނުވެއެވެ. އަދި ކިއެއްތަ، މިއީ ޟަޢީފް ރިވާޔަތެކެވެ. އެއީ ސަނަދުގައި معاوية بن هشام ހިމެނިފައިވާތީއެވެ. އަދި ގިނަ އިމާމުން އޭނާއާ މެދު ވާހަކަދައްކާފައިވެއެވެ .
އަލް ޙާފިޡު އިބްނު ޙަޖަރު "التقريب" ގައި ވިދާޅުވެފައި ވެއެވެ . "ތެދުވެރި މީހެކެވެ. ނަމަވެސް އޭނާއަށް އޮޅުންތަކެއް އަރާފައި ވެއެވެ." 17 ވީމާ ޤަބޫލުކުރެވެނީ މިފަދަ މީހެއްގެ ޙަދީޘް ޙަސަން ދަރަޖައަކަށް ނުދާނެކަމަށެވެ. އަދިވެސް އަލްޙާފިޡު އިބްނު ޙަޖަރު މިރާވީއާ ބެހޭގޮތުން ވިދާޅުވެއެވެ. عثمان بن أبي شيبة ވިދާޅުވެފައި ވެއެވެ. "ތެދުވެރި މީހެކެވެ. ނަމަވެސް ޙުއްޖަތެއް ނޫނެވެ." الساجي ވިދާޅުވެފައި ވެއެވެ. "އެއީ ތެދުވެރިއެކެވެ. (ނަމަވެސް) އޮޅުންތަކެއް އަރާ ރާވީއެކެވެ. الإمام أحَد بن حنبل ވިދާޅުވެފައި ވެއެވެ . "ގިނައިން ކުށްކުރާ ރާވީއެކެވެ. 18
ދަންނައެވެ ! މީސްތަކުން ވަކި މަޤްޞަދެއްގައި އެއްވެއްޖެނަމަ، މިސާލަކަށް ދަރުސެއް، ނުވަތަ މަސައްކަތުގެ ބައްދަލުވުމެއް ، ނުވަތަ ޢާންމު މުނާސަބަތެއްގައި، ދެން އެ ބައްދަލުވުން ނިންމާލުމުގެ ގޮތުން ހިދާޔަތަށް ނުވަތަ ބަރަކާތަށް އެދި ޖަމާޢަތުގައި ދުޢާއެއް ކުރިނަމަވެސް، މިކަން ޢާދައެއްގެ ގޮތުގައި ނުހަދާހާ ހިނދަކު، ނުވަތަ މިއީ ވަކި ވަގުތެއް ނުވަތަ ވަކި ގޮތެއް ކަނޑައެޅިފައިވާ ޚާއްޞަ ޢިބާދަތެއްކަމަށް ޤަބޫލުނުކުރާހާ ހިނދަކު މިކަން ބިދުޢައެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އަދި ކިއެއްތަ، މިއީ ކޮންމެ ވަގުތެއްގައިވެސް ޝަރުޢުގައި ހުއްދަވެގެންވާ ދުޢާކުރުމުގެ ބާބުގެ ތެރެއިންނެވެ. އެއީ މިކަމާއެކު ޚާއްޞަ ކަމެއްގެ ގޮތުގައި ޤަބޫލުކުރުމެއް ނެތްހާ ހިނދަކު ނުވަތަ މިއީ ޝަރުޢުގައި އޮތްކަމެއްކަމަށް ހީވާފަދަ ގޮތަކަށް އަބަދުމެ ކުރަމުން ނުދާ ނަމަ މައްސަލައެއް ނެތެވެ . عَنْ خَالِدِ بْنِ أَبيِ عِمْرَانَ، أَنَّ ابْنَ عُمَرَ، قَالَ: قَلَّمَاكَانَ رَسُولُ اللهِ -صَلَّى ا للََُّّ عَلَيْهِ وَسَلَّم- يَقُومُ مِنْ مََْلِسٍ حَتََّّ يَدْعُوَ بَِِؤُلََءِ الدَّعَوَاتِ لأَصْحَابِهِ: «اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَُُولُ بَيْنَنَا وَبَينَْ مَعَاصِيكَ، وَمِنْ طَاعَتِكَ مَا تُبَلِغُنَا بِهِ جَنَّتَكَ، وَمِنَ اليَقِينِ مَا تََُوِنُ بِهِ عَلَيْنَا مُصِيبَاتِ الدُّنْيَا، وَمَتِعْنَا بَِِسََْاعِنَا وَأَبْصَارِنََ وَقُوَّتِنَا مَا أَحْيَيْتَنَا، وَاجْعَلْهُ الوَارِثَ مِنَّا، وَاجْعَل ثََْرَْنََ عَلَى مَنْ ظَلَمَنَا، وَانْصُرْنََ عَلَى مَنْ عَادَا نََ، وَلََ تََْعَلْ مُصِيبَتَنَا فيِ دِينِنَا، وَلََ تََْعَلِ الدُّنْيَا أَكْبَََ هَِنَا وَلََ مَبْلَغَ عِلْمِنَا، و لََ تُسَلِطْ عَلَيْنَا مَن لََ يَْرْحََُنَا». 19 ޚާލިދު ބުން
16 ما ورد في القصاص من الأخبار، 13/1 ، المكتبة الشاملة
17 تقريب التهذيب للحافظ ابن حجر ، 538/2 ، المكتبة الشاملة
18 تَذيب التهذيب للحافظ ابن حجر، 196 /10 ، المكتبة الشاملة
19 سنن الترمذي، كتاب الدعوات عن رسول الله صلى الله عليه و سلم ، باب 80 .މިއީ ޙަސަންދަރަޖައިގެ ޙަދީޘެއްކަމަށް އައްޝައިޚުލްއަލްބާނީ
އަބީ ޢިމްރާނުގެ އަރިހުން ރިވާވެ ފައި ވެއެވެ. ހަމަކަށަވަރުން އިބްނު ޢުމަރު ވިދާޅުވިއެވެ. "اللهގެ ރަސޫލާ صلى الله عليه وسلم މަޖިލިހަކުން ތެދުވެވަޑައިގަންނަވާއިރު، އެކަލޭގެފާނުގެ ޞަޙާބީންނަށްޓަކައި މި ދުޢާތައް ނުކުރައްވައި ވަޑައިގަންނަވާ ފަހަރެއް މަދުވާނެއެވެ. "އޭ اللهއެވެ! އަޅަމެންނާއި އިބަރަސްކަލާނގެއަށް އުރެދުމާ ދެމެދު ހުރަސްއަޅާނެ ބިރުވެތިކަމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ސުވަރުގެއަށް އަޅަމެން ވާޞިލުކޮށްދޭނެ ކިޔަމަންތެރިކަމެއް (ދެއްވާނދޭވެ)! އަދި ދުނިޔޭގެ މުޞީބާތްތައް އަޅަމެންނަށް ލުއިކޮށްދޭނެ ޔަޤީންކަމެއް (ދެއްވާނދޭވެ)! އަދި އަޅަމެން ދިރިތިބިހާ ހިނދަކު، އަޅަމެންގެ އިވުމާއި ފެނުމާއި ބާރުން އަޅަމެންނަށް މަންފާކުރުވާނދޭވެ! އަދި އެ (ނިޢުމަތްތައް) އަޅަމެންގެ ކިބައިން ވާރުތަވާ އެއްޗެއްކަމުގައި ލައްވާނދޭވެ! އަދި އަޅަމެންނަށް އަނިޔާވެރިވި މީހުންގެ މައްޗަށް އަޅަމެންގެ ބަދަލުހިފުން ލައްވާނދޭވެ! އަދި އަޅަމެންނާ ޢަދާވާތްތެރިވި މީހުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ! އަދި އަޅަމެންގެ ދީނުގައި އަޅަމެންނަށް މުޞީބާތެއް ނުލައްވާނދޭވެ! އަދި ދުނިޔެ އަޅަމެންގެ އެންމެ ބޮޑު ކަމަކަށް އަދި އަޅަމެންގެ ޢިލްމުގެ ނިމުމަކަށް ނުލައްވާނދޭވެ! އަދި އަޅަމެންނަށް ރަޙުމްނުކުރާނެ މީހަކު އަޅަމެންގެ މައްޗަށް ވެރިނުކުރައްވާނދޭވެ!'"
އަލްއިމާމުއްނަވަވީ އެކަލޭގެފާނުގެ "الأذكار " ފޮތުގައި މި ޙަދީޘަށް ބާބެއް ހައްދަވާފައި ވެއެވެ. "އެއީ ޖަމާޢަތެއްގައި އިންނަ މީހާ، އޭނާއަށާއި އޭނާއާއެކު ތިބި މީހުންނަށް ދުޢާކުރުމުގެ ބާބު" 20 މިފަދައިންނެވެ.
1.2.2 عَنْ محَُمَّدِ بْنِ قَيْسٍ، عَنْ أَبِيهِ، أَنَّهُ أَخْبَََهُ أَنَّ رَجُلاً جَاءَ زَيْدَ بْنَ ثاَبِتٍ، فَسَأَلَهُ عَنْ شَيْءٍ، فَقَالَ لَهُ زَيْدٌ: عَلَيْكَ أَباَ هُرَيْرَةَ، فَإِنيِ بَيْنَمَا أ نَ وَأَبُو هُرَيْرَةَ، وَفُلاَنٌ فيِ الْمَسْجِدِ ذَاتَ يَوْمٍ نَدْعُو اللهَ، وَنَذْكُرُ رَبَّنَا خَرَجَ عَلَيْنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَتََّّ جَلَسَ إِلَيْنَا فَسَكَتْنَا فَقَالَ: «عُودُوا لِلَّذِي كُنْتُمْ فِيهِ» قَالَ زَيْدٌ: فَدَعَوْتُ أَنََ وَصَاحِبََّ قَبْلَ أَبيِ هُرَيْرَةَ، وَجَعَلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُؤَمِنُ عَلَى دُعَائِنَا، ثَُُّ دَعَا أَبُو هُرَيْرَةَ، فَقَالَ: اللهُمَّ إِنيِ أَسْأَلُكَ مِثْلَ مَا سَأَلَكَ صَاحِبَايَ هَذَانِ، وَأَسْأَلُكَ عِلْمًا لََ يُنْسَى، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «آمِينَ». 21 މުޙައްމަދު ބުން ޤައިސް، އޭނާގެ ބައްޕަގެ އަރިހުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން އޭނާގެ ބައްޕަ އޭނާއަށް ޚަބަރު ދެއްވިއެވެ" .ހަމަކަށަވަރުން މީހަކު ޒައިދު ބުން ޘާބިތުގެ އަރިހަށް އައިސް، އެއްޗަކާ ބެހޭގޮތުން ސުވާލު ދެންނެވިއެވެ. ދެން ޒައިދު އޭނާއަށް ވިދާޅުވިއެވެ. "ތިބާ އަބޫހުރައިރާގެ އަރިހަށް ދާށެވެ. ފަހެ، ހަމަކަށަވަރުން އެއްދުވަހަކު ތިމަންކަލޭގެފާނާއި އަބޫހުރައިރާ އާއި އަދި އެހެން ބޭކަލަކު މިސްކިތުގައި اللهއަށް ދުޢާކުރުމަށާއި ޛިކުރުކުރަން ތިއްބަވަނިކޮށް، اللهގެ ރަސޫލާ صلى الله عليه وسلم ތިމަންމެންގެ ގާތަށް
20 الأذْكَارُ النَّوَويَّة للإِمام النَّوَوي، 376/1 ،
21 سنن النسائي الك بَى،كِتَابُ الْعِلْمِ، مَسْأَلَةُ عِلْم لََ يٍُنْسَى
ނުކުމެވަޑައިގެން، ތިމަންމެނާ އެކުގައި އިށީނދެވަޑައިގަތެވެ. ދެން ތިމަންމެން ހަނުހިމޭންވީމެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ކުރަމުންދިޔަ ކަމަށް އަނބުރާ ދާށެވެ." ޒައިދު ވިދާޅުވިއެވެ. "ދެން އަހަރެންނާއި އަހަރެންގެ އެކުވެރިޔާ އަބޫ ހުރައިރާގެ ކުރިން ދުޢާކުރީމެވެ. އަދި اللهގެ ރަސޫލާ صلى الله عليه وسلم އަޅަމެންގެ ދުޢާއަށް އާމީން ވިދާޅުވަމުން ގެންދެވިއެވެ. ދެންއަބޫ ހުރައިރާ ދުޢާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ اللهއެވެ! ހަމަކަށަވަރުން އަޅު އިބަރަސްކަލާނގެ ޙަޟްރަތުން އެދެނީ މި ދެއެކުވެރިން އެދުނު ފަދައިން އެދުމަށެވެ. އަދި ހަނދާންނުނެތޭ ޢިލްމަކަށެވެ. ދެން اللهގެ ރަސޫލާ صلى الله عليه وسلم "އާމީން" ވިދާޅުވިއެވެ." މިޙަދީޘްގެ ސަނަދު ޖައްޔިދު ކަމަށް އެބަހީ ރަނގަޅުކަމަށް އަލްޙާފިޡު އިބުނު ޙަޖަރު " الإصابة في تمييز الصحابة"ގައި ވިދާޅުވެފައި ވެއެވެ. 22
1.2.3 عَنْ أَبِِ هُرَيْرَةَ قَالَ قَالَ رَسُولُ اََِّّلل -صلى الله عليه وسلم- « يَقُولُ ا للََُّّ عَزَّ وَجَلَّ أَنََ عِنْدَ ظَنِ عَبْدِى وَأَنََ مَعَهُ حِينَ يَذْكُرُنِِ فَإِنْ ذَكَرَنِِ فِِ نَفْسِهِ ذَكَرْتُه فِِ نَُفْسِى وَإِنْ ذَكَرَنِِ فِِ مَلإٍ ذَكَرْتُهِِفُ مَلإٍ خَيٍْْ مِنْه ......» 23 އަބޫ ހުރައިރާގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "މާތް الله ވަޙީކުރައްވައެވެ . ތިމަން ރަސްކަލާނގެ ވޮޑިގެންވަނީ ތިމަން ރަސްކަލާނގެ އަޅާ ތިމަން ރަސްކަލާނގެއާމެދު ހީކުރާ ގޮތެއްގައެވެ. އަދި އޭނާ ތިމަން ރަސްކަލާނގެ ޛިކުރުކުރާ ހިނދު، ތިމަން ރަސްކަލާނގެ އޭނާއާ އެކުގައި ވޮޑިގެންވަމެވެ. ފަހެ، އޭނާ އޭނާގެ ހިތުން ތިމަން ރަސްކަލާނގެ ޛިކުރުކޮށްފިނަމަ، ތިމަން ރަސްކަލާނގެ ޒާތުފުޅުގައި އޭނާ ޛިކުރުކުރައްވަމެވެ. އަދި އޭނާ ޖަމާޢަތެއްގެ ތެރޭގައި ތިމަން ރަސްކަލާނގެ ޛިކުރުކޮށްފިނަމަ، ތިމަން ރަސްކަލާނގެ އެއަށްވުރެ ހެޔޮ ޖަމާޢަތެއްގެ ތެރޭގައި އޭނާ ޛިކުރުކުރައްވަމެވެ. މިޙަދީޘްގައިވާ «وإن ذكرني في ملا ذكرته في ملا خ يْ منه ». والذكر في الملاً لَ يكون إ لَ عن جهر . 24 و الدعاء من الذكر އެކަލާންގެ ބަސްފުޅު "އަދި އޭނާ ޖަމާޢަމާޢަތެއްގެ ތެރޭގައި ތިމަން ރަސްކަލާނގެ ޛިކުރުކޮށްފިނަމަ، ތިމަން ރަސްކަލާނގެ އެއަށްވުރެ ހެޔޮ ޖަމާޢަތެއްގެ ތެރޭގައި އޭނާ ޛިކުރުކުރައްވަމެވެ."
22 الإصابة في تمييز الصحابة، للحافظ ابن حجر، 438/7 ، حرف الهاء
23 صحيح مسلم،كِتَاب الذكر والدعاء والتوبة، باب فَضْلِ الذِكْرِ وَالدُّعَاءِ وَالتَّقَرُّبِ إِلََ ا للََِّّ تَعَا لََ.
24 الحاوي للفتاوي في الفقه وعلوم التفس يْ والحديث والأصول والنحو والإعراب وسائر الفنون، المؤلف : جلال الدين عبد الرحَن بن أبي بكر السيوطي، 376/1 ، دار النشر : دار الكتب العلمية - بيْوت / لبنان - 1421ه - 2000 م، الطبعة : الأولَ .
2. ޖަމާޢަތެއްގެ ތެރޭގައި ކުރެވޭ ޛިކުރު ކުރެވޭހުށީ އަޑުހަރުކޮށެވެ . އަދި ދުޢާ ވެސް ހިމެނެނީ ޛިކުރުގެ ތެރެއިންނެ ވެ . عَنْ أَبيِ هُرَيْرَةَ قَالَ قَالَ رَسُولُ اََِّّلل -صَلَّى ا للََُّّ عَلَيْهِ وَسَلَّم-« إِنَّ للََِِّّ مَلاَئِكَةً يَطُوفُونَ فيِ الطُّرُقِ يَلْتَمِسُونَ أَهْلَ الذِكْرِ فَإِذَا وَجَدُوا قَوْمًا يَذْكُرُونَ ا للَََّّ تَنَادَوْا هَلُمُّوا إِلََ حَاجَتِكُمْ قَالَ فَيَحُفُّو نََُمْ بَِِجْنِحَتِهِمْ إِلََ السَّمَاءِ الدُّنْيَا». .... وفيه....«قَالَ فَمِمَّ يَتَعَوَّذُونَ قَالَ يَقُولُونَ مِنْ النَّارِ قَالَ يَقُولُ وَهَلْ رَأَوْهَا قَالَ يَقُولُونَ لََ وَا للََِّّ يََ رَبِ مَا رَأَوْهَا قَالَ يَقُولُ فَكَيْفَ لَوْ رأَوْهَا قَالَ يََقُولُونَ لَوْ رَأَوْهَاكَانُوا أَشَدَّ مِنْهَا فِرَارًا وَأَشَدَّ لهََا مَََافَةً قَالَ فَيَقُولُ فَأُشْهِدُكُمْ أَنيِ قَدْ غَفَرْتُ لهَُمْ ». 25 والَستعاذة من الدعاء. އަބޫ ހުރައިރާގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން الله އަށް މަގުތަކުގައި ހިނގާބިނގާވެ އުޅޭ މަލާއިކަތް ބޭކަލުންތަކެއް ވެއެވެ. އެބޭކަލުން ޛިކުރުކުރާ މީހުން ހޯއްދަވައެވެ. ފަހެ، އެބޭކަލުންނަށް الله އަށް ޛިކުރުކުރާ ބަޔަކު ފެނިއްޖެނަމަ، އެބޭކަލުން ގޮވާލައްވައެވެ. ތިޔަބޭކަލުން ބޭނުންވާ ކަންތައް ފުރިހަމަކުރުމަށް އަންނާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ދެން އެބޭކަލުން އެބައިމީހުން ވަށައިލައްވައި، އެބޭކަލުންގެ ފިޔަފުޅުތަކުން ދުނިޔޭގެ އުޑާ ހަމައަށް (އެބައިމީހުން) ވަށައިލައްވައެވެ.
އަދި މި ޙަދީޘުގައި ވެއެވެ . (الله) ވަޙީކުރައްވައެވެ. ފަހެ، އެބައިމީހުން އެދެނީ ކޮން އެއްޗަކުން ރައްކާތެރިކަން ލިބިގަތުމަށް ހެއްޔެވެ؟ (މަލާއިކަތުން) ދަންނަވައެވެ. އެބައިމީހުން އެދެނީ ނަރަކައިން ރައްކާތެރި ކޮށްދެއްވުމަށެވެ. (الله) ވަޙީކުރައްވައެވެ. އެބައިމީހުން އެތަން ދެކެފައިވޭ ހެއްޔެވެ؟ (މަލާއިކަތުން) ދަންނަވައެވެ. އެބައިމީހުންއެތަނެއް ނުދެކެއެވެ. (الله) ވަޙީކުރައްވައެވެ. ފަހެ، އެބައިމީހުން އެތަން ދުށްނަމަ ކިހިނެއް ވީހެއްޔެވެ؟ (މަލާއިކަތުން) ދަންނަވައެވެ. އެބައިމީހުން އެތަން ދުށްނަމަ، އެތަނުން ރައްކާތެރިކޮށްދެއްވުމަށް އެދި މާބޮޑަށް ދަންނަވާނެތެވެ. އަދި އެތަނަށް މާ ބޮޑަށް ބިރުވެތިވީހެވެ. (الله) ވަޙީކުރައްވައެވެ. ފަހެ، ތިމަން ރަސްކަލާނގެ ތިޔަބޭކަލުން ހެކިކުރައްވަމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެބައިމީހުންނަށް ފާފަފުއްސަވައިފީމެވެ."
ދަންނައެވެ! (ނުބައި ކަންތަކުން) ރައްކާތެރިކަން އެދުމަކީ ދުޢާގެ ތެރެއިން ބާވަތެކެވެ .
2.1 މިކަމުގެ ހުއްދަކަން ދޭހަވާ ބައެއް އަޘަރުތައް ވެއެވެ.
2.2 އިބްނު އަބީ ދާވޫދު ޞައްޙަ ދެ ސަނަދަކުން ރިވާކުރައްވާފައި ވެއެވެ. ޤަތާދާގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަނަސް ބުން މާލިކު ޤުރުއާން ޚަތިމްކުރައްވާ ހިނދު، އެކަލޭގެފާނުގެ ގޭގެ އަހުލުވެރިން އެއްކުރައްވައި ދުޢާކުރައްވައެވެ. އަދި އިބްނު އަބީ ދާވޫދު ޞައްޙަ ސަނަދުތަކުން އަލްޙަކަމް ބުން ޢުޔައިނާގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މުޖާހިދު، ޢުތުބާ ބުން ލުބާބާގެ އަރިހަށް (މީހަކު) ފޮނުވިއެވެ.
25 صجيج البخاري،كِتَاب الدَّعَوَاتِ، باَب فَضْلِ ذِكْرِ ا للََِّّ عَزَّ وَجَل
ދެން އެދެބޭކަލުން ވިދާޅުވިއެވެ . ހަމަކަށަވަރުން އަހަރެމެން ކަލޭގެފާނުންގެ އަރިހަށް މީހަކު ފޮނުވީ، އަހަރެމެން ޤުރުއާން ޚަތިމްކުރަން ބޭނުންވާތީއެވެ. އަދި ޤުރުއާން ޚަތިމްކުރާ ހިނދު ދުޢާ އިޖާބަކުރެވެއެވެ."
އަދި ބައެއް ޞައްޙަ ރިވާޔަތްތަކުގައި ވެއެވެ . "ހަމަކަށަވަރުން ބުނެވެއެވެ. ޤުރުއާން ޚަތިމްކުރާ ހިނދު ރަޙްމަތް ބާވައިލެއްވެއެވެ." އަދި އިބްނު އަބީ ދާވޫދު ޞައްޙަ ސަނަދުން މުޖާހިދުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެބައިމީހުން ޤުރުއާން ޚަތިމްކުރާ ހިނދު އެއްތާކަށް ޖަމާވެއެވެ.
އަދި ރަޙްމަތް ބާވައިލަ އްވާނެކަމަށްވެސް ބުނެއެވެ. 26
2.3 ޔޫސުފް ބު ން މޫސާގެ ރިވާޔަތުގައި ވިދާޅުވެފައި ވެއެވެ. އަދި އެކަލޭގެފާނާ ސުވާލުދެންނެވުނެވެ. މީހަކު ޤުރުއާން ޚަތިމްކޮށް، ދެން އޭނާގެ ގާތަށް ބަޔަކު އެއްވެ ދުޢާކުރުމާ ބެހޭގޮތުން ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އާނއެކެވެ. ތިމަންނަ މަޢުމަރު (ޚަތިމް) ކުރައްވާ ހިނދު އެފަދައިން ކުރައްވަނިކޮށް ދެކެ ވަޑައިގަތީމެވެ. 27 2.4 އަބޫބަކުރު އަލްޚައްލާލު "كتاب الأدب" ގައި އިސްޙާޤު ބުން މަންޞޫރު އަލްކަވްސަޖުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު އަބޫ ޢަބްދުالله (އެބަހީ އިމާމު އަޙްމަދު ބުން ޙަންބަލް) އަށް ދެންނެވިއެވެ" .ބަޔަކު މީހުން އެއްވެ، މާތް اللهއަށް ދުޢާކޮށް، އަތްތައް އުފުލުން މަކުރޫހަތޯއެވެ ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "އަޚުންނަށްޓަކައި (އެކަން ކުރުން) މަކުރޫހަވެގެން ނުވެއެވެ. ޝަރުޠަކީ އެބައިމީހުން ޤަޞްދުގައި އެކަމަށް ޚާއްޞަކޮށް އެއްނުވުމާއި އެކަން އާދައަކަށް ނުހެދުމެވެ. 28
2.5 قال الشاطب: وَعَلَى ذَلِكَ نَقُولُ: لَوْ فَرَضْنَا أَنَّ الدُّعَاء بَِِيَْئَةِ ا لَِجْتِمَاعِ وَقَعَ مِنْ أَئِمَّةِ الْمَسَاجِدِ فيِ بَعْضِ الأَْوْقَاتِ لِلَْْمْرِ يَُْدُثُ عَن قَحْطٍ أَوْ خَوْفٍ مِنْ مُلِمٍ؛ لَكَانَ جَائِزًا؛ لأَِنَّهُ عَلَى الشَّرْطِ الْمَذْكُورِ، إِذ لََْ يَْقَعْ ذَلِكَ عَلَى وَجْهٍ يََُافُ مِنْهُ مَشْرُوعِيَّةُ ا لَِنْضِمَامِ، وَلََ كَوْنُهُ سُنَّةً تُقَامُ فيِ ا لَْْمَاعَاتِ وَيُعْلَنُ بِهِ فيِ الْمَسَاجِدِ؛كَمَا دَعَا رَسُولُ ا للََِّّ صَلَّى ا للََُّّ عَلَيْهِ وَسَلَّمَ دُعَاءَ ا لَِسْتِسْقَاء بَِِيِْئَةِ ا لَِجْتِمَاعِ وَهُو ،ُيََْطُبَ وَكَمَا أَنَّهُ دَعَا أَيْضًا فيِ غَيِْْ أَعْقَابِ الصَّلَوَاتِ عَلَى هَيْئَةِ ا لَِجْتِمَاعِ، لَكِنْ فيِ الْفَرَطِ وَفيِ بَعْضِ الأَْحَايِينِ؛ كَسَائِرِ الْمُسْتَحَبَّاتِ الَّتيََلِ يَترََبَّصُ بَِِا وَقْتا بِعَيْنِهِ وَكَيْفِيَّةً بِعَيْنِهَا.29 މާނައީ: الشاطب ވިދާޅުވެފައި ވެއެވެ. އެހެންކަމުން އަހަރެމެން ބުނަމެވެ. އަހަރެމެން ފަރުޟުކޮށްފިނަމަ، މިސްކިތްތަކުގެ އިމާމުން ބައެއް ވަގުތުތަކުގައި ޖަމާޢަތުގައި ދުޢާކުރެއްވީ ތަދުމަޑުކަމެއް ނުވަތަ
26 التبيان في آداب حملة القرآن، المؤلف : أبو زكريا يحيى بن شرف الدين النووي، 75/1 ، الناشر : الوكالة العامة للتوزيع – دمشق،الطبعة الأولى ، 1403ه - 1983م
27 جلاء الأفهام في فضل الصلاة على محمد خير الأنام، المؤلف : محمد بن أبي بكر أيوب الزرعي أبو عبد الله، 61/5 ، الناشر : دار ابن كثير – الكويت،الطبعة الأولى, 1408ه/1988م
28 اقتضاء الصراط المستقيم مخالفة أصحاب الجحيم ، المؤلف : أحمد بن عبد الحليم بن تيمية الحراني أبو العباس، 304/1 ، الناشر : مطبعة السنة المحمدية – القاهرة، الطبعة الثانية ، 1369
ބިރުވެރިކަމެއް ދިމާވުމުގެ ސަބަބުން ކަމުގައިވާނަމަ، އެކަން ހުއްދަވެގެންވެއެވެ. އެއީ އެކަން ކުރީ ބަޔާންވެދިޔަ ޝަރުޠުތަކާ އެއްގޮތަށް ކަމަށްވާތީއެވެ. އެއީ އެކަން ކުރެވުނީ އެކަން ޝަރުޢުވެގެންވާ ކަމެއްގެ ގޮތުގައި ބެލެވިދާނެކަމުގެ ބިރު އޮތް ގޮތަކަށް ނޫންކަމަށްވާތީއެވެ. އަދި އެއީ ޖަމާޢަތްތަކުގައި ކުރެވޭ އަދި މިސްކިތްތަކުގައި އިޢުލާންކުރެވޭ ސުންނަތެއްގެ ގޮތުގައި ނުބެލެވޭތީއެވެ".
2.6 މިސާލަކަށް اللهގެ ރަސޫލާ صلى الله عليه وسلم ޚުޠުބާ ދެއްވަމުން އިސްތިސްޤާގެ ދުޢާ ޖަމާޢަތުގައި ކުރެއްވި ފަދައިންނެވެ. އަދި އެކަލޭގެފާނު ނަމާދުތަކުގެ ފަހުން ނޫން އެހެން ވަގުތުތަކުގައިވެސް ޖަމާޢަތުގައި ދުޢާކުރެއްވި ފަދައިންނެވެ. އެހެނަސް އެކަން ކުރެއްވީ މަދުން އަދި ބައެއް ވަގުތުތަކުގައެވެ. އެއީ އެހެނިހެން މުސްތަޙައްބު ކަންތައްތައް ފަދައިންނެވެ. އެބަހީ ވަކި ވަގުތަކަށް ނުވަތަ ވަކި ގޮތަކަށް ކަނޑައެޅިގެން ނުވާ ކަންތައްތައް ފަދައިންނެވެ." 30
2.7 އިބްނު ތައިމިއްޔާ ވިދާޅުވިއެވެ . "ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުމާއި، ދުޢާކުރުމަށް އެއްވުމަކީ ރަނގަޅު އަދި މުސްތަޙައްބުވެގެންވާ ކަމެކެވެ. އެއީ އެކަން ދާއިމީ ޢާދަތެއްގެ ގޮތުގައި - ޝަރުޢުގައި ކަނޑައެޅިފައިވާ އެއްވުންތައް ފަދައިން - ނުހަދާނަމައެވެ. އަދި އެކަމާއެކު މުންކަރު ބިދުޢައެއް ނުވާނަމައެވެ. އަދި އެކަމާއެކު ބޯ ކަޝްފުކޮށް ހެދުމަކީ މަކުރޫހަވެގެންވާ ކަމެކެވެ. ޚާއްޞަކޮށް އެކަން ޢިބާދަތެއްގެ ގޮތުގައި ބެލެވޭނަމައެވެ. ފަހެ، އެހިނދު އެކަމަކީ މުންކަރު ކަމަކަށްވެ، އެކަމުން ޢިބާދަތުކުރުން ހުއްދަވެގެން ނުވެއެވެ." 31
2.8 އަލްޖުރައިރީ ވިދާޅުވިއެވެ . ޢާމިރު ބިން ޢަބްދުالله - (އޭނާއަށް އިބްނު ޢަބްދު ޤައިސް އޭ ކިޔައެވެ. 32 ޝާމުކަރައަށް)- ފޮނުވާލެވުނު ހިނދު، އޭނާގެ އަޚުން ، އޭނާ ފުރުވުމަށް ވަޑައިގަތެވެ. އަދި އެކަން ހިނގީ މިރްބަދުގެ ރައްބޭރުގައެވެ. ދެން ޢާމިރު ވިދާޅުވިއެވެ. ތިމަން ދުޢާކުރާހުށީމެވެ. ފަހެ، ތިޔަބައިމީހުން އާމީން ކިޔާށެވެ. އޭ اللهއެވެ! އަހަރެންގެ މައްޗަށް ނުބައި ވާހަކަ ދެއްކި މީހާއަށް، އަދި އަހަރެންގެ މައްޗަށް ދޮގުހެދި މީހާއަށް، އަދި އަހަރެން އަހަރެންގެ ރަށުން ނެރުނު މީހާއަށް، އަދި އަހަރެންނާއި އަހަރެންގެ އަޚުންނާ ދެމެދު ވަކިކުރި މީހާއަށް، އޭނާގެ މުދާ ގިނަކޮށްދެއްވާނދޭވެ! އަދި އޭނާގެ ހަށިގަނޑު ދުޅަހެޔޮކޮށްދެއްވާނދޭވެ! އަދި އޭނާގެ ޢުމުރު ދިގުކޮށްދެއްވާނދޭވެ!"
3. ޚުލާޞާ: ދުޢާކުރުމުގެ އަޞްލަކީ ސިއްރުން އަދި ވަންހަނާގޮތުގައި ދުޢާކުރުމެވެ.
31 مجموع الفتاوى، المؤلف : أحمد بن عبد الحليم ابن تيمية الحراني .، 523/22 ، الناشر : دار الوفاء، الطبعة : الثالثة ، 1426 ه / 2005 م 32 ޢާމިރު ބިން ޢަބްދު ޤައިސް އަލްޢަންބަރީއަކީ ބަޞްރާގެ ތާބިޢީ ބޭކަލެކެވެ. އަދި އިތުބާރުހުރި، ތާބިޢީންގެ ތެރެއިން އިސް ބޭކަލުންނާއި އަޅުވެރިންގެ ތެރެއިން ހިމެނޭ ބޭކަލެކެވެ. ކަޢުބު ލްއަޙުބާރު އޭނާ ދެކެވަޑައިގެން ވިދާޅުވިއެވެ. "މިއީ މި އުއްމަތުގެ ރާހިބެވެ."معرفة الثقات،المؤلف: أحَد بن عبد الله بن صالح أبو الحسن العجلي الكوفي، 14/2 ، الناشر : مكتبة الدار - المدينة المنورة، الطبعة الأو لَ ، 1985 – 1405 . 33 سير أعلام النبلاء، المؤلف : شمس الدين أبو عبد الله محمد بن أحمد بن عثمان بن قَايْم از الذهبي، 14/7 ، الناشر : مؤسسة الرسالة
4.1 އެކެއް.: ޝަރީޢަތުގައި ޘާބިތުވެފައިވާ ވައްތަރު :
4.1.1 ބޮޑެތި މުޞީބާތްތައް ދިމާވުމުން ނަމާދުގައި ދުޢާކުރުން
4.1.1.1 މުސްލިމުންނަށް ބޮޑެތި ކަންތައްތައް ދިމާވާ ހިނދު، ނަމާދުގައި ޤުނޫތު ނާޒިލާ ކިޔައި، އިމާމު ދުޢާކުރުމުން މަޢުމޫމުން އާމީން ކިޔުން ޝަރުޢުކުރެވިފައިވެއެވެ.
4.1.1.2 ހުކުރު ޚުޠުބާގައި އިމާމު ދުޢާކުރުމުން މަ އުމޫމުން އާމީން ކިޔުން
4.1.1.3 އިސްތިސްޤާ ނަމާދުގައާއި، ޝަރުޢުގައި ކަނޑައެޅިފައިވާ އެހެން ތަންތާނގައި ދުޢާއަށް އާމީން ކިޔުން .
4.1.2 ބޮޑެތި މުޞީބާތްތައް ދިމާވުމުން ނަމާދަކާ ނުލައި ޖަމާޢަތުގައި ދުޢާކުރުން:
4.1.2.1 މުސްލިމުންނަށް ބޮޑު ކަމެއް ދިމާވެއްޖެނަމަ، މިސްކިތުގައި ނުވަތަ މިސްކިތުން ބޭރުގައި ހަމައެކަނި ޖަމާޢަތުގައި ދުޢާކުރުން ހުއްދައެވެ. އެކަން އާދައަކަށް ނުހަދާނަމައެވެ.
4.1.2.2 ޖަމާޢަތެއްގައި (މިސާލަކަށް ދަރުސެއްގެ ފަހުން، ނުވަތަ މަސައްކަތުގެ ބައްދަލުވުމެއް ނިމުމުން) އެއްވެތިބެ ހިދާޔަތަށް ނުވަތަ ބަރަކާތަށް އެދި ދުޢާއެއްކުރުން. މިކަން އާދަތެއްގެ ގޮތުގައި ނުހަދާނަމަ، ނުވަތަ ވަކި ވަގުތެއް ނުވަތަ ވަކި ގޮތެއް ކަނޑައެޅިފައިވާ ޚާއްޞަ ޢިބާދަތެއް ކަމަށް ޤަބޫލުނުކުރާހާ ހިނދަކު ބިދުޢައެއް ނޫނެވެ.
4.1.2.3 ޤުރުއާން ޚަތިމްކުރާ ހިނދު ޖަމާޢަތުގައި ދުޢާކުރުން . އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ: ޤުރުއާންކިޔެވުމާއި، ޛިކުރުކުރުމާއި، ދުޢާކުރުމަށް އެއްވުމަކީ ރަނގަޅު އަދި މުސްތަޙައްބު ކަމެކެވެ. އެއީ އެކަން ދާއިމީ ޢާދައެއްގެ ގޮތުގައި ނުހަދާނަމައެވެ.
4.2 ދޭއް: ޝަރީޢަތުގައި ޘާބިތުވެފައިނުވާ ވައްތަރު :
4.2.1 މިއީ ޝަރުޢީ ސަބަބެއް ނުވަތަ ޢިބާދަތުގެ މުނާސަބަތެއް ނެތި، ހަމައެކަނި ދުޢާކުރުމުގެ މަޤްޞަދުގައި ބަޔަކު މީހުން އެއްވުމެވެ.
4.2.2 މިފަދަ ގޮތަކަށް ދުޢާކުރުމަށް އެއްވުމަކީ ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ކިބައިން އެނގިފައިވާ ކަމެއް ނޫނެވެ. އެބޭކަލުން ޝަރުޢުގައި ކަނޑައެޅިފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި މިފަދައިން ދުޢާކުރުމަށް އެއްވެވަޑައިނުގަންނަވައެވެ .
5. ކުރުކޮށް ދަންނަވާނަމަ، ދުޢާގެ އަޞްލަކީ ސިއްރުން ކުރުން ނަމަވެސް، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ވަކި ޙާލަތްތަކުގައި ޖަމާޢަތުގައި ދުޢާކުރުން ހުއްދައެވެ. އަދި ވަކި ބައްދަލުވުމެއް ނިމުމުގެ ގޮތުން ނުވަތަ މުނާސަބަތަކާ ގުޅިގެން ދުޢާކުރުމަކީ ހުއްދަކަމެކެވެ. އެކަމަކު އެކަން ދާއިމީ އާދައަކަށް ނުހަދާނަމައެވެ. އަދި ހަމައެކަނި ދުޢާކުރުމުގެ ބޭނުމުގައި ވަކިން ޖަމާޢަތް ހަދައިގެން އެއްވުމަކީ ޝަރުޢުގައި ޘާބިތުވެފައިވާ ކަމެއް ނޫނެވެ.
6. المراجع و المصادر
6.1 الأذْكَارُ النَّوَويَّة للإِمام النَّوَوي،
6.2 الإصابة في تمييز الصحابة، للحافظ ابن حجر العسقلاني
6.3 الَعتصام، المؤلف : أبو إسحاق الشاطب، دار النشر : المكتبة التجارية الكبَى - مصر
6.4 اقتضاء الصراط المستقيم مَالفة أصحاب الْحيم ، المؤلف : أحَد بن عبد الحليم بن تيمية الحراني أبو العباس، الناشر : مطبعة السنة المحمدية – القاهرة، الطبعة الثانية ، 1369
6.5 البحر المديد، المؤلف : أحَد بن محمد بن المهدي بن عجيبة الحسن الإدريسي الشاذل الفاسي أبو العباس، دار النشر / دار الكتب العل مية بيْوت، الطبعة الثانية / 2002 م 1423 ه
6.6 البدر المن يْ في تخريج الأحاديث والأثار الواقعة في الشرح الكبيْ، المؤلف : ابن الملقن سراج الدين أبو حفص عمر بن علي بن أحَد الشافعي المصري، ، الطبعة : الَو لَ ، 1425ه-2004م.
6.7 التبيان في آداب حَلة القرآن، المؤلف : أبو زكر يَ يُيى بن شرف الدين النووي، الناشر : الوكالة العامة للتوزيع – دمشق،الطبعة الأو لَ ، 1403ه - 1983م 6.8 تقريب التهذيب للحافظ ابن حجر ، ، المكتبة الشاملة
6.9 تَذيب التهذيب للحافظ ابن حجر، المكتبة الشاملة
6.10 جلاء الأفهام في فضل الصلاة على محمد خ يْ الأنَم، المؤلف : محمد بن أبي بكر أيوب الزرعي أبو عبد الله، الناشر : دار ابنكثيْ – الكويت،الطبعة الأولَ, 1408ه/1988م
6.11 الحاوي للفتاوي في الفقه وعلوم التفس يْ والحديث والأصول والنحو والإعراب وسائر الفنون، المؤلف : جلال الدين عبد الرحَن بن أبي بكر السيوطي، دار النشر : دار الكتب العلمية - بيْوت / لبنان - 1421ه - 2000 م، الطبعة : الأولَ.
6.12 سنن ابن ماجة، لمحمد بن يزيد أبو عبدالله القزوين
6.13 سنن أبي داؤد، لأبي داؤد السجستاني
6.14 سنن الترمذي،كتاب الدعوات عن رسول الله صلى الله عليه و سلم ،
6.15 سنن النسائي الك بَى،كِتَابُ الْعِلْمِ، مَسْأَلَةُ عِلْم لََ يٍُنْسَى
6.16 س يْ أعلام النبلاء، المؤلف : شمس الدين أبو عبد الله محمد بن أ حَد بن عثمان بن قَا يْْاز الذهب، الناشر : مؤسسة الرسالة
6.17 صجيج البخاري،كِتَاب الدَّعَوَاتِ، باَب فَضْلِ ذِكْرِ ا للََِّّ عَزَّ وَجَلَّ
6.18 صحيح البخاري، للإمام البخاري
6.19 صحيح الترغيب والترهيب، المؤلف : محمد نَصر الدين الألباني، كتاب الصلاة ، الترغيب في التأمين خلف الإمام وفي الدعاء وما يقوله في الَعتدال والَستفتاح الناشر : مكتبة المعارف – الريَض، الطبعة : الْامسة
6.20 صحيح مسلم،كِتَاب الذكر والدعاء والتوبة، باب فَضْلِ الذِكْرِ وَالدُّعَاءِ وَالتَّقَرُّبِ إِلََ ا للََِّّ تَعَا لََ.
6.21 فقه السنة للسيد سابق، المكتبة الشاملة
6.22 ما ورد في القصاص من الأخبار، المكتبة الشاملة
6.23 مَموع الفتاوى، المؤلف : أحَد بن عبد الحليم ابن تيمية الحراني .، الناشر : دار الوفاء، الطبعة : الثالثة ، 1426 ه / 2005 م
6.24 المصنف في الأحاديث والآثار،المؤلف: أبو بكر بن أبي شيبة، عبد الله بن محمد بن إبراهيم بن عثمان بن خواستي العبسي، ، الناشر: مكتبة الرشد – الريَض، الطبعة: الأولَ، 1409
6.25 معرفة الثقات،المؤلف: أحَد بن عبد الله بن صالح أبو الحسن العجلي الكوفي، الناشر : مكتبة الدار - المدينة المنورة، الطبعة الأو لَ ، 1985 – 1405 . 6.26 الموسوعة الفقهية الكويتية، صادر عن : وزارة الأوقاف والشئون الإسلامية – الكويت، ، الطبعة الثانية ، دارالسلاسل - الكويت
6.27 نيل الأوطار من أحاديث سيد الأخيار شرح منتقى الأخبار، المؤلف : محمد بن علي بن محمد الشوكاني، 35/4 ، الناشر : إدارة الطباعة المنيْية
المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 21964
