Islamic MixIslamic Mix
‹ الفتاوى المالديفية
🇲🇻اللباس والزينة

ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުމުގެ ޙުކުމް

ފަތުވާ 34

ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާ އި ބެހެއްޓުމުގެ ޙުކުމް

اَلْحَمحدَُُّّلِل الَذّيَُرأحسَلَُ رَسولَهُ بِّلْحدَىُ وَدّينُّ لْحَقاُّ لّيظحهّرَهُ عَلَى الدّينُّ كلُّهُّ وَلَوحُ كرّهَُ الحكَافّرونَ،ُ وَالصَلاَةُ وَالسَلاَمُ عَلَى نَبّيّنَاُ مَُمَُدُُّ بحنُّ عَبحدُّ اللُّ وَعَلى آلّهُّ وَأَصححَابّهَُّجْحَعّينَ،أُ وَمَنحُ تَبّعَهمحُ بِّّححسَانُ إّلَُ يَومُّ الدّينّ،َُمَابأَعحدُ: އިސްލާމްދީނުގައި ދިރޭ ތަކެތީގެ ސިފައިގައި ބުދު ނުވަތަ މޮނިއުމެންޓް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހެދުމާއި ބެހެއްޓުމަކީ ޙަރާމް ކަމެކެވެ. މިގޮތުން މައްކާ ފަތަޙަކުރެއްވި ދުވަހު ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ލާތަ އާއި ޢުއްޒާ އަދި މަނާތު، ފަދަ ބުދުތައް ނައްތާލެއްވުމަށް ޞަޙާބީން ފޮނުއްވިއެވެ. އަދި ޞަޙާބީންވެސް އެފަދަ ތަކެތި ނައްތަވައިލެއްވުމަށް ސަމާލުކަން ދެއްވައިފައިވެއެވެ. އަބުލްހައްޔާޖް އަލްއަސަދީ ވިދާޅުވިއެވެ . ޢަލީ ބުން އަބީ ޠާލިބު ތިމަންނައަށް ވިދާޅުވިއެވެ . " اللُ ގެ ރަސޫލާ صلى الله عليه وسلم ތިމަންކަލޭގެފާނު ފޮނުއްވެވި ކަމަކަށް ތިބާ ނުފޮނުވަން ހެއްޔެވެ؟ «أَلاَُأَبعَثكَُعَلَىُمَاُبحَعَثَنُِّعَلَيهُّرَسولحُاَُُّلِلصلى الله عليه وسلمُُ أَنحُلاَُتَدَعَُتِّحثَالاًُإّلاَُطَمَسحتَهُوَلاَُقَبْحًاُمشحرّفًاُإّلاَُسَوَيتَه».ح މާނައީ:"ُ އެއީ އެއްވެސް ބުދެއް އޭ ގެ ސިފަ ހަލާކުނުކޮށް ދޫކޮށް ނު ލުމަށާއި އަދި އުސްކޮށް ހަދާފައިވާ އެއްވެސް ގަބުރެއް ބިމާ ހަމަނުކޮށް ދޫނުކޮށްލުމަށެވެ ".

އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. قَالَُرَسولُاَُُّلِلصلى الله عليه وسلمُ :ُُ «ُإّنَُأَشَدَُالنَاسُّعَذَا بًُِيَوحمَُالحقّيَامَةُّالحمصَوّرونَُُ .» މާނައީ: "اللގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ޤިޔާމަތް ދުވަހު އެންމެ ގަދަފަދަ ޢަޛާބު ލިބޭހުށީ ފުރާނަ އެކުލެވޭ ތަކެތީގެ ސޫރަ ހަދާ މީހުންނަށެވެ".

ޢިލްމީ ފެންވަރު ދަށްވެ، މީސްތަކުން ތެދުމަގުން އެއްކިބާވުމުގެ ނަތީޖާއެއްގެ ގޮތުން، ކުރީގެ ޞާލިޙު އަޅުވެރިންގެ ހަނދާނުގައި ބަހައްޓާފައިވާ ބުދުތަކަށް އިހުގެ މީހުން އަޅުކަން ކުރަން ފެށިއެވެ. މި ނުރައްކާތެރި ޢަމަލުގެ ނޭދެވޭ އަސަރުތައް ދެނެވަޑައިގެން، އިބްރާހީމްގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު މިފަދަ ޝިރުކުގެ ޢަމަލުތަކުން ސަލާމަތްކޮށްދެއްވުމަށް އެދި الله ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ .

މީގެ އިތުރުން، ޞައްޙަ ޙަދީޘްފުޅުތަކުގައި ބަޔާންވެގެންވާ ގޮތުގައި، ޤިޔާމަތް ދުވަހާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެއެވެ. މި ސަބަބަށްޓަކައި، الله އަށް ޝަރީކުކުރުމަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ އިސްލާމްދީނުގައި ހުއްދަވެގެންވާ ކަމަކަށް ނުވެއެވެ. އެހެންކަމުން، ޢިލްމުވެރިންގެ އިޖުމާޢުން ބުދު ހެދުމާއި ބެހެއްޓުން ޙަރާމްވެގެންވާކަން ކަނޑައެޅިގެން އެނގެއެވެ. މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މަލާއިކަތުން ބުދު ނުވަތަ ސޫރަ ބަހައްޓައިފައި ހުންނަ ތަންތަނަށް ނުވެންނެވު މާއި، އެފަދަ ތަކެތީގެ ސަބަބުން ޝިރުކަށް މަގުފަހިވުން ވެސް ހިމެނެއެވެ . އެހެންކަމުން، މޮނިއުމެންޓުގެ ގޮތުގައި ދިރޭތަކެތީގެ ސޫރަ ހެދުމަކީ އިސްލާމްދީނުގައި ހުއްދަނޫން ޙަރާމްކަމެކެވެ. މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން މިފަދަ ކަންކަމުން ދުރުހެލިވެ، މާތް اللهގެ ރުހިވޮޑިގަތުން ހޯދުމަށް އެދި މަސައްކަތްކުރަންޖެހެއެވެ.

هَذَاُوَاللُأَعحلَمُبِّلصَوَابُُّ

وَالِلَُ وَلّيُ التَوحفّيحقّ،ُ وَصَلَىُ اَُلِل وَسَلَمَُ عَلَى نَبّيّنَاُ مَُمَدُ وَآلّهُّ وَصَححبّهَُّجْحَعّينأ حَُ .

19 ޖުމާދަލް އާޚިރު 1447

09 ޑިސެމްބަރ 2025

المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 21973