ދިރާސާ ކަރުދާސް: ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމަންޓްފަދަ ތަކެތި ހެދުމާއި ބެހެއްޓުމުގެ ޙުކުމް (ފަތުވާ 34)
ނަންބަރު: 466/RES/2025/3
ދިރާސާ : މޮނި އު މެންޓްގެ ގޮތުގައި ދިރޭ ތަކެތީގެ ސޫރަ ބެހެއްޓުމުގެ ޙުކުމް
ބަރާއަތު/ނޯޓު:
މިއީ އާންމު ފަރާތަކުން "މޮނިއުމެންޓްގެ ގޮތުގައި ދިރޭ ތަކެތީގެ ސޫރަ ބެހެއްޓުމުގެ ޙުކުމް ސާފުކޮށްދިނުމަށް" އެދި މި މަޖިލީހަށް ހުށަހެޅި ސުވާލަކާ ގުޅިގެން، މި މައްސަލައިގައި އިސްލާމީ ޝަރީޢަތުގައިވާ ގޮތް ދެނެގަތުމަށްޓަކައި، ޢިލްމީ ގޮތުން ކުރެވުނު ދިރާސީ މަސައްކަތްތަކުގެ ހޯދުންތަކުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ޢިލްމީ ކަރުދާހެކެވެ. ޢިލްމީ ބޭނުންތަކަށް މި ކަރުދާހުގައިވާ ވާހަކަތަކާއި މަސްދަރުތަކާއި ހޯދުންތައް ބޭނުން ކުރެވިދާނެއެވެ.
މި މައުޟޫޢުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމި ގޮތް ފަތުވާ އެއްގެ ގޮތުގައި އާންމު ކުރެވިފައިވާނެއެވެ.
1. މޮނިއުމެންޓްގެ ގޮތުގައި ފުރާނަހުރި ތަކެތި ބެހެއްޓުމަކީ ޙަރާމްކަމެކެވެ.
އެއީ ބުދު ބެހެއްޓުން ނަހީކުރައްވާފަ އިވާ ޙަދީޘްތަކުގެ މައްޗަށް ބިނާކޮށެވެ . އެކަމަށް އަންނަނިވި ޙަދީޘްތައް ދަލާލަތުކުރެއެވެ .
1.1 . ފުރަތަމަ ޙަދީޘް؛ عَنْ جَابِرٍ قَالَ: « نَََى رَسُولُ ا للَّهِ صَلهى ا للَّهُ عَلَيْهِ وَسَلهمَ عَنْ الصُّورَةِ فِِ الْبَيْتِ وَنَََى أَنْ يُصنَعَ ذَلِكَ».1 ޖާބިރުގެފާނު ވިދާޅުވިއެވެ. "اللهގެ ރަސޫލާ صلى الله عليه وسلم ގޭގައި ފުރާނަ އެކުލެވޭ ތަކެތީގެ ސޫރަ (އެބަހީ ބުދު) ބެހެއްޓުން މަނާކުރެއްވިއެވެ. އަދި އެފަދަ އެއްޗެހި އުފެއްދުން ވެސް މަނާކުރެއްވިއެވެ."
1.1.1 މިޙަދީޘްގެ ޙުކުމް؛ މިއީ ޞަޙީޙު އަދި ޙަސަން ދަރަޖައިގެ ޙަދީޘެއްކަމަށް އަލްއިމާމުއްތިރިމިޛީ ވިދާޅުވާއިރު الشيخ محمد ناصر الدين الألبان ވިދާޅުވަނީ ޞަޙީޙު ޙަދީޘެއް ކަމަށެވެ.
1.2 ދެވަނަ ޙަދީޘް؛ عَنْ أَبِِ ا لَْْيهاجِ الأَسَدِىِ، قَالَ: قَالَ لِِ عَلِىُّ بْنُ أَبِِ طَالِبٍ: «أَلاه أَبْعَثُكَ عَلَى مَا بَعَثَنِِ عَلَيهِ رَسُولُ ا للَّهِ -صلى الله عليه وسلم- أَنْ لاَ تَدَعَ تِِْثَالاً إِلاه طَمَسْتَهُ وَلاَ قَبًْْا مُشْرِفًا إِلاه سَوهي.»ُْتَه 2 އަބުލް ހައްޔާޖް އަލްއަސަދީ ވިދާޅުވިއެވެ. ޢަލީ ބުން އަބީ ޠާލިބު ތިމަންނައަށް ވިދާޅުވިއެވެ. "اللهގެ ރަސޫލާ صلى الله عليه وسلم ތިމަންކަލޭގެފާނު ފޮނުއްވެވި ކަމަކަށް ތިބާ
1 سنن الترمذي، المؤلف : محمد بن عيسى أبو عيسى الترمذي السلمي، كتاب اللباس ، باب ما جاء فِ الصورة
2 صحيح مسلم، المؤلف : أبو الحسين مسلم بن الحجاج بن مسلم القشيري النيسابوري، كِتَاب الجنائز، باب الأَمْرِ بِتَسْوِيَةِ الْقَبِْْ.
ދާރުލް އީމާން (6 ވަނަ ފަންގިފިލާ) | މަޖީދީ މަގު | 20345 | މާލެ، ދިވެހިރާއްޖެ
ނުފޮނުވަން ހެއްޔެވެ ؟ އެއީ އެއްވެސް ބުދެއް އެއިގެސިފަ ހަލާކުނުކޮށް ދޫނުކޮށްލުމަށާއި އަދި އުސްކޮށް ހަދާފައިވާ އެއްވެސް ގަބުރެއް އެ ބިމާހަމަނުކޮށް ދޫނުކޮށްލުމަށެވެ."3
1.2.1 މިޙަދީޘްގެ ޙުކުމް، މިއީ ޞަޙީޙު މުސްލިމުގެ ޙަދީޘަކަށްވުމުން ޞަޙީޙު ޙަދީޘެކެވެ.
1.3 ތިންވަނަ ޙަދީޘް؛ عَنْ ابْنَ عَبهاسٍ -رَضِيَ ا للَّهُ عَنْهُمَا- يَقُولُ: سََِعْتُ أَباَ طَلْحَةَ يَقُولُ: سََِعْتُ رَسُولَ ا للَّهِ -صَلهى ا للَّهُ عَلَيْهِ وَسَلهم- يَقُولُ: «لاَ تَدْخُلُ الْمَلََئِكَةُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةُ تََِاثِيلَ». 4 އިބްނު ޢައްބާސް ވިދާޅުވިއެވެ. އަބޫ ޠަލްޙާ ވިދާޅުވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. އަބޫ ޠަލްޙާ ވިދާޅުވިއެވެ. اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. "ކުއްތާއެއް ނުވަތަ ފުރާނަ އެކުލެވޭ އެއްޗެއްގެ ސޫރައެއް (އެބަހީ ބުދެއް) ހުރި ގެއަކަށް މަލާއިކަތުން ވަދެވަޑައިނުގަންނަވާނެއެވެ".
1.3.1 މިޙަދީޘްގެ ޙުކުމް ؛ މިއީ ޞަޙީޙު ބުޚާރީގެ ޙަދީޘަކަށްވުމުން ޞަޙީޙު ޙަދީޘެކެވެ.
1.4 ހަތަރުވަނަ ޙަދީޘް؛ وَقَالَ -صَلهى ا للَّهُ عَلَيْهِ وَسَلهمَ-: « يََ عَائِشَةُ أَشَدُّ النهاسِ عَذَاباً عِنْدَ ا للَّهِ يَوْمَ الْقِيَامَةِ الهذِينَ يُضَاهُون .»ِ بَِِلْقِ ا للَّهَ 5 اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ . "އޭ ޢާއިޝާއެވެ! ޤިޔާމަތް ދުވަހު އެންމެ ގަދަ ޢަޛާބު ލިބޭހުށީ اللهގެ ޚަލްޤުތަކާ އެއްފަދަކޮށް ސޫރަ ހަދާ މީހުންނަށެވެ ".
1.4.1 މިޙަދީޘްގެ ޙުކުމް ؛ މި އީ ޞަޙީޙު މުސްލިމުގެ ޙަދީޘަކަށްވުމުން ޞަޙީޙު ޙަދީޘެކެވެ.
1.5 ފަސްވަނަ ޙަދީޘް
1.5.1 عَنْ عَبْدِ ا للَّهِ قَالَ: قَالَ رَسُولُ ا للَّهِ -صلى الله عليه وسلم-إِن « :ه أَشَده النهاسِ عَذَاباً يَوْمَ الْقِيَامَةِ الْمُصَوِرُونَ ». 6 ޢަބްދުالله ވިދާޅުވިއެވެ. اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ޤިޔާމަތް ދުވަހު އެންމެ ގަދަފަދަ ޢަޛާބު ލިބޭހުށީ ފުރާނަ އެކުލެވޭ ތަކެތީގެ ސޫރަ ހަދާ މީހުންނަށެވެ."
1.5.2 މިޙަދީޘްގެ ޙުކުމް؛ މިއީ ޞަޙީޙު މުސްލިމުގެ ޙަދީޘަކަށްވުމުން ޞަޙީޙު ޙަދީޘެކެވެ.
3 ކައިވަތެއްގެ މިންވަރަށް ބިމުން ޤަބުރު އުސްކުރުމަކީ މުސްތަޙައްބު ކަމެކެވެ. މިއީ ހަތަރު ފިޤުހީ މަޛްހަބު އިއްތިފާޤުވެފައިވާ ކަމެކެވެ. (الموسوعة الفقهية الكويتية)
4 صحيح البخاري، المؤلف: محمد بن إسَاعيل أبو عبدالله البخاري الجعفي،كِتَاب بَدْءِ ا لَْْلْقِ، باَب إِذَا قَالَ أَحَدُكُمْ آمِينَ وَالْمَلََئِكَةُ فِِ السهمَاءِ آمِينَ فَوَافَقَتْ إِحْدَا هَُُا الأُْخْرَى غُفِرَ لَهُ مَا تَقَدهمَ مِنْ ذَنْبِه
5 صحيح مسلم، المؤلف : أبو الحسين مسلم بن الحجاج بن مسلم القشيري النيسابوري، كتاب اللباس والزينة، باب لاَ تَدْخُلُ الْمَلََئِكَةُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةٌ. 6 صحيح مسلم، المؤلف : أبو الحسين مسلم بن الحجاج بن مسلم القشيري النيسابوري، كتاب اللباس والزينة.باب لاَ تَدْخُلُ الْمَلََئِكَةُ بَيْتًا فِيهِ كَلْبٌ وَلاَ صُورَةٌ.
2. މައްކާ ފަތަހަކުރެއްވި ދުވަހު ބުދުތައް ހަލާކު ކުރެއްވުން
ނަބިއްޔާ صلى الله عليه وسلم މައްކާ ފަތަޙަކުރެއްވި ދުވަހު مناة ބުދު ނައްތާލުމަށް އެކަލޭގެފާނު (ޢަލީ ބުން އަބީ ޠާލިބު ނުވަތަ ސަޢުދު ބުނު ޒައިދު 7) ފޮނުއްވިއެވެ. އަދި އެދުވަހު العزى ބު ދު ނައްތާލުމަށް ޚާލިދު ބުން އަލްވަލީދު ފޮނުއްވިއެވެ. އަދި ޤުރައިޝުންނާއި ހުޛައިލު ޤަބީލާގެ މީހުން އަޅުކަންކުރި ސަމުރާތު ގަސްތައް ކެނޑުއްވިއެވެ. އަދި اللَت ބުދު ނައްތާލުމަށް މުޣީރާ ބުން ޝުޢުބާ ފޮނުއްވިއެވެ. ފަހެ، އޭނާ އެ ބުދު ނައްތާލިއެވެ. އަދި ޢަރަބި ޖަޒީރާއިންނާއި އޭގެ ވަށައިގެންވާ ސަރަޙައްދުތަކުން الله ފިޔަވައި އަޅުކަން ކުރެވެމުންދިޔަ ހުރިހާ ބުދުތައް ނައްތާލެއްވިއެވެ. އަދި اللهގެ ރަސޫލާ صلى الله عليه وسلم އަވަހާރަވުމަށްފަހު، އަޞްޙާބުބޭކަލުން ވެސްމިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައި، އެފަދަ ތަކެތި ނައްތާލުމަށް އެއްބަސްވެ، އެކަމަށް ވަރަށް ބޮޑަށް އަޅާލެއްވިއެވެ. 8
3. ބުދު ބެހެއްޓުން ވެގެންދިޔައީ އަޅުކަންކުރުމުގެ ސަބަބަކަށް
عَنْ ابْنِ عَبهاسٍ -رَضِيَ ا للَّهُ عَنْهُمَا- صَارَتْ الأَْوْثََنُ اله تِِ كَانَت فِِ قَْوْمِ نُوحٍ فِِ الْعَرَبِ بَعْدُ أَمها وَدٌّ كَانَتْ لِكَلْبٍ بِدَوْمَةِ الجَْنْدَلِ وَأَمها سُوَاعٌ كَانَتْ لُِْذَيْلٍ وَأَمها يَغُوثُ فَكَانَتْ لِمُرَادٍ ثُُه لِبَنِِ غُطَيْفٍ باِلجَْوْفِ عِنْدَ سَبَإٍ وَأَمها يَعُوقُ فَكَانَتْ لَِْمْدَانَ وَأَمها نَسْرٌ فَكَانَتْ لحِِمْيرََ لِِلِ ذِي الْكَلََعِ أَسََْاءُ رِجَالٍ صَالحِِينَ مِنْ قَوْمِ نُوحٍ فَلَمها هَلَكُوا أَوْحَى الشهيْطَانُ إِلَِ قَوْمِهِمْ أَنْ انْصِبُوا إِلَِ مََالِسِهِمْ اله تِِ كَانُوا يََْلِسُونَ أَنْصَاباً وَسََُّوهَا بَِِسََْائِهِم فَفَعَلُوا فَلَمْ تُعْبَدْ حَتَّه إِذَا هَلَكَ أُولَئِكَ وَتَنَسهخَ الْعِلْمُ عُبِدَت 9
އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ . ނޫޙުގެފާނުގެ ޤައުމުގައި ހުރި ބުދުތައް ފަހުން ޢަރަބިންގެ މެދުގައި ފެތުރިގެން ދިޔައެވެ. "وَد" ބުދު ހުރީ ދައުމަތުލް ޖަންދަލްގައި ކަލްބު ޤަބީލާގެ މީހުންގެ ގާތުގައެވެ. "سُوَاع" ބުދު ހުރީ ހުޛައިލް ޤަބީލާގެ މީހުންގެ ގާތުގައެވެ. "يَغُوثُ ބުދު ހުރީ މުރާދު ޤަބީލާގެ މީހުންގެ ގާތުގައެވެ. ދެން އެ ބުދު ހުރީ ސަބަޢުގެ ކައިރީގައިވާ ޖައުފުގައި ބަނޫ ޣުޠައިފްގެ މީހުންގެ ގާތުގައެވެ. "يَعُوقُ" ބުދު ހުރީ ހަމްދާން ޤަބީލާގެ މީހުންގެ ގާތުގައެވެ. "نَسْر" ބުދު ހުރީ ޙިމްޔަރުގެ އާލު ޛުލްކަލާޢުގެ މީހުންގެ ގާތުގައެވެ. މިއީ ނޫޙުގެފާނުގެ ޤައުމުގެ ޞާލިޙު އަޅުތަކުންގެ ނަންތަކެވެ. ފަހެ، ޞާލިޙު އަޅުތަކުން އަވަހާރަވުމުން، ޝައިޠާނާ އެމީހުންގެ ޤައުމުގެ މީހުންނަށް ވަސްވާސްދިނެވެ. ޞާލިޙު އަޅުން އިށީނދެވަޑައިގަންނަވާ މަޖިލިސްތަކުގައި ހަނދާނެއްގެ ގޮތުގައި ޞާލިޙު އަޅުތަކުންގެ ސިފައިގާ ބުދުހަދައި އެޞާލިޙު އަޅުންގެ ނަންތަކުން އެތަކެއްޗަށް ނަންދޭށެވެ. ފަހެ، އެމީހުން އެގޮތަށް ކަންތައް ކުރިއެވެ. ނަމަވެސް އެތަކެއްޗަކަށް އަޅުކަމެއް ނުކުރެވުނެވެ. އެ ޖީލުގެ މީހުން މަރުވެ، ޢިލްމު ގެއްލިގެން ދިއުމުން، އެތަކެއްޗަށް އަޅުކަން ކުރަން ފެށުނެވެ.
7 مختصر سيرة الرسول -صلى الله عليه وسلم- للشيخ محمد بن عبد الوهاب، 310/1 ، المكتبة الشاملة
8 مموعة الرسائل والمسائل والفتاوى، تأليف: حمد بن ناصر بن عثمان بن معمر، 352/1 ، الناشر: دار ثقيف للنشر والتأليف، الطائف، الطبعة الأولِ، 1398ه. 9 صحيح البخاري، المؤلف: محمد بن إسَاعيل أبو عبدالله البخاري الجعفي،كتاب التفسير، باَب {وَدًّا وَلاَ سُواعًا وَلاَ يَغُوثَ وَيَعُوقَ}
3.1 ބުދުގެ ނުރައްކާތެރިކަން
އިބްރާހީމުގެފާނު ރަސޫލުބޭކަލަކަ ށް ވެވަޑައިންވާ ޙާލުގައިވެސް މައްކާ އަމާންތަނަކަށް ހައްދަވައިދެއްވުމަށް އެދި ދުޢާކުރެއްވުމަ ށް ފަހު ދެވަނަކަމަކަށް މާތް الله ގެ ޙަޟްރަތުގައި އެދި ދެންނެވީ އެކަލޭގެފާނާއި އެކަލޭގެފާނުންގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ސަލާމަތް ކޮށްދެއް ވުމަށެވެ. މާތް الله ވަޙީކުރައްވާފައި ވެއެވެ.
«وَإِذْ قَالَ إِبْرََٰهِيمُ رَبِ ٱجْعَلْ هََٰذَا ٱلْبَلَدَ ءَامِنًا وَٱجْنُبْنِِ وَبَنِِه أَن نهعْبُدَ ٱلأَْصْنَام» «رَبِ إِنَهُنه أَضْلَلْنَ كَثِيرًا مِنَ ٱلنهاسِِۖ فَمَن تَبِعَنِِ فَإِنههُۥ مِِِِۖن وَمَنْ عَصَا نِِ فَإِنهكَ غَفُورٌ رهحِيم » 10
"އިބްރާހީމުގެފާނު ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ، އަމާންވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ! އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެ ބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، މި އަޅާޔަށް ތަބާވެއްޖެ މީހަކީ، ހަމަކަށަވަރުން، އަޅުގެ (ދީނުގެ) މީހެކެވެ. އަދި އަޅާޔަށް އުރެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
އަންނަނިވި ޙަދީޘުން ދޭހަވަނީ ދުރުމުސްތަޤުބަލެއްގައި ނަމަވެސް ބުދަށް އަޅުކަން ކުރާނެކަމެވެ. ވީމާ މިފަދަކަމަކަށް މަގުފަހި ވާ އެއްވެސް ކަމެއް ކުރުން ހުއްދައެއް ނުވާ ނެއެވެ. އަންނަ ނިވި ޙަދީޘުން އެކަން ދޭހަ ވެ އެވެ.
عن أَبي هُرَيْرَةَ رَضِيَ ا للَّهُ عَنْهُ أَنه رَسُولَ ا للَّهِ صَلهى ا للَّهُ عَلَيْهِ وَسَلهمَ قَالَ لاَ تَقُومُ السهاعَةُ حَتَّه تَضْطَرِبَ أَلَيَاتُ نِسَاءِ دَوْسٍ عَلَى ذِي ا لَْْلَصَةِ وَذُو ا لَْْلَصَةِ طَاغِيَةُ دَوْسٍ اله تِِ كَانُوا يَعْبُدُونِِفَ الجَْاهِلِيهةِ 11
އަބޫ ހުރައިރާގެ އަރިހުން ރިވާވެފައި ވެއެވެ. اللهގެ ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ދައުސް ޤަބީލާގެ އަންހެނުންތައް ޛުލްޚަލަޞާ ބުދު ވަށައިގެން ޠަވާފު ނުކުރާހާ ހިނދަކު ޤިޔާމަތް ނުވާނެއެވެ. އަދި ޛުލްޚަލަޞާއަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސް ޤަބީލާގެ މީހުން އަޅުކަން ކުރަމުން އައި އެމީހުންގެ ބުދެކެވެ".
3.1.1 . މިޙަދީޘްގެ ޙުކުމް؛ މިއީ ޞަޙީޙު ބުޚާރީގެ ޙަދީޘަކަށްވުމުން ޞަޙީޙު ޙަދީޘެކެވެ.
4. އިސްވެދިޔަ ޙަދީޘްތަކުގެ ޝަރަޙައިގާ ޢިލްމުވެރިން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތައް
އަލް ޙާފިޡު އިބުނު ހަޖަރު ވިދާޅުވިއެވެ. އިބްނުލް ޢަރަބީ ވިދާޅުވިއެވެ. "ސޫރަތައް ބޭނުންކުރުމާ ގުޅޭގޮތުން އޮތް ޚުލާޞާއަކީ، އެއީ ހަށިގަނޑު އެކުލެވޭ ސޫރައެ އް ކަމުގައިވާނަމަ، (އެބަހީ ބުދުކަމުގައި ވާނަމަ) އެކަން (އެބަހީ އެ ހެދުންވެސް އަދި އެބެހެއްޓުންވެސް) ޙަރާމްކަމަށް ވަނީ އިޖުމާޢު ވެފައެވެ." 12
10 سورة إبراهيم، 36-35 .
11 صحيح البخاري، المؤلف: محمد بن إسَاعيل أبو عبدالله البخاري الجعفي،كِتَاب الْفِتَِ، باَب تَغْيِيرِ الزهمَانِ حَتَّه تُعْبَدَ الأَْوْثََن
12 فتح الباري شرح البخاري، المؤلف : أحمد بن علي بن حجر أبو الفضل العسقلَن الشافعي ، 66/17 ، الناشر : دار المعرفة - بيروت ، 1379
الفِقْهُ الإس لَميُّ وأدلهتُهُ ގައި ވިދާޅުވެއެވެ. ޢިލްމުވެރިންގެ އިޖުމާޢުން ބުދު ވަނީ ހަރާމްކުރެވިފައެވެ. އަދި ބުދުތައް ހެދުމާއި، އެއްވެސް ތަނެއްގައި އެތަކެތި ބެހެއްޓުންވެސް ޙަރާމްވެގެން ވެއެވެ. އެއީ ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ގޮތުގައި،
اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން މަލާއިކަތުން ބުދު ހުންނަ ގެއަކަށް ވަދެވަޑައެއް ނުގަންނަވާނެތެވެ."
އިބުނު ޢާޝޫރު ވިދާޅުވެއެވެ. ކުރީގެ ޝަރީޢަތްތަކުގައި ބުދު ބެހެއްޓުން ޙަރާމްވެގެން ނުވެއެވެ. ނަމަވެސް އިސްލާމްދީނުގައި އެކަން ޙަރާމްކުރެވިފައިވަނީ، ޢަރަބިންނާއި އެހެން މީހުންގެ ހިތްތަކުން ޝިރުކުގެ އަސްލު އެއްކޮށް ނައްތާލުމަށް އިސްލާމްދީން މަސައްކަތްކުރާތީއެވެ. 14
روائع البيان ގެ މުއައްލިފު ވިދާޅުވެއެވެ. އިސްލާމްދީނަކީ ތައުޙީދުގެ ދީނެވެ. އަދި ޝިރުކުގެ ޢަދުއްވެކެ ވެ. އިސްލާމްދީނުގައި ޝިރުކަށްވުރެ ބޮޑު ފާފައެއް ނުވެއެވެ. އެހެންކަމުން، ބުދަށް އަޅުކަންކުރުމާ ދެކޮޅަށް އިސްލާމްދީނުގެ ދަޢުވަތު ވަރަށް ހަރުކަށިވެގެން ވެއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ބުދު ބެހެއްޓމާއި ގެންގުޅުން ޙަރާމްކުރެވިފައިވަނީ އެއީ އެ ބޮޑުވެގެންވާ ނުބައި ކަމަށް (އެބަހީ ޝިރުކަށް) މަގުފަހިވާ އެއްޗަކަށް ވާތީއެވެ ". 15
5. މަނާކުރެއްވުމުގެ ސަބަބުތަކާއި މަޤްޞަދުތައް
5.1 ބުދު ނުވަތަ ކުއްތާ އުޅޭ ގެއަކަށް މަލާއިކަތުން ވަދެވަޑައިނުގަތުމަކީ، އެގޭގެ އަހުލުވެރިން މަލާއިކަތުންގެ ބަރަކާތާއި، އިސްތިޣުފާރާރާއި، ދުޢާއިން މަޙްރޫމްވާކަމަކަށް ވުމެވެ. 16
5.2 އިސްލާމްދީނުގައި ބުދުތައް ޙަރާމްކުރުމުގައި ވަރުގަދައަށް ހަރުކަށި ކުރެވިފައިވަނީ އެއީ ޝިރުކަށް މަގުފަހިވާ ވަސީލައަކަށްވާތީއެވެ. އަދި ޢަރަބިންނާއި އެހެން މީހުންގެ މެދުގައި ފެތުރިފައިވާ ބުދުގެ އަސްލު ނައްތާލުމަށްޓަކައެވެ.
5.3 ސޫރަ ހެދުން ޙަރާމްކުރެވިފައިވަނީ އެކަމުގައި اللهގެ ޚަލްޤުކުރެއްވުމާ އެއްފަދަކުރުން އެކުލެވިގެންވާތީއެވެ. އަދި ސޫރަ ހަދާ މީހުންނަށް "ތިޔަބައިމީހުން ޚަލްޤުކުރި އެއްޗެއް ދިރުވާށެވެ" މިފަދައިން އެންގެވޭނެކަމުގެ ވަޢީދު އައިސްފައި ވާތީއެވެ."18
13 الفِقْهُ الإس لَميُّ وأدلهتُه، المؤلف: أ. د. وَهْبَة بن مصطفى الزُّحَيْلِي، أستاذ ورئيس قسم الفقه الإس لَمي وأصوله بجامعة دمشق -كليهة الشهريعة، 218/4 ، الناشر: دار الفكر - سوريهة - دمشق
14 التحرير والتنوير من التفسير، المؤلف : محمد الطاهر بن محمد بن محمد الطاهر بن عاشور التونسي، 29/22 ، المكتبة الشاملة
15 روائع البيان فِ تفسير آيَت الأحكام لمحمد بن على الصابون، 499/1 ، المكتبة الشاملة
16 الفقه المنهجي على مذهب الإمام الشافعي، الدكتور مصطفى الْن، والدكتور مصطفى البغا،و الشيخعلي الشربجي، 68/3 ، المكتبة الشاملة
17 التحرير والتنوير من التفسير، المؤلف : محمد الطاهر بن محمد بن محمد الطاهر بن عاشور التونسي، 29/22 ، المكتبة الشاملة
18 الفِقْهُ الإس لَميُّ وأدلهتُه، المؤلف: أ. د. وَهْبَة بن مصطفى الزُّحَيْلِي، أستاذ ورئيس قسم الفقه الإس لَمي وأصوله بجامعة دمشق -كليهة الشهريعة، 218/4 ، الناشر: دار الفكر - سوريهة - دمشق
6. އިސްވެދިޔަ ޙުކުމުން ކުޑަކުދިން ކުޅެން ގެންގުޅޭ ބުދު އިސްތިޘްނާވުން
عَنْ عَائِشَةَ رَضِيَ ا للَّهُ عَنْهَا قَالَتْ كُنْتُ أَلْعَبُ باِلْبَنَاتِ عِنْدَ النهبِِ صَلهى ا للَّهُ عَلَيْهِ وَسَلهمَ وَكَانَ لِِ صَوَاحِبُ يَلْعَبَْْ مَعِي فَكَانَ رَسُولُ ا للَّهِ صَلهى ا للَّهُ عَلَيْهِ وَسَلهمَ إِذَا دَخَلَ يَتَقَمهعْنَ مِنْه فَيُسَرِبُُُنه إِلَِه فَيَلْعَبَْْ مَعِي 19
ޢާއިޝަ ތުގެފާނު ވިދާޅުވިއެވެ . "ތިމަން، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ކުޑަކުދިންގެ ބުދުތަކާއެކު ކުޅެއުޅުއްވަމެވެ. އަދި ތިމަން ކަމަނައާއެކު ކުޅޭ އެކުވެރިންތަކެއް ތިބެއެވެ. ފަހެ، اللهގެ ރަސޫލާ صلى الله عليه وسلم ވަދެވަޑައިގަންނަވާ ހިނދު، އެކުދިން ނުކުމެއެވެ. ދެން އެކަލޭގެފާނު އެކުދިން ތިމަންކަމަނާގެ އަރިހަށް ފޮނުއްވައެވެ. ދެން އެކުދިން ތިމަންކަމަނާއެކު ކުޅެއެވެ."
މިޙަދީޘްގެ ޝަރަޙައިގާ المُفْهِمْ لِمَا أَشْكَلَ مِنْ تلخيصِ كتابِ مُسْلِمْ ގައި ވިދާޅުވެއެވެ. ކުޑަކުދިން ކުޅެންގެންގުޅޭ ބުދަކީ މަނާކުރެވިފައިވާ ބުދުގެ ތެރެއިން އިސްތިސްނާ ކުރެވިފައިވާ އެއްޗެކެވެ. އެއީ އަންހެންކުދިން ކުޑައިރުއްސުރެ އެކުދިންގެ ނަފްސަށާއި ގެގޭ ކަންކަމަށް ތަދުރީބުކުރުމުގެ ބާބުގެ ތެރެއިން ހިމެނޭކަމަކަށް ވާތީއެވެ. އަދި އަލްއިމާމު މާލިކު ފިޔަވައި އެހެން ޢިލްމުވެރިން އެތަކެތި (އެބަހީ ކުޑަކުދިން ކުޅޭ ބުދު) ގަނެވިއްކުން ހުއްދަކުރައްވާފައި ވެއެވެ. އެހެނީ އެކަލޭގެފާނު އެކަން މަކްރޫހަކަމެއްކަމުގައި ވިދާޅުވެއެވެ." 20
އަލްޙާފިޡު އިބުނު ޙަޖަރު، فتح الباري ގައި ވިދާޅުވެއެވެ. މިޙަދީޘުން އަންހެންކުދިން ކުޅުމަށް ގެންގުޅޭ ބުދުތައް ހެދުމާއި، އަންހެންކުދިން އެތަކެއްޗާކުޅެ އުޅުން ހުއްދަކަމުގެ މައްޗަށް ދަލީލުކުރެވިފައި ވެއެވެ. އަދި މިއީ ސޫރަ ހެދުން މަނާކުރުމުގެ ޢާންމު ނަހީގެ ތެރެއިން އިސްތިސްނާ ކުރެވިފައިވާ ކަމެކެވެ. މިގޮތަށް (އަލްޤާޟީ) ޢިޔާޟް ކަނޑައެޅިގެން ވިދާޅުވެ، ޖުމްހޫރު ޢިލްމުވެރިންގެ ކިބައިން ނަޤުލުކުރައްވާފައި ވެއެވެ. އަދި އެބޭކަލުން އަންހެންކުދިންނަށް ކުޅޭ އެއްޗެހި ވިއްކުން ހުއްދަކުރައްވާފައި ވެއެވެ. އެއީ އެކުދިން ކުޑައިރުއްސުރެ އެކުދިންގެ ގޭގެ ކަންކަމަށާއި ދަރިންގެ ކަންކަމަށް އަހުލުވެރިކުރުވުމަށްޓަކައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ މިއީ މަންސޫޚުވެފައިވާ ކަމެއް ކަމަށެވެ. އަދި އިބްނު ބައްޠާލް މިގޮތަށް ބުރަވެވަޑަގެންފައި ވެއެވެ. އަދި އިބްނު އަބީ ޒައިދުގެ ކިބައިން މާލިކުގެ ކިބައިން ނަޤުލުކުރައްވާފައިވާ ގޮތުގައި، ފިރިހެނަކު އޭނާގެ އަންހެން ދަރިފުޅަށް ސޫރަތައް ގަތުން މަކުރޫހަކަމެއްކަމަށް ވިދާޅުވެއެވެ. އެހެންކަމުން، ދާވޫދީ ތަރުޖީޙުކުރައްވާފައިވަނީ މިއީ މަންސޫޚުވެފައިވާ ކަމެއް ކަމަށެވެ. އަދި އިބްނު ޙިއްބާން ތަރުޖަމާކުރައްވާފައިވަނީ ކުޑަ އަންހެންކުދިންނަށް ކުޅޭ އެއްޗެހި ކުޅުން މުބާޙުވެގެންވާ ކަމަށެވެ. 21
عَنْ عَائِشَةَ رضى الله عنها قَالَتْ قَدِمَ رَسُولُ ا للَّهِ -صلى الله عليه وسلم- مِنْ غَزْوَةِ تَبُوكَ أَوْ خَيْبََْ وَفِِ سَهْوَتَِِا سِترٌْ فَهَبهتْ رِيحٌ فَكَشَفَتْ ناَحِيَةَ السِترِْ عَنْ بَنَاتٍ لِعَائِشَةَ لُعَبٍ فَقَالَ « مَا هَذَا يََ عَائِشَةُ ». قَالَتْ بَنَاتِى. وَرَأَى بَيْنَهُنه فَرَسًا لَهُ جَنَاحَانِ مِنْ رِقَاعٍ فَقَالَ « مَا هَذَا الهذِى
19 صحيح البخاري، المؤلف: محمد بن إسَاعيل أبو عبدالله البخاري الجعفي،كِتَاب الأَْدَبِ، باَب الاِنْبِسَاطِ إِلَِ النهاسِ وَقَالَ ابْنُ مَسْعُودٍ خَالِطِ النهاسَ وَدِينَكَ لاَ تَكْلِمَنههُ وَالدُّعَابَةِ مَعَ الأَْهْلِ
20 المُفْهِمْ لِمَا أَشْكَلَ مِنْ تلخيصِ كتابِ مُسْلِم، أبو العبهاس أحمَدُ بنُ الشيخِ المرحومِ الفقيهِ أبي حَفْصٍ عُمَرَ بنِ إبراهيمَ الحافظ ، الأنصاريُّ القرطب ، 139/9 ، 21 فتح الباري شرح البخاري، المؤلف : أحمد بن علي بن حجر أبو الفضل العسقلَن الشافعي ، 316/17 ، الناشر : دار المعرفة - بيروت ، 1379 އަދި ބައްލަވާ طرح التثريب فِ شرح التقريب،المؤلف: أبوالفضل زين الدين عبد الرحيم بن الحسين بن عبد الرحمن بن أبي بكربن إبراهيم العراقي، 197/7 ، المكتبة الشاملة
أَرَى وَسْطَهُنه ». قَالَتْ فَرَسٌ. قَالَ « وَمَا هَذَا الهذِى عَلَيْهِ ». قَالَتْ جَنَاحَانِ. قَالَ « فَرَسٌ لَهُ جَنَاحَانِ ». قَالَتْ أَمَا سََِعْتَ أَنه لِسُلَيْمَانَ خَيْلًَ لََْا أَجْنِحَةٌ قَالَتْ فَضَحِكَ حَتَّه رَأَيْتُ نَوَاجِذَهُ. قال الألبان: صحيح. 22
ޢާއިޝަތުގެފާނު ވިދާޅުވިއެވެ. "اللهގެ ރަސޫލާ صلى الله عليه وسلم ތަބޫކު ނުވަތަ ޚައިބަރު ހަނގުރާމައިން ވަޑައިގަތެވެ. އަދި އެކަމަނާގެ ގޭގައި ހުރި އަލަމާރިއެއްފަދަ ތަނެއްގައިހުރިފަރުދާއެއްވައިޖެހުމުގެ ސަބަބުން ކެހިގެން ދިޔައެވެ. އޭރު އެތާނގައި ޢާއިޝަތުގެފާނު ކުޅެން ގެންގުޅުއްވާ ބުދުތަކެއް ހުއްޓެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ . 'އޭ ޢާއިޝާއެވެ! މިއީ ކޮން އެއްޗެއްތޯއެވެ؟ އެކަމަނާ ދެންނެވިއެވެ. "ތިމަންކަމަނާ ކުޅެން ގެންގުޅުއްވާ ތިމަންކަމަނާގެ އަންހެން ދަރީންނެވެ." އަދި
އެތަކެތީގެ ތެރޭގައި ފޮތިން ދެ ފިޔަގަނޑު ހަދާފައި ހުރި އަހެއް ހުރި ތަން އެކަލޭގެފާނަށް ފެނިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ . "އެކުޅޭތަކެތީގެ މެދުގައި މިހުރީ ކޮން އެއްޗެއް ހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. "އަހެކެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. 'އޭގެ މަތީގައި އެހުރީ ކޮން އެއްޗެއް ހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. "ދެ ފިޔަގަނޑެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ދެ ފިޔަގަނޑު ލީ އަސްވެސް ހުރޭ ހެއްޔެވެ؟ "އެކަމަނާ ދެންނެވިއެވެ. "ފިޔަގަނޑު ހުރި އަހެއް ސުލައިމާނުގެފާނުގެ ގެންގުޅުއްވި އަޑެއް ނުއައްސަވަމު ތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. ދެން އެކަލޭގެފާނުގެ ދަތްޕުޅުތައް ފެންނަވަރަށް ހިނިވަރުނަ ކުރެއްވިއެވެ.
6.1 މިޙަދީޘްގެ ޙުކުމް؛ الشيخ محمد ناصر الدين الألبان ވިދާޅުވަނީ މިއީ ޞަޙީޙު ޙަދީޘެއް ކަމަށެވެ.
7. ޚުލާޞާ
7.1 އިސްލާމްދީނުގައި ފުރާނަހުރި ތަކެތީގެ ސިފައިގައި ހަދާފައިވާ ބުދު ނުވަތަ މޮނިއުމެންޓް ބެހެއްޓުމަކީ ޙަރާމްކަމެކެވެ. މިކަމުގެ މުހިންމުކަން ދޭހަވަނީ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم މައްކާ ފަތަޙަކުރެއްވި ދުވަހު މަނާތު، ޢުއްޒާ އަދި ލާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ޞަޙާބީން ފޮނުއްވި ކަމުންނެވެ. އަދި އެކަލޭގެފާނުގެ އަވަހާރަވުމަށްފަހުގައިވެސް ޞަޙާބީ ން މިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވެއެވެ.
7.2 ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ޞާލިޙު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތި، ޢިލްމު ގެއްލި މީސްތަކުން މަގުފުރެދުމުގެ ސަބަބުންނެވެ. މިކަމުގެ ނުރައްކާތެރިކަން ވަޒަންކުރެއްވި އިބްރާހީމުގެފާނު، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ބުދަށް އަޅުކަންކުރުމުން ދުރުކޮށްދެއްވުމަށް ދުޢާކުރެއްވިއެވެ . 7.3 ޙަދީޘްފުޅުތަކުގައި ބަޔާންވެގެންވާ ގާ ގޮތުގައި، ޤިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެއެވެ. އެހެންކަމުން، ޝިރުކަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ ހުއްދަކަމެއް ނޫނެވެ. 7.4 ޢިލްމުވެރިންގެ އިޖުމާޢުން ބުދު ހެދުމާއި ބެހެއްޓުން ޙަރާމްވެގެންވެއެވެ. މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މަލާއިކަތުންގެ ބަރަކާތުން މަޙްރޫމްވުމާއި، ޝިރުކަށް މަގުފަހިވުމާއި، އަދި اللهގެ ޚަލްޤުކުރެއްވުމާ އެއްފަދަކުރުން ހިމެނެއެވެ.
22 سنن أبي داود، المؤلف : أبو داود سليمان بن الأشعث السجستان،كِتَاب الأَْدَبِ، باب فِِ اللهعِبِ باِلْبَنَاتِ.، الناشر : دار الكتاب العربي بيروت
7.5 ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުތަކަކީ މި ޙުކުމުން އިސްތިސްނާވާ ތަކެތި ކަމުގައި ބެލެވެއެވެ. ޢިލްމުވެރިންގެ ދެކިވަޑައިގަތުމުގައި، މިއީ އަންހެންކުދިން ހަގު އުމުރުން ފެށިގެން ގޭތެރޭގެ ކަންކަމަށާއި ދަރިން ބެލެހެއްޓުމަށް ތަމްރީނުކުރުމުގެ ގޮތުން ހުއްދަވެގެންވާ ކަމެކެވެ.
8. المصادر و المراجع
8.1 القرآن الكريم
8.2 التحرير والتنوير من التفسير، المؤلف : محمد الطاهر بن محمد بن محمد الطاهر بن عاشور التونسي، المكتبة الشاملة 8.3 روائع البيان فِ تفسير آيَت الأحكام لمحمد بن على الصابون، المكتبة الشاملة
8.4 سنن أبي داود، المؤلف : أبو داود سليمان بن الأشعث السجستان،كِتَاب الأَْدَبِ، باب فِِ اللهعِبِ باِلْبَنَاتِ.، الناشر : دار الكتاب العربي بيروت
8.5 سنن الترمذي، المؤلف : محمد بن عيسى أبو عيسى الترمذي السلمي، المكتبة الشاملة
8.6 صحيح البخاري، المؤلف: محمد بن إسَاعيل أبو عبدالله البخاري الجعفي، المكتبة الشاملة
8.7 صحيح البخاري، المؤلف: محمد بن إسَاعيل أبو عبدالله البخاري الجعفي، المكتبة الشاملة
8.8 صحيح مسلم، المؤلف : أبو الحسين مسلم بن الحجاج بن مسلم القشيري النيسابوري، المكتبة الشاملة
8.9 طرح التثريب شرح التقريب، المؤلف: أبو الفضل زين الدين عبد الرحيم بن الحسين بن عبد الرحمن بن أبي بكر بن إبراهيم العراقي ، ، المكتبة الشاملة
8.10 فتح الباري شرح البخاري، المؤلف : أحمد بن علي بن حجر أبو الفضل العسقلَن الشافعي ، الناشر : دار المعرفة - بيروت ،
8.11 الفِقْهُ الإس لَميُّ وأدلهتُهُ، المؤلف: أ. د. وَهْبَة بن مصطفى الزُّحَيْلِي، أستاذ ورئيس قسم الفقه الإس لَمي وأصوله بجامعة دمشق - كليهة الشهريعة، الناشر: دار الفكر - سوريهة - دمشق
8.12 الفقه المنهجي على مذهب الإمام الشافعي، الدكتور مصطفى الْن، والدكتور مصطفى البغا،و الشيخعلي الشربجي، المكتبة الشاملة
8.13 مموعة الرسائل والمسائل والفتاوى، تأليف: حمد بن ناصر بن عثمان بن معمر، الناشر: دار ثقيف للنشر والتأليف، الطائف، الطبعة الأولِ، 1398ه.
8.14 مختصر سيرة الرسول -صلى الله عليه وسلم- للشيخ محمد بن عبد الوهاب،، المكتبة الشاملة
8.15 المُفْهِمْ لِمَا أَشْكَلَ مِنْ تلخيصِ كتابِ مُسْلِمْ، أبو العبهاس أحمَدُ بنُ الشيخِ المرحومِ الفقيهِ أبي حَفْصٍ عُمَرَ بنِ إبراهيمَ الحافظ ، الأنصاريُّ القرطبُّ ، المكتبة الشاملة
المصدر: مجلس الفتوى في جزر المالديف (Fatwa Majlis)· رقم 21977
